މިނިވަން ދުވަހުގެ މުނާސަބާއާއި ގުޅުވައިގެން ސޮކާ އެކަޑަމީ އޮފް ކުަނަހަންދޫއާއި ލ. ކުަނަހަންދޫ ކައުންސިލާއި ގުޅިގެން 22 ޖުލައިގައި ޓީ20 ކްރިކެޓް މުބާރާތެއް ބޭއްވުމަށް ނިންމާފިއެވެ.

ސިކްސް ސެންސާސް ލާމު ރިޒޯޓްގެ ޓީމްއާއި ކުަނަހަންދޫ ޔޫތް ޑިވެލޮޕްމަންޓް އަންހެން އަދި ފިރިހެން ޓީމްތަކުގެ އިތުރުން ކުނަހަންދޫ އިން ހޮވާލި ކްރިކެޓް ޓީމަށް މި މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ދެވިފައިވެއެވެ.

މި މުބާރާތުގެ މަގްސަދަކީ ކުނަހަންދޫގައި ހިންގާ ކްރިކެޓް ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ކުދިން މި ކުޅިވަރަށް ތަޖުރިބާ ކުރުވުމެވެ.

ކުަނަހަންދޫގައި ކްރިކެޓް ކުރިއަށް ގެންދިއުމަށް އޮތް ގޮންޖެހުމަކީ ކުނަހަންދޫއާއި ކްރިކެޓް ކުޅޭ އެހެން ތަންތަނާއި ތަފާތު ކުރުން ގެންގުޅޭ މައްސަލަ ކަމަށް ކުނަހަންދޫގައި ހަރަކާތްތެރިވާ ކްރިކެޓް ކޯޗް ލިރްޣާމް ސަޢީދު ފާހަގަކުރިއެވެ.

"ވިދިވިދިގެން 3 ފަހަރު ޓީ 20 ގައުމީ ވިމެންސް ކްރިކެޓް މުބާރާތުގެ ތަށި ހޯދާފިން އޮއްގާތަކު މަތީ ފަރިތަކޮށްގެން. އެކަމަކުވެސް ދައްކަނީ ކުނަހަންދޫގައި ކްރިކެޓް ޕްރެކްޓިސް ނުކުރާ ވާހަކަ. ހުރިހާ ކްރިކެޓް ކުޅޭ ވަސީލަަތްތައް ފުރިހަމަ ތަންތަން ދުވާލަކު 3 ޕްރެކްޓިސްކޮށްގެން ދުވަހަކުވެސް ކްރިކެޓް ޕްރެކްޓިސް ނުކުރާ ބަޔަކު ބަލިނުކުރެވުމަކީ މިއީ ކިހާ ބޮޑު އަޖައިބެއް" ލިރްޢާމް ބުނެފައިވެއެެވެ.

ލިރްޣާމް ބުނީ ގޮންޖެހުންތަކަކާއިއެކުވެސް ކުނަހަންދޫގެ ޒުވާނުން ތިބީ ކްރިކެޓް ކުރިއަރުވާ، ރާއްޖޭގައި ނަން ވިދާލެވޭ ކްރިކެޓް ކުޅުންތެރިން ތަމްރީން ކުރަން ތައްޔާރަށް ކަމަށެވެ.

ރަމަޟާން މަހުގައިވެސް ކުނަހަންދޫގައި "ކިންގް ސްޕޯޓްސް ރަމަޟާން ކްރިކެޓް ކާނިވަލް" ބާއްވާފައިވެއެވެ.

ޖުލައި 22 ގައި ބާއްވާ މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވަގުތު މީޑިއާއެވެ.