އޭނާގެ ސަރުކާރެއްގައި ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅުމުގެ ފުުރުސަތެއް އެއްވެސް މީހަކަށް ނޯންނާނެ ކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ "އާސްކް ނާޒިމް" ޕްރޮގްރާމްގައި ވާހަަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އޭނާ ކެމްޕެއިންގައި ރަށްތަކަށް ޒިޔާރަތް ކުރައްވާއިރު، އެ ރަށްތަކުގައި ގިނަ އަދަދަކަށް ބިދޭސީން އުޅޭ މައްސަލަ ފާހަގަވާ ކަމަށެވެ. އަދި މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއްކަން ފާހަގަކުރައްމުން ނާޒިމް ވަނީ އޭނާގެ ސަރުކާރެއްގައި މިކަން ހަމަޔަކަށް އަޅުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

"ރާއްޖޭގައި އިލީގަލްކޮށް، އެއްވެސް މީހަކު އުޅުމުގެ ފުުރުސަތެއް ނޯންނާނެ. އެ މީހެއްގެ އަތުގައި ފުރިހަމަ ވިސާއެއް އޮންނަން ޖެހޭނެ، އެ މީހާއަކީ ސަރުކާރަށް ވިސާ ދައްކައިގެން ނޫނީ އެ ފީ ދައްކައިގެން ހުންނަ މީހަކަށް ވާން ޖެހޭނެ.". ނާޒިމް ވިދާޅުވިއެވެ.

އަދި އެ މީހާއަކީ އޭނާއަކީ ވަޒީފާދޭ ވެރިމީހާއާ އެކީގައި މަސައްކަތް ކުރެވޭނެ މީހަކަށް ހަދައިދޭނެ ކަމަށްވެސް ނަޒިމް ވިދާޅުވިއެވެ.

"ޔަގީން ކުރައްވާ އަޅުގަނޑުގެ ސަރުކާރެއްގައި ބިދޭސީންގެ މައްސަލަ ހައްލު ކުރާނަން. އެކަމަކީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެއް ކަމަށް އަޅުގަނޑުމެން މިއަދު ގަބޫލު ކުރެވޭ.".

ޕްރޮގްރާމް ތެރެއިން ނާޒިމް އާ އެންމެ ފުރަތަމަ ކޮށްފައިވާ ސުވާލަކީ އިންޑިއާ މިލިޓަރީ އައުޓް ތޯ ނޫނީ އިން ތޯއެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ އިންޑިއާ މިލިޓަރީ އައުޓް ކަމަށާއި، ރާއްޖޭގެ ފަސްގަނޑުގައި އެހެން ގައުމެއްގެ ސިފައިން ތިބުމަކީ އޭނާ ގަބޫލުކުރަައްވާ ކަމެއް ނޫން ކަމަށެވެ.

"އެކަން ވަރަށް ސާފްކޮށް ބުނެފައި ވާނީ". ނާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ނާޒިމުގެ ސަރުކާރެއްގައި އެއްވެސް މީހަކު ފްރޭމް ނުކުރެވޭނެކަން ކަށަވަރުކޮށްދެއްވުން އެދެން.

  2. ލޮލް

    ތިކަމުގައި ނާޒިމަށްވުރެ ބޮޑަށް ޢުމަރަށް އިތުބާރުކުރެވޭ. ޔަގީނުންވެސް ގާނޫނު ތަންފީޒުކުރުމުގައި ޢުމަރު ދުލެއްނުދޭނެ. ޢުމަރަކީ ބަހާއި ޢަމަލުގައި ވަރަށް ސާބިތު ބޭފުޅެއް.

  3. މިތުރު

    ތިހެންބުނި ފައްޔާޒުވެސް. އެކަން ހައްލުނުވިނަމަ މަގާމެއްގައި ނުހުންނާނެކަމަށް. މިހާރު ދައުރުނިމި އަނެއް ދައުރަށް އަޅަނީ....

  4. ޢަހޫ

    ބަލަ އާރުސީސީގަ މަސައްކަތް ނުކުރޭތަ ތިބުނާމީހުން

  5. މުހައްމާދީ ދޮންރަހާގެ

    ނާޒިމަކީ ސީދާ ރައްލާޖެހި މޯދީގެ އެޖެންޓެެއް މިއޮންހާދުވަހު މިހުރިހާކަމެއް ވެނިމުނުއިރު މަނިކުފާނުގެ ކަރުބުޑުގަ އެއްޗެއް ތާށިވެފަ ހުރީތޯ ބަހެއް ނުބުނެހުރީ އެެއްގޮތަކައްވެސް އިތުބާރު ކުރެވޭމީހެއްނޫން ސީދާ ފޭކެއް

  6. ޙިޔާލޮ

    އަމިއްލަ މުވައްޒަފުންނަށް ރަގަޅު ވެފަ ރައްޔިތުންނަށް ވެގެން އުޅުން މާ ތާހިރު ވާނެ

  7. އަލީ ދިއްދޫ

    ނާޒިމްގެ ކުންފުނީގަ ކިތައްބިދޭސީން އެބަތިބިތޯ ގަވަޢިދާ ހިލާފަށް.

  8. ިމުހައްމަދު

    ބިދޭސީންނަކީ އެއްވެސް އިރެއްގައި ގަވާއިދާ ޚިލާފަށް އުޅޭ ބައެއް ނޫން. ހަގީގަތުގައި ގަވާއިދާ ޚިލާފަށް އުޅެނީ ދިވެހިން. ބިދޭސީ މީހާ ގެންނަނީ ދިވެއްސެއް. ބިދޭސީމީހާއަށް މުސާރަ ނުދީ މަގުމަތިކުރަނީ ދިވެއްސެއް. މަގުމަތިވެފައި ހުންނަ ބިދޭސީ މީހާ ލައްވައި ކުޑައުޖޫރައިގައި މަސައްކަތްކުރުވަނީ ދިވެއްސެއް. އަދި މުސާރަ ނުދޭތީ ފިލައިގެން އުޅޭ މީހަކަށްވިޔަސް އެމީހާއަށް މަސައްކަތް ދެނީ ދިވެއްސެއް. ދިވެއްސަކު ބައިވެރިނުވާ ގޮތަކަށް ބިދޭސީއަކު ގަވާއިދާ ޚިލާފެއް ނުވޭ. ފުރަތަމަ ފިޔަވަޅަކަށް ވާންޖެހޭނީ ދިވެހިންނަށް ގަވާއިދާ އެއްގޮތަށް އުޅެން ދަސްކޮށްދިނުން. އެކަން ނުކުރެވޭނަމަ ދުވަހަކުވެސް ހައްލެއް ނުފެންނާނެ. ހައްލު ނުފެނިގެން އުޅެނީވެސް އެހެންވެގެން.