ގއ. ވިލިނގިލީގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި އެއިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ޖިންސީ ގޯނާ ކޮށްފައިވަނީ 22 އަހަރުގެ ކުއްޖަކަށެވެ.
މިމައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން ވަނީ މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
އަންހެން ކުއްޖެއް ނޫން. އަންހެނެއް ދޯ؟ ދެން ތި ކުރަން އުޅުނުކަމަކީ ރޭޕު ކުރުން. މިގައުމުގަ މިހާރު ކުއްލިއަކަށް އިތުރުވީ ހަމަ ބޮޑުތަނުން ރޭޕާ ދޯޅު އާބާދީއެއް!
ތިވާނީ އެންޑީޕީ މީހަކަށް އިބޫއަށް އަވަހަށް ތާއީދު ކޮށްލާ އޭރުން އެ ސަލާމަތްވީ
ޢިންޑިޔާގައި ވަރަށް އާންމު ކަމެއް ރޭޕް ކުރުން..އިންޑިޔާގެ ނުފޫޒު ފޯރާވަރަކަށް ރޭޕް ކުރުން ވެސް އިތުރުވާނެ.