އިމިގްރޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާ ކުރުމާ ގުޅޭ ގޮތުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސެއިނެވެ. އިންޑިއާގެ ފަރާތުން ސޮއިުރެއްވީ އެގައުމުގެ ހޯމް މިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީ، ސުމާންތް ސިންހެވެ.
އިމިގްރޭޝަނުން ވިދާޅުވީ މި އެއްބަސްވުމަކީ ދެގައުމުގެ ދެމެދުގައި އިމިގްރޭޝަނުގެ މަސައްކަތްތަކާ ގުޅުން ހުރި މައުލޫމާތު ބަދަލު ކުރުމަށާއި، ބޯޑާ ކޮންޓްރޯލް މެނޭޖްމެންޓް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އިމިގްރޭޝަން ހިދުމަތްތަކާ ގުޅޭގޮތުން އޮފިސަރުން ތަމްރީނު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
މީގެއިތުރުން އިންސާނީ ވަގުފާރި އާއި އެހެނިހެން އިމިގްރޭޝަނާ ގުޅުންހުރި ކުށްތައް މަދުކުރުމަށް ބޭނުންވާ އެހީތެރިކަން ވެސް މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
މިޗޯރު އިންޑިއާ އާއި ނުލާ ނޭވާވެސް ނުލެވޭދީ ކަލޯ ނިމެނީ ނިމެނީ ނިމެނީ ނިދަން އަރާފަ ދުވަސް ގުނަންތަ ހާދަހާ ދެރައޭ ނިމެނީ ނިމެނީ.
ގައުމު ހިންގުން އިންޑިޔާއާއި ހަވާލް ކޮށްލާފައި ރައީސް ހުރުން ރަނގަޅު ކަމަށް ފެނޭ..
ދުނުޔޭގަ އެންމެ ކޮރަޕްޓް ސިސްޓަމްތައްގެންގުޅޭ ގައުމު ނަމޫނާއަކައް ބަލައި އެމީހުންގެ ކިބައިން ތަމްރީންވުމަކީ ހެދޭއެންމެގޮޑުގޯސް
މިހާރުވެސް ޤައުމު ހިންގަނީ އިންޑިޔާ އެމްބަސީން! ސޯލިބޭ އެއީ އެއްޗެއް ހަދަން ދަންނަ މީގެއް ނޫން!
ބާކީ އަތުއޮތް ކޮންޓްރޯލްވެސް މިހާރު ތިދޫކޮށްލީ ؟ ސާބަހޭ ބޮލުރޮދިކެނޑިފަ ތިބި ކުދިންނޭ އުނުގަ އޮތް ފައްޓަރުބައި ވެސް ދޫކޮށްލާތި !!!
އެއީ އިންޑިޔާ މީހުނަށް މި ޤައުމުގެ ރައްޔިތުކަން ދޭން އިތުރަށް ފަސޭހަކުރުން ދޯ!؟
ކަނޑުފަޅުވިއްކާވެރިއެއް މުގާބޭއެއްގެ ވެރިކަން ނިމެމުންދާވަގުތު ބޭރުގެ ބައެއްގަމުތަކާދެމެދުވާ އެއްބަސްވުތަކައްރައްޔިތުން ސަމާލުވާންޖެހޭ މިހާރުވެސްވަނީ އެމީހުންބުނާ ދެއްކުމުން ގައުމީ ސަލާމަތައްނުރައްކާވާއެތައްއެބަސްވުމެއްސިޓީއެއް ދީސޮއިކޮއްފަ ރައްޔިތުންގެއަޑުނާހާ ދެބިސްބޯ ގުރޫޕްގެ ހަރަކާތައްފާރަވެރިވާންވީފިލުމުގެކުރިން ބޭރުގައުމަކުން ބިސްނުލިބިދާނެތީ އަދިވަށްކޮއް ބިސްގަނޑު ނޭޅިދާނެތީ ތަބަކައްގައުލުލާގެން ދުވާބައެއް ލާރިފެނިއްޖެނަމަހޮޑުލާ
މިނޫންބަޔަކާ އެކު އެއްކަމެއް ކުރެވޭ ކަމަކަށްނުވޭ. ގައުމުދެކެ ކިރިޔާވެސް ލޯތްބެއް ކުލުނެއް ހިނގާ ބަޔަކު މި ސަރުކާރު ދަމަހައްޓަން ވޯޓެއް ނުދޭނެ.
އިމިގްރޭށަނުން ކޮންކަމެއްތޯ ބެލެނީ ޓުވަރިސްޓް ވިސާގަ އައިސް މިގައުމުގެ ވަޒީފާ އަދާކުރަމުން ދަނީ ކިތަށް ބިދޭސީންތޯ އާމްދަނީ ހޯދަން މަސއްކަތް ކުރަނީ ކިތަށް މީހުންތޯ
މިސަރުކާރަށް އިންޑިއާ އާއި ނުލައި ފޮޑިއެއްވެސް ޖެހޭކަމަށް ނުވޭ. އެކަމަކު ހަރުދަނާކުރަން މީހުން ގެންދާ އިންޑިއާގެ އިމިގްރޭޝަނުން ޚިދުމަތްދޭ ގޮތަށް މިރާއްޖޭން ޚިދުމަތް ދޭނަމަ އެތައް އަހަރެއް ފަހަތަށްޖެހޭނީދާން.
ވިސާއާނުލާ ރާއްޖޭގައި އުޅޭ އިންޑިޔާގެ 1 މިލިއަން މީހުންގެ ރެކޯޑު ދޮވެލަން ރަނގަޅު ގޮތެއް.