މޭލޭގައި ފޭރުނު މައްސަލައަކާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ މީހަކާއި 37 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެއްގެ އިތުރުން، 20 އަހަރުގެ މީހެކެވެ.

މި އެންމެންނަކީވެސް ދިވެހިންނެވެ.

މީގެ ތެރެއިން ތިން މީހެއްގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ. އަދި އެކަކުގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހައިފައެވެ.

މި ހަތަރު މީހެއްގެ މައްޗަށް ފޭރުނު ކަމުގެ ތުހުމަތު ކުރެވުނުއިރު، އެކަކުގެ މައްޗަށް އެހެން މީހުންގެ މުދަލުގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ތުހުމަތު ކުރެވެއެވެ.

މި އެންމެންނަކީ ކުށުގެ ރެކޯޑް އޮންނަ ބައެކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.