ބ.ކެޔޮދޫގައި ވެލާތަކެއް ފަޅައި، ވެލާމަސް ކެއުމުގައި ބައިވެރިވި މީހުން ޖޫރިމަނާ ދައްކާފައި ނުވާ ކަމަށްއެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވިދާޅުވެއްޖެއެވެ.

ކެޔޮދޫގައި ވެލާތަކެއް ފަޅާލި ހަތް މީހުންގެ ތެރެއިން ކޮންމެ މީހަކު 198،000 ރުފިޔާއިން ޖޫރިމަނާ ކުރީ ޖޫން މަހުގެ 20 ވަނަ ދުވަހެވެ.

އެ ފައިސާ ދެއްކުމަށް އީޕީއޭއިން ދީފައިވަނީ ޖޫރިމަނާ ކުރި ދުވަހުން ފެށިގެން 30 ދުވަހެވެ.

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް "ވަގުތު"އަށް ވިދާޅުވީ، ޖޫރިމަނާ ފައިސާ ދައްކަން އެންގި މުއްދަތު އެ މީހުން ފައިސާ ދައްކާފައި ނުވާ ކަމަށެވެ. އަދި އެ މީހުން އެދިގެން މައްސަލަ ބަލަމުންދާ ކަމަށްވެސް ނައީމް ވިދާޅުވިއެވެ. އަދި ގޮތެއް ނިންމަން އެނގޭނީ އަނެއްކާވެސް ބެލުމަށް ފަހުގައި ކަމަށްވެސް ނައީމް ވިދާޅުވިއެވެ.

ފަސް ފިރިހެނުންގެ ގުރޫޕަކުން މިދިޔަ ފެބްރުއަރީމަހު 3 ވަނަ ދުވަހު ފަޅާލާފައިވަނީ ވެލާގެ ވައްތަރެއް ކަމަށްވާ ގްރީން ޓާޓަލްގެ ހަ ވެލާ ކަތިލާފައިވާ ކަމަށް އީޕީއޭއިން މީގެ ކުރިން ބުނެފައި ވެއެވެ. އީޕީއޭން ބުނާގޮތުގައި ވެލާ ކަތިލާ ކެއްކުމުގައި ހަރަކާތްތެރިވަމުން ގޮސްފައި ވަނީ އެ އަތޮޅު ކެންދޫއަށް ނިސްބަތްވާ މީހުންނެވެ.

ފުލުހުން އެ އެންމެންގެ ބަޔާން ނެގުމަށް ފަހު ވަނީ ދޫކޮށްލައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކަނޑިކި އިއްބަ

    ބަލަގަ އެއީ މުޅިންވެސް އެމްޑީޕީ މީހުންނޭ. އެޔޭ އެމީހުންނަކީ. އެޔޭ ވެލާ ފަޅާ ބަޔަކީ. އެމީހުންގެ ގޭގެ ޕްރިޖްތަކުގައޭ ވެލާމަސް ހުސްނުވެ ހުންނަނީ... އެމީހުންގެ ޑިންގީ ތަކުގަޔާ ދޯނިފަހަރުގަ ގޮސް ވެލާހިފާ އ ފަޅަނީ. ދެން ޖޫރިމަނާ ކުރިޔަސް އެމީހުން ނުދައްކާނެ އެ ފައިސާ އެއް. ނުދެއްކިޔަސް މި ސަރުކާރަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ.. ދެންޖެހޭނީ ނުކުރާ ކަމަކަށް ހަދަން.. ނޫނީ ޖެހޭނީ ޙުކުމް ބާތިލުކުރަން.

    9
    2
    • ސދސދ

      އެފްކޮންސް މީހުން ފަރަށް ލިބުނު ގެއްލުން އަމއިްލަޔަށް އިންވެސްޓިގޭޓް ކުރި ގޮތަށް ދިވެހި ރައްޔިތުންވެސް އަމިއްލަޔަށް ކަންކަން ކުރަން ފުރުސަތު ލިބެން ޖެހޭނެ.

  2. ކަނޑިކި އިއްބަ

    ބަލަގަ އެއީ މުޅިންވެސް އެމްޑީޕީ މީހުންނޭ. އެޔޭ އެމީހުންނަކީ. އެޔޭ ވެލާ ފަޅާ ބަޔަކީ. އެމީހުންގެ ގޭގެ ޕްރިޖްތަކުގައޭ ވެލާމަސް ހުސްނުވެ ހުންނަނީ... އެމީހުންގެ ޑިންގީ ތަކުގަޔާ ދޯނިފަހަރުގަ ގޮސް ވެލާހިފާ އ ފަޅަނީ. ދެން ޖޫރިމަނާ ކުރިޔަސް އެމީހުން ނުދައްކާނެ އެ ފައިސާ އެއް. ނުދެއްކިޔަސް މި ސަރުކާރަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ.. ދެންޖެހޭނީ ނުކުރާ ކަމަކަށް ހަދަން.. ނޫނީ ޖެހޭނީ ޙުކުމް ބާތިލުކުރަން.....

    2
    3
  3. Anonymous

    ޖޫރިމަނާ ދައްކާކަށް ނުޖެހޭނެ. އެއީ ﷲ ހަލާލުކުރެއްވި އެއްޗެއް. އެކަލާނގެ ހަލާލުކުރެއްވި އެއްޗެއް ހަރާމްކުރުމުގެ ހައްޤު އެކަކަށް ވެސް ނޯންނާނެ.
    އަހަރެމެންވެސް ވެލާ ފަޅާ ވެލާ ކަން. އަދިވެސް ކާނަން. އިންޝާﷲ

    22
    2
  4. Anonymous

    ސާބަސް. ﷲ ހުއްދަ ކުރެއްވި އެއްޗަކަށް ޖޫރިމަނާ ދައްކާކަށް ނުޖެހޭނެ. އެއްގޮތަކަށް ވެސް ނުދައްކާތި. ތިޔަ ވެލައަކީ އަހަރުމެން މެދުރާއްޖެތެރޭގެ މަސްވެރިންވެސް ވަރަށް ލޯތްބާއެކު ފަޅައިގެން ކާ މީރު އެއްޗެއް. އިރާދަކުރެއްވިއްޔާ ވެލާ ތެޔޮކުނޑި ވިއްކަންވެސް ވިއްކާނަން.

    15
  5. ކަބިލި

    ކަލޭމެން ބޭނުން އަދަދެއް ޖޫރިމަނާ ކުރީމަ ދެއްކޭތަ ޓުރެފިކް ޖޫރިމަނާ މިއިންނަނީ 750 ރ މީހަކުމެރީމަ 15 ދުވަސް ޖަލައް ޖޫރިމަނާ ނީދޭ ކެއުން ހުއްދަ އެއްޗެއް ކެއީމަ ލައްކައިން ލައްކައިން ސަޅި މީތި

    17
  6. Anonymous

    ނުދައްކާނެއެވެ. އެއީ ފަޤީރުންނެވެ. އެމީހުން އެ ކެއީ ވެސް ބަނޑުހައިހޫނުކަމުން ސަލާމަތްވުމަށެވެ. އެމީހުންގެ އަތުގައި ޖޫރިމަނާ ދައްކާނެ ފައިސާއެއް ނެތެވެ.

    14
  7. ސަމީރު

    ނުޖެހޭ ދައްކާކައް ވެލާ އަކީ އަހަރުމެން ކާން ﷲ ލެއްވެއްވި އެއްޗެއް

    19
  8. މަހޯލި

    ރޢްޖޭގެ ވަރަށް ގިނަ ފަރުތަކެއް ހަލާކުކޮށްލި ގޯދީ ރާޖާއިން ވަނީ ޖޫރިމަނާ ނުދައްކާ

    10
  9. ރާއްޖެ

    ވެލާ ފެޅި މީހުންވެސް ޖޫރިމަނާ ފައިސާ ދައްކަން ވާނެ، މީރާއަށް ދަރާފައި ތިބި ބޮޑެތި ވިޔަފާރިވެރިން، ފަރުތަކަަށް ލިބުނު ގެއްލުމުގެ ފައިސާ، ޢާއްމު އެތައް ރައްޔިތުންގެ ގެއްލިފައިވާ ޙައްޤުތަކުގެ އެތައް ފައިާއެއްވެސް ދައްކާލަންވާނެ ހަމަ................

    6
    3
  10. ޗާންދަނީ

    ބަލަ ނުޖެހެޔޭ ޖޫރިމަނާކުރާކަށް އެއީ ނައީމުގެ އަމިއްލަ މުދަލެއްނޫނޭ ، އެއީ ﷲގެ ހަލާލު ރިޒްގޭ މޮޔަވެގެންނޫޅެބަލަ، ނުދައްކާތި ނުދައްކާތީ. ވެލާކެވޭނެ ވެލާމަސްކާނަން ވަރަށް ސަލާމް ނައީމަށް

  11. ހުސޭނުބޭ

    ރީކޯ މޫސަމެން ސަން ސިޔާމްމެން ޖޫރުމޭނާ ނުދަކަންޠާ ކީއްވެ އެހެން މީހުން ޖޫރިމާނާ ދައްކަންވީ!

    11
  12. ޙުސައިން

    ބަލަގަ އަންމު ދިރިއުޅުމުގެ ދަރަނިތައް ނުދެއްކިގެން އުޅޭއިރު ކިހިނެއް ތިވަރުގެ ބޮޑު ޖުރިމަނާއެއް ދައްކާނީ! މިއުުޅެނީ އެއްއިރު ކާފިއްޔާ އަނެއްއިރު ނުކާ! ފަގީރަކު އަތުން ތިވަރުގެ ބޮޑު ޖޫރިމަނާ އެއްކުރީމަ ހީވަނީ ބުނާހެން ފަގީރުކޮއި އެމަރުވީ ހަމަކާލާނެ ކަލިޔާ ކޮޅެއްވެސް ނުލިބިގެންހޭ! ގާނޫނާ ގަވައިދު ހަދަން ރައްޔިތުންގެ ހާލުނޭގޭ ވަލުޖަނަވާރު ފަދަމީހުން ތިބީމަ ވާގޮތް ވަމުން މިދަނީ!

  13. ނުރަބޯ

    ބުރިޖު އަޅާ މީހުން ދައްކައިފިތަ؟ ކޮއްކޮމެންނޭ ނުދައްކާތި އެމީހުން ނުދައްކަނިސް.

  14. ގަލަން

    ދައްކާނެ ކަމެއްނެތް ވެލައެއް ކާލިޔޭ ކިއާފަ ޖޫރިމަނާ ނުކުރެވޭނެ. އިސްލާމް ދީނުގަވެސް މަނާކުރެވިފައެއްނުވޭ

  15. އަހަންމަދު

    ދައްކާކަށްނުޖެހޭ.