އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވާ ހަތް މެންބަރުންނަށް ދަ ޑިމޮކްރެޓްސް ޕާޓީއާއެކު މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހާއްސަ ދައުވަތެއް އެ ޕާޓީގެ ފަރާތުން ދެއްވައިފިއެވެ.
ރޭ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، އެ ޕާޓީއާއި ޕީޕީއެމްގެ އާއްމު މެންބަރުންނާއެކު މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ. ހަސަން ވިދާޅުވީ، މިއީ ޕީޕީއެމްގެ މެންބަރުންނަށް ވަރަށް މާޔޫސް ވަގުތެއް ކަމަށާއި، ޕީޕީއެމް އެތެރޭގައި ހިނގާދިޔަ ކަންކަމަކީ ޕާޓީގެ މެންބަރުން އެންމެ އެދޭ ގޮތަށް ހިނގާދިޔަ ކަންތައްތައް ނޫން ކަމަށްވެސް ގަބޫލު ކުރެވޭ ކަމަށް ހަސަން ވިދާޅުވިއެވެ.
"އަދި އަޅުގަނޑުމެންނަށް ވަަރަށް ބޮޑަށް އިހުސާސް ކުރެވޭ އެ ބޭފުޅުން މިވަގުތު ތަހައްމަލު ކުރަމުންދާ ކަންކަން"،
މިގޮތަށް ހަސަން ފާހަގަކުރެއްވީ ޕީޕީއެމް އިން ކެންޑިޑޭޓަކީ ޕީއެންސީން ކެންޑިޑޭޓަކު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ވާހަކައެވެ.
"ދަ ޑިމޮކްރެޓްސް އުފެދިފައި މި އޮތީ އެމްޕީޑީ ތެރޭގައި އެފަދަ ނުތަނަވަސް ކަމެއް އޮތުމުގެ ސަބަބުން، އުފެދިގެން އައި ޕާޓީއެއްގެ ގޮތުގައި. އެހެންވީމަ އަޅުގަނޑުމެންނަށް ވަަރަށް ރަނގަޅަށް ވިސްނޭ ޕީޕީއެމްގެ އާއްމު މެންބަރުންގެ އިހުސާސްތައް ހުންނާނެ ގޮތް.".
އެހެންކަމުން ޕީޕީއެމްގެ އާއްމު މެންބަރުންނާއި އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ދަ ޑިމޮކްރެޓްސްއާއި އެކީގައި މަސައްކަތް ކުރުމަށް އެދިވަޑައިގެންވެފައެވެ. މިގޮތުން ބައެއް ބޭފުޅުންގެ އަރިހުން މިގޮތަށް އެދިވަޑައިގެންފައިވާނެ ކަމަށްވެސް ހަސަން ވިދާޅުވިއެވެ. އެއީ އެ ޕާޓީން ވަކިވެގެން ދަ ޑިމޮކްރެޓްސްއަށް ވަންނަ ވާހަކަ ނޫން ކަމަށްވެސް ހަސަން ވިދާޅުވިއެވެ.
"އެ ބޭފުޅުން އެ ބޭފުޅުންގެ ޕާޓީގައި ތިއްބަވައިގެން ވަކި ގްރޫޕެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން ޑިމޮކްރެޓްސްއާއެކު މަސައްކަތް ކޮށްދެއްވުމަށް ޕާޓީގެ ފަރާތުން ވާނީ މަޖިލީސް މެންބަރުންނަށް ދަންނަވާފައި".
- އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
- ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން
- މާވަށު ދާއިރާގެ މުހައްމަދު ސައީދު
- މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް
- މަހިބަދޫ ދާއިރާގެ މެންބަރު ތޯރިފް
- ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް
- ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު
ހަސަން ވިދާޅުވީ، އެ ޕާޓީއާއެކު މަސައްކަތް ކޮށްދިނުމަށް މި ޕީޕީއެމް/ޕީއެންސީގެ ސްލޮޓްގައި ރައްޔިތުންގެ މަޖިލީސް ތަމްސީލް ކުރައްވާ މެންބަރުންނަށް ދަންނަވާފައިވާނެ ކަމަށެވެ.
"އެހެންވީމަ އެ ބޭފުޅުން ކުރައްވަން ބޭނުންފުޅުވާ މަޝްވަރާއެއް އަޅުގަނޑުމެންނާއެކު ކުރިއަށްގެންދިއުމަށް އެ ބޭފުޅުން ކުރައްވަން ބޭނުންފުޅުވާ މަޝްވަރާއެއް އަވަަހަށް ދެބައި މީހުން އެކީގައި ކުރަން ފައްޓަވާ ދެއްވުމަށް، އަޅުގަނޑުމެން އެކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރާ ކަމަށް".
މީގެ ކުރިންވެސް ޕީޕީއެމް އާއި ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުންތަކެއްގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވެއެވެ. އެހެން ނަމަވެސް އެ މަޝްވަރާތަކުން އަލި މަގެއް ފެނިފައެއް ނުވެއެވެ. ޕީޕީއެމް އިން ބުނަނީ އެ ބޭފުޅުންގެ ރިޔަސީ ކެނޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށެވެ.
ނަމަވެސް އާރަށް ކުއްޔަށް ދިން މައްސަލައިގައި އެމަނިކުފާނު މިހާރުވެސް 11 އަހަރުގެ ޖަލު ހުކުމެއް ފުރިހަމަ ކުރައްވަމުން ގެންދާއިރު، އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމި ނިންމުމާއި ދެކޮޅަށް އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ކުރުން މިއަދު އޮންނާނެއެވެ.
ހެހެ ، ވައިގަ ނުހިފާގެންދޯ ، އިބޫބޮލަށް ކަނޑާލާފަ ދިޔަޔަސް މިއަދު ދިވެހި ދައުލަތް ބަނގުރޫޓުވުމުގެ ހުރިހާ ޒިންމާގައި ކަލޭމއން ( އަންނިގެ) ނުލަފާ ގުރޫޕް އުފުލަންޖެހޭނެ ، މިހާ ދުވަހު މަޖިލިސްއޮވެ ބާރު އޮވެ ކަލޭމެން ކުރިހާވެސް ކަމަކީ ރ.ޔާމީންއާއި އިދިކޮޅު އެންމެނަށް ޖެއްސުންކުރުން ، އޭރު ކޮރަޕްޝަންވާހަކައެއް އަޑެއް ނީވުނު ނުފެނުނު ، ދެން މިހާރު ބޯދަމާގަންނަށް ނޫޅެ ، ތި ބައިގަނޑުގެ ސިޔާސީ ހަޔާތް ތި ނިމުނީ ، ވ.ސަލާން
ހޭބުއްދި ސަލާމަތުން ތިބި އެއްވެސް ބަޔަކު ތިޔަ ޑިމޮކްރޭޓްސް އާއި އެކު މަސައްކަތެއް ނުކުރާނެ. ތިޔައީ ވަރަށް ހިޔަޅު ބައެއް. އެކަން ނޭނގޭ ކުޑަކުއްޖެއްވެސް ނުހުންނާނެ. މިހާރު އަމިއްލަ ޕާޓީ ފުނޑާލާފައި ހެދި ޕާޓީއަށް ސަޕޯޓް ނެތުމުން ފަހަރަކު ބައެއްފަހަތުން ދުވަމުން ދަނީ.
ދަ ޑިމޮކްރެޓްސް އަކީ އަމިއްލަ ޕާޓީގެވެސް ތާއީދެއް ނެތިގެން ބޭރުކޮއްލާފަވާ ބައެއް. މި އިންތިހާބައްފަހު ޑީއާރްޕީއާއި އެމްއާރްއެމް ހުލިވިގޮތަށް ހުލިވާތަން ފެނުން ވަރަށް ގާތް
މި ހަސަންމެން މިއީ ހާދަ ބޮޑާ ބައެއްދޯ؟ ކިރިއާ 3 ހާސް ހަމަވީ ޕާރޓީއަކުން އެބުނަނީ ބޮޑުސިންގާހާ ޕާރޓީއެއްކައިރީގައި ކަލޭމެން ތިމަންނަމެންގެ ދަށުން ސިޔާސީ ހަރަކާތް ހިންގަން ތިމަންނަމެން އުނގަށްވެއްޓެން އަންނާށޭ! މިމީހުން ހީކޮށްގެން މިއުޅެނީ މިމީހުންނަކީ މިއީ ވަރަށް ގަދަބައެއްކަމަށްދޯ؟ ހަޤީގަތުގައި އެމީހުން ޤަބޫލުކޮށްގެން އެތިބެނީ ކޮއްމެ ވެރިކަމެއް އޮތަސް މުޅި މިޤައުމު ކޮންޓްރޯލް ކުރަނީ އެމީހުންކަމަށް، މިޤައުމުގެ ހުރިހާވެސް ބާރެއް އޮތީ އައްނީކަލާނގެ އަތުގައި ކަމަށް، ސުބުޙާނަﷲ ކޮންފަދަ ނުބާ ވިސްނުމެއް ގެންގުޅޭބައެއްދޯ؟
ދަންޑި ޑިމޮކްރަޓިކު ކިޔަސް އެމްޑީޕީ ކިޔަސް އެއީ އެކައްޗެއް ފާނާކުރުވުން ފަނާކުރުން މިނޫންކަމެއް މިދެބައި މީހުންނަށް ނޭންގޭ !
ހަސަނާ ކުރީގަވެސް މަސްވަރާ ކުރީމެންނު އަލިމަގެއް ނުފެނުނެންނު ދެންވެސް ނިފެންނާނެ އެފަރާތައްވެސް އިނގޭ ދަނޑި ޕާޓީއަލީ ލާދީނީ މީހާގެ ކަމެއްކަން އޭދަފުށި ދާއިރާގެ މެމްބަރު ސަލީމުވެސް އެތައް ފަހަރަކު ގަންޖާ ބޯގެ ވާހަކަ ދައްކާފަ އެބަހުރި އެހެންވީމައި އެމީހުން ބައިއަތު ނުހިފާނެ ހަމަ ދަނޑި ޕާތީ ރޫޅޭނީ އިހަކަށްދުވަހު ސޮއިކުރި ކައުސިލަރުން ތައްވެސް އެހާ އަވަހަށް ދަނޑި ޕާތީން އެއޮށް ވަކިވީ ހަމަ ރޫޅެނީ.
އިސްކޮޅު ހަމަ ނުވާ މޑޕގެ ދޮންދަރި ޕާޓީއާ އެކީ މަސައްކަތް ކުރާނީ ގަމާރު ބައެއް. ހަގގީގަތުގަ މޑޕގެ އެއްމެ ޔެލޯކުލަ ގަދަ އެކްސްޓްރީމިސްޓު ރެޓުން ތިބި ޕާޓީ.
ދަނޑިމޮކްރެޓަކީ އުންމީދެއްނޫން. ދިވެހިންގެ ދިރިއުޅުމާ އާދަކާދައާއި ދީނާ ދުރު ބައެއްވީމާ ބުނެލަންބޭނުމީ ޢެއްފަހަރު ދީފިޔޭ ދެން ދިވެހިން ކައިރިވެސް ނުވާނޭ. ދެން ނެގޭ ދައުރަކަށް މިޖިލީހުން ގޮނޑިއެއް ލިބުމަކީވެސް ވުމަށްވުރެ ނުވުން ކައިރި ކަމެކޭ.
މިއީ ލ.ޑ.ޕ ޔައުނީ ލާ ދީނީ ޕާރޓީއެއް ނޫންތޯ؟
ދަނޑިމޮކްރެޓަކީ އުންމީދެއްނޫން. ދިވެހިންގެ ދިރިއުޅުމާ އާދަކާދައާއި ދީނާ ދުރު ބައެއްވީމާ ބުނެލަންބޭނުމީ ޢެއްފަހަރު ދީފިޔޭ ދެން ދިވެހިން ކައިރިވެސް ނުވާނޭ. ދެން ނެގޭ ދައުރަކަށް މިޖިލީހުން ގޮނޑިއެއް ލިބުމަކީވެސް ވުމަށްވުރެ ނުވުން ކައިރި ކަމެކޭ.
ހަސަނާ އެއްވެސްއިރެއްގަ ބޮއްކުރާދޮށައް އޮޑި ކަނބާފަދިއުމަކީކުރާކަމެއްނޫން އަދި ކުރަންފަސޭހަ ކުރެވޭނެކަމެއްވެސްނޫން އަޅުގަނޑުބުނެލަންއޮތީ ރައްޔިތުންނައް ހެޔޮއެދޭނަމަ ތިބޭފުޅުންއައިސް ރައްޔިތުންގެ ފަޅިއަށް އަރައިވަޑައިގަންނަވާށޭ
ނަމަ ނަމަ މަ ބުނާނެ ވާހަކއެއް ނެތް. މި މީހުންނާ ވައިވެސް ނޭޅޭތި ނުގުޅޭތި. މިއީ ޕީޕީއެމް ޕީއެންސީ ދެފަޅިކޮށް ބައިބައި ކުރަން އުޅޭބައެއް. ރައީސް ޔާމީނަށް ދޭ އަނިޔާތަކުގައި މި މީހުންގެ ފުރިހަމަ ބައިވެރިވުން އެބަ އޮތް.
އެއްވެސް ޕާޓީއަކުން މާބޮޑަށް އަޅައިނުލުމުން އެކަނިވެރިކަން ހިތަށް އަރާ މުޅި ޤަވްމުގައި ބާކީވަމުން ދާކަން އިޙްސާސްވީ ... މެމްބަރުންނަށް ސަލާން ޖެހުމަކީ ގޮތްހުސްވެ ކުރާނެ ނުކުރާނެ ކަމެއް ނޭގިގެން ކުރާ ކަމެއް.
ތި ޑިމޮކްރެޓްސް އަކީ ހަމަ އެމްޑީޕީ. ލާދީނީ ކިލަނބުކަން އެމްޑީޕީން ފިލައިފިކަމަށް ރައްޔިތުންނަށް ދެއްކެންވެގެން ވަކިވެގެންގޮސް އުޅޭ ބައެއް. އޭރުން އިބޫ އަށް ރައްޔިތުން ޖެހިލުމެއްނެތި ވޯޓުލެވޭހެން. ޕީޕީއަމް އަށް ހެދޭނެ އެންމެ ބޮޑު ގޯހަކީ މި ހިޔަޅުންތަކާއެކީ ކޯލިޝަން ހެދުން. ކާކު ތަ އަޅެ އަންނި އަކީ މިހާރު؟