ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުރުމުގެ މުއްދަތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިތުރުކޮށްދީފިއެވެ.
ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ކަރެކްޝަނުން ދިނުމުން އަދީބު ސިންގަޕޫރަށް ފުރާވަޑައިގެންފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގައެވެ. ކަރެކްޝަނުން ބޭސްފަރުވާއަށް އަދީބުއަށް ދީފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ.
އެ މުއްދަތު މިހާރު ހަމަވެފައިވާއިރު މުއްދަތު އިތުރުކޮށްދިނުމަށް އެދި އަދީބުގެ ފަރާތުން ކަރެކްޝަންސްގައި އެދުނެވެ.
ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ އަދީބް ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދިއުމަށް ދެވުނު މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅާފައިވާ މެޑިކަލް ޑޮކިއުމެންޓްތަކަށް ރިއާޔަތްކޮށް، އޭނާއަށް ދެވިފައިވާ ހުއްދަ އޮގަސްޓް 28އާ ހަމައަށް އިތުރުކޮށްދީފައިވާ ކަމަށެވެ.
އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) އިން ބުނި ގޮތުގައި އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ އެކި ހޮސްޕިޓަލްތަކުގެ އެތައް ޑޮކްޓަރުންގެ ލަފާގެ މަތިން ފުރާނައަށް ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯދުމަށް ކަމަށެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ދައުލަތާ އެކީގައި އަދީބު އިއުތިރާފް އެއްބަސްވުމެއް ހަދާފައިވާއިރު، ސިއްހީ ހާލަތު ހުރި ގޮތުން އަދީބު މިހާތަނަށްވެސް ހުންނެވީ ގޭބަންދުގައެވެ.
އަދީބު ދެން ވަރަށް ބަލިވާނެ! އަދި 5 އަހަރުވާއިރުވެސް އެބުނާ ޓެސްޓްތައް ހެދުނުކަމަށް ނުވާނެ!
ސާބަހޭ ސޯލިހު. ބޮޑެތި ކުއްކުރާ ވަރަކަށް ދައުލަތުގެ މާލިއްޔަތު މަޅާ ވަރަކަށް ދޫ ދީފައި ބަހައްޓާ ކަލޯ. އާދައިގެ ނިކަމެތި ރައްޔިތު މީހާ ކުދި ހުކުމްތަކާ އެތައް އަހަރެއް ކުރީގެ ކަންކަމުން ސަލާމަތް ނުވެގެން ހަނާ ވަނީ. އެމީހުންނަށް ބޭސް ފަރުވާ ކުރަން ނުޖެހޭތަ؟ މި ސީދާ ސަދޫމް ނިޒާމަށް ހިންގާ ތަނެއް
ރައްޔިތުންގެ ފައިސާއަށް ހަރާމްކޯރުވިއިރު ފުރާނައަށް ނުރައްކާ ނުވީ ކީއްވެބާ
އެނގެ ތިހެންކަން ތިކަންވާނީ ވެސް.. ނޫސްތަކުގައި ނުޖަހައި ރައްޔިތުންގެ އަންގަގޮއްވަން ނޫޅެތިޔަކަން އިބުރޭ މުލިއާގެ ތެރެއިން ނިންމާލިނަމަ..
އިތުރު ނޮކޮއްދީފިއްޔާ އަދީބު ހުރިހާވާހަކައެއް ރައްޔިތުނަން ހިއްސާކުރާނެ..
އަދީބު ބޭނުންވާ ހުރިހާ ކަމެއްދާނީ ފުރިހަމަޔައް ދޮގު ހެކި ދޭ މައްޗައް
ސަރުކާރުން ބޭނުން އެއެޗެއް ތިހަދަނީ
ބޮޑު ކުއްވެރިއެއް ބޭނުން ކޮށްގެން ރައީސްކަން ކޮށްފައިވާ މީހަކު ޖަލައްލާފައި
އިންތިހާބައް ފިލުވުމަށް ބޭރަށް ފޮނުއްވާލެވިފައި
ސޯލިހަށް ވެރިކަން ނުލިބެޖެޔާ ނާންނަގޮތަށް