ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަށް ބިރު ދެއްކި މީހަކު މައްސަލައިގައި ހައްޔަރު ކުރި މީހާގެ ފޯނު ހިފެހެއްޓުމަށް ފަހު ދޫކޮށްލައިފިއެެވެ.
އީވާގެ ދަރިފުޅުގެ ފޮޓޯ ޓްވިޓާގައި ބޭނުންކޮށްގެން، އީވާއަށް ބިރު ދައްކަ މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
އޭނާ ހައްޔަރު ކޮށްފައި ވަނީ ރޭ 22:34 ހާއިރު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ވަގުތު"އަށް ވިދާޅުވީ، ކޯޓު އަމުރު ތަންފީޒު ކުރުމަށް ފަހު ރޭގެ ވަގުތެއްގައި މީހާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އެނގިފައިވާގޮތުން އީވާގެ ދަރިފުޅުގެ ފޮޓޯ ބޭނުންކޮށްގެން ޓްވީޓް ކޮށްފައި ވަނީ ފޭކް އެކައުންޓަކުންނެވެ.
އެކަމާއި ގުޅިގެން އީވާ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ގޮތުން އޭނާއާ ގުޅޭގޮތުން ދައްކާ ވާހަކަތައް ދުވަހަކުވެސް ރައްދު ދީފައި ނުވާނެ ކަމަށާއި، އަދި އެކަން ރިޕޯޓްވެސް ކޮށްފައި ނުވާނެ ކަމަށެވެ.
"އެހެން ނަމަވެސް މި މީހާ އެ ދަނީ އަޅުގަނޑުގެ 18 އަހަރު ނުވާ ދަރިފުޅަށް ފުރައްސާރަ ކުރަމުން. ދަރިފުޅުގެ ރައްކާތެރިކަމަށްޓަކައި މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އެދެން.". ކޮމިޝަނަރ އޮޕް ޕޮލިސް މުހައްމަދު ހަމީދާއި، ފުލުހުންގެ ރަސްމީ ޓްވީޓާ އެކައުންޓް ޓެގްކޮށް އީވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ފޯނު މި ކުއްވެރިވީ މީހާދޫކޮއްލާފަ ބޮލުރޮދިކެނޑިފަ ތިބެނީ ދިފާއީބާރޭ މިކިޔާބަޔަކުވެސް
ރ ސޯލިހް އިންތިޚާބު ކާމިޔާބު ކުރުމަށް ތަފާތުކުރުންތައް
ނައްތާލައި ހަމަހަމަކަން ގާއިމު ކުރަން ޖެހެއެވެ.
ތިވަރަކުން ނުފުދޭ، ކުޑަކުދިންނަ ށްފުރަސްސާރަކުރާ މީހުުން ގިނަވަނީ ފޯންއަތުލާފަ ފޮނުވާތީ،
ފޯނު ހިފަހައްޓާފަ ދޫކޮށްލީމަ ބިންމައްޗަށްވެއްޓި ފުޑުފުޑުނުވޭތަ؟