ލ. ކުނަހަންދޫގައި މިހާރު ކުރިއަށްގެންދާ "ކިންގް ސްޕޯޓްސް ރަމަޟާން ކްރިކެޓް މުބާރާތް" ގައި ކުނަހަންދޫ ސްކޫލް ސްޓާފް ޓީމްއާއި ކުނަހަންދޫ ފެނަކަ ޔެލޯ ޓީމް ބައްދަލުކުރި ސެމީ ފައިނަލް މެޗުން މޮޅުވެ، ކުނަހަންދޫ ފެނަކަ ޔެލޯ ޓީމް ފައިނަލަށް ދަތުރުކޮށްފިއެވެ.

ކުނަހަންދޫ ފެނަކަ ޔެލޯ ޓީމަށް ކެޕްޓަންކަން ކޮށްދީފައިވަނީ ނާޒިމް ޢަބްދުލް ޙަކީމް (ނާކޭ)އެެވެ. އަދި ކުނަހަންދޫ ސްކޫލް ސްޓާފް ޓީމަށް ކެޕްޓަންކަންކޮށްދީފައިވަނީ ސްރީ ކުމާރްއެވެ.

ގުރުއިން ހޮވިގެން މެޗް ފަށާފައިވަނީ ކުނަހަންދޫ ސްކޫލް ސްޓާފް ޓީމްއެވެ.

ކުނަހަންދޫ ސްކޫލް ސްޓާފް ޓީމް ކުޅެން އަރާ 6 އޯވާ ތެރޭ 1 ވިކެޓްއަށް ހެދުނީ 45 ލަނޑެވެ. މި ޓީމްއިން އެންމެ ރަނގަޅަށް ކުޅުނީ ނުބައި ނުވެ 24 ލަނޑު ހެދި ކެޕްޓަން ސްރީ ކުމާރްއެވެ. އަދި މި ޓީމްއިން އެންމެ ރަނގަޅަށް އުކީ 4 ލަނޑަށް 1 ވިކެޓް ނެގި ޢަލީ ސަމީމްއެވެ.

ކުނަހަންދޫ ސްކޫލް ސްޓާފް ޓީމްގެ ޢަލީ ސަމީމް ކުޅެނީ--ފޮޓޯ: މުޙައްމަދު އަޒީލް

ޖަވާބުގައި ފެނަކަ ޔެލޯ ޓީމްއިން ކުޅެން އަރާ 5 އޯވާ 4 ބޯޅައިން 1 ވިކެޓަށް 46 ލަނޑު ހަދާގެން ފައިނަލްގެ 2 ވަނަ ޖާގަ ހޯދި ޓީމަކަށް ކުނަހަންދޫ ފެނަކަ ޔެލޯ ޓީމް ހޯދިއެވެ. މި ޓީމްއިން އެންމެ ރަނގަޅަށް ކުޅުނީ ނުބާ ނުވެ 25 ލަނޑު ހެދި އަޙްމަދު އަފްޝާންއެވެ.

ކުނަހަންދޫ ފެނަކަ ޔެލޯ ޓީމްއިން އެންމެ ރަނގަޅަށް އުކީ 19 ލަނޑަށް 1 ވިކެޓް ނެގި މުޙައްމަދު މާއިސް (މާޓް)އެވެ. މިއަދުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުނަހަންދޫ ފެނަކަ ޔެލޯ ޓީމްގެ އަޙްމަދު އަފްޝާންއެވެ.

ކުނަހަންދޫ ފެނަކަ ޔެލޯ ޓީމްގެ މާއިސް ---ފޮޓޯ: މުޙައްމަދު އަޒީލް

ބުދަ ދުވަހު އަންހެން ޓީމްތަކުގެ ފައިނަލް މެޗްގައި ބައްދަލުކުރާނީ މާޒިޔާ އެސްއާރްސީއާއި މަޒާޑާ ޓީމްއެވެ.

މާޒިޔާ ޓީމް ކެޕްޓަން ނަބާ ބިންތި ނަސީމް ބުނީ ކުރިން ކުޅުނު 2 މެޗުންވެސް ނާކާމިޔާބު ވެފައި އޮތީމަ ފައިނަލަށް ނިކުންނާނީ ބަލިވެފައި އޮތް ކަން ހިތު ތެރޭ ބާއްވާގެން ކުރީ 2 މެޗަށްވުރެ ރަނގަޅަށް ކުޅެގެން މޮޅުވާނެކަމުގެ އުންމީދުގައި ކަމަށެވެ.

މަޒާޑާ ޓީމްގެ ކެޕްޓަން ހަލީމަތް ލައިސާ ބުނީ " މާދަމާގެ މެޗަކީ އެހާ ފަސޭހަ މެޗަކަށް ނުވާނެ. 2 މެޗަކުން ބަލި ޤަބޫލުކުރެވިފައިވާތީ މިފަހަރުގެ މެޗުން މޮޅުވާން ގަދައަޅައި މަސައްކަތް" ކުރާނެ ކަމަށެވެ.

އަންގާރަ ދުވަހުގެ ހަވީރު 16:45 ގައި މި އޮތް މެޗްގައި ވާދަކުރާ 2 ޓީމްގައިވެސް ކުޅޭ ގިނަ ކުޅުންތެރިންނަކީ T20 ޤައުމީ މުބާރާތުގައި 3 ފަހަރަށް ކާމިޔާބީތައް ހޯދާފައިވާ ކުޅުންތެރިންކަމުގައި ކްރިކެޓް ބޯޑް ތަމްސީލުކުރާ ބޭފުޅެއް ކަމުގައިވާ ލިރްޣާމް ސަޢީދު (ލަރޭ) ބުނެފައިވެއެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއާއި ލ. ކުނަހަންދޫ ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ މި މުބާރާތަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގައި ކުނަހަންދޫގައި ބާއްވަމުން އަންނަ ޚާއްސަ މުބާރާތެކެވެ.

ކިންގް ސްޕޯޓްސް އިން ސްޕޮންސަރކުރަމުންދާ "ރަމަޟާން ކްރިކެޓް ކާރނިވަލް"ގެ ފޮޓޯ ނެގުމާއި ޓްރާންސްޕޯޓް އިންތިޒާމްކޮށްފައިވަނީ މުޙައްމަދު އަޒީލްއެވެ. އަދި މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ވަގުތު މީޑިއާއެވެ.