ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު ޝަރުތުހަމަވާ އެންމެންނަށް ފްލެޓު ލިބޭ ގޮތައް އާއްމު ކޮށްފިއެވެ.
ދެންމެ ޕްލޭނިން މިނިސްޓްރީން އާންމު ކުރި ފްލެޓް ލިސްޓުން އެނގޭ ގޮތުގައި 20،697 މީހަކު ފްލެޓަށް ކުރިމަތިލިއެވެ. މީގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓަށް ކުރިމަތިލާފައި ވަނީ 6208 މީހުންނެވެ. އަދި ތިން ކޮޓަރީގެ ފްލެޓަށް 14،489 މީހަކު ވަނީ ކުރިމަތިލާފައެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓް ކޮމިޓީގެ ޗެއާމަން، އަކްރަމް ކަމާލުއްދީން "ވަގުތު" އަށް ވިދާޅުވީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ 13،000 ފްލެޓަށް ޝަރުތު ހަމަވިޔަސް، ޖޮއިންޓް ވެގެން ކުރިމަތިލި މީހުންނާ އެކު، ޝަރުތު ހަމަވާ މީހުންގެ އަދަދު 15،000 އަށް އަރަ އެވެ.
ލިސްޓް އާއްމު ކުރި އިއުލާންގައި ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ދާއިމީ ލިސްޓް އިޢުލާނުކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތުހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިފައިވާ ދިރިއުޅުމުގެ ޙާލަތާއިގުޅޭ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް މިނިސްޓްރީގެ ފަރާތުން ކުރާނެ ކަމަށެވެ.
އަދި ފޯމުގައި ހުށަހަޅާފައިވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުނުކުރެވޭ ފަރާތްތަކުގެ ފޯމު "ގެދޮރުވެރިން ޕޯޓަލް" އަށް ފޯމު ހުށަހެޅުއްވިއިރު ވެފައިވާ އިޤްރާރުގައިވާ ގޮތުގެމަތިން ޢަމަލުކުރެވޭނެ ކަމަށާއި އެހެންކަމުން މަޢުލޫމާތު ކަށަވަރުކުރުމުގައި މިނިސްޓްރީގެ ފަރާތުން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުންދެއްވުމަށް ދަންނަވާ ކަމަށް ވެސް އިއުލާންގައި ވިދާޅުވެފައި ވެއެވެ.
ފްލެޓް ލިބޭ މީހުންގެ ގޮތުގައި 13000 އަށްވުރެ ގިނަ މީހުންގެ ނަން ސަރުކާރުން އިއުލާން ކުރި ނަމަވެސް އިންތިހާބުގެ ކުރިން ނިމޭނެ ކަމަށް ލަފާކުރެވޭ ފްލެޓްގެ އަދަދު 4000 އަށް ވުރެ ވެސް މަދުކަމަށް މައުލޫމާތު ލިބެއެވެ.
ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ އަންނަ މަހުގެ 09 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ފްލެޓް ލިބުނު މީހުންނަށް ލިޔުން ހަވާލު ކުރުމަށެވެ.
،
ކީއްކުރާނީި ވުޖޫދުގައި ނެއް ފުލެޓެއް ގޯއްޗަށް ވީ ގޮތް ހަނދާނ އެބަހުރި ހީ ހީ ހަލާކު
އެއީ ވޯޓް ގެއްލިދާނެތީވެ ބިންވެރިޔާ އައްވެސް ހެދީ އެހެން ކިހިބެއް ހުރިހާ އެންމެންނަށް ބިމާ ފުލެޓް ދޭނީ
މިސަރުކާރުން ނެރުނީ ލިސްޓެއް. އެ ލިސްޓަށްވާ ފްލެޓް ހަދައިގެން ދޭ ފެންވަރު ހިރީ މުއިއްޒުގެ. މަ ހޮވާނީ މުއިއްޒު
ވޯޓަށް ނުފޫޒު ފޯރުވޭގޮތަށް ކުރެވޭ ކޮންމެ ކަމެއް ކޮރޮޕްޝަންގެ ތެރޭގައި ނުހިމޭނެތަ؟
އީސީ އެއޮތީ ބަނދެފަ. ސުޕުރީމުކޯޓު އޮތީ ވަޅުލާފަ. އިންޑިޔާއިން ބޭނުންވަނީ ޗޯރޭ ބަހައްޓަން. ދެން ކީއް ކުރާނީ؟
ތީ އަހަރެމެން ބޭނުންވާކަންތައް. ދިރިއުޅޭނެ ހިޔާވެހިކަމެއް ދޭ ފަރާތަކަށް ވޯޓުލާނީ...ބުރިޖްތަކާ މަގުތަކަށްވުރެ މުހިންމީ ހިޔާވެހިކަން. ސާބަހޭ އިބޫ.
ކޮންާކުތޯ ތި ފްލެޓްތަށްހުރީ
ލޮސްއުދޯލި އައް އަރުވައިގެން ހާދަވަރަކަށޭ މިހެއްލަނީ ބޯ ނާބުރާފިއްޔާ ވެދާނެ
ޔަގީނުން ވެސް ދާއިމީ ލިސްޓެއް ނުނެރޭނެ
މީ ބޮޑު އޮޅުވާލުމެއް ހަމަ މިލިސްޓު މީނަހޮވުނަސް އަނެއްކާ މަޖިލީސް އިންތިހާބުގަވެސް ދައްކާނެ
އެއްވެސް ކަމެއް ނުނިމޭ ހަމަ ލިސްޓް ނެރުނަކަސް ނުވާނެ އެއްވެސް ކަމެއް
ސޯލިހު ކޮއްފިއްޔާ ވައްކަންވެސް ކޮރަޕްޝަންވެސް އޯކޭ ދުވާ ދީފަހުރި ރު....ކާޅެކޯލަ މީ
ތާއީދު ކުޑަވީމާ ދެން ރައްޔިތުން ނަހައްދާ
ވުޖޫދުގައި އަދިނެތް ފްލެޓްތަކެއް މިދެނީ
ކޮންތާކު ހުރި ފުލެޓެއް ދެނީ؟ އެއީ ކަނޑުގައި ހުރި ފުލެޓެއްތަ؟
މީދުވާލު ފަދައިން ތިކަން ނުވާނެ ކަން މަށައް އިނގޭ އެއި 1 ދައުރު މިނިމުނީ އެންމެ މީހަކައް ފުލެޓަކައް ނުވަދެވި
ބަޔަކު ހައްދަންވެސް މިންވަރެއް އޮންނަންވާނެ ،،، އޯވަރ ،
ތީ ހިޔާލީ ފޮލާ
ތިވަރުގެ ގާބިލުކަމެއް މަނިކުފާނުގެ ނެތް
ފުރަތަމަ ދައުރުގާ 20000 ފުލެޓު އަޅަން ވައުދުވެފަ ދައުރު ނިމުނު އިރު ނެރެވުނީ ލިސްޓު އެކަނި ފުލެޓު އަޅާތަންވެސް ނޭނގޭ
ދޮގާމަކަރުވެސް ހަދަން ވާނީ ވަކިވަރަކަށް
އިބޫ ދޮގުހަދާތީ އަދާލަތު ޕާޓި އިބޫ ފަހަތުން އުޅެނީ
ކަނޑު އަޑިން އަދި މިފުލެޓު ދިނީ
މިހުރިހާ ފްލެޓު ހުރީ ކޮންތާކުތަ؟ ބަލާލަން ބޭނުން.
މި ވެރިކަމުގައި އެންމެ މީހަކު ތީގެން ފްލެޓްއަކަށް ވެއްދުނަސް ކުރިއަށް އޮތް ފަސް އަހަރު މަ އޮންނާނީ އެކޮޅުކޮޅުން. 4000 ފްލެޓް އަޅާފައި ލިސްޓް މި ނެރެނީ 10000 މީހުން ސަރުތު ހަމަވެއޭ ކިޔާފައި މި އެއްމެނަށް ލިބޭނެއޯ ކިޔާފައި . މީތި ދެކޮޅު ޖެއްސޭނެ ވަރުގެ އާލާތެއް އަދި ނެތް ދުނިޔޭގައި ވެސް އުފެއްދިފައެއް. 4000 ފްލެޓް އަޅާފައި 4000 ހާސް މީހުންގެ ލިސްޓެއް ނޫންތަ ނެރެން ޖެހޭނީ.ރާއްޖޭގެ މުޅި އާބާދީ ނުލީ ކީއްވެ ތި ލިސްޓްގައި. ތީ ބޮޑުވަރު ވޯޓް ހޯދަން އުޅުނަސް. ދެން ކޮބާ ގޯތި ލިބުން މީހުން ،ކިތެއް ބުރިއަށް ހިއްލާލާގެން ތި އުޅެނިީ.ހުސް ހިޔާލީ ފޮލާ.
ޗޯރު ފުލެޓް ދޭނެ އެންމެނަށް.ފުލެޓް ދޭ ފޯމިޔުލާ 3 މަހުން ފުލެޓް ދިރިއުޅެފަ ނުކުތީމަ ދެން ފުލެޓް ލިބުނީ މީހުން ފުލެޓްއަށް ދިރި އުޅެން ވަނުން.މި ސޯލިހްގެ ފޯމިޔުލާ.
ޔާމީން ފުލެޓް އަލާފަ ފުލެޓް ދިނީ.އެކަމު އެއަށްވުރެއް ހަޑިމުޑުދާރު ކޮން ޗޯރު ލިސްޓް ތިނެރުނީ.ރައްޔިތުން ތާއިދު ނެތިއްޔާ ތިކަހަ މުޑުދާރު ކަންތަށް ނުކޮށް އިސްތިޔުފާދީފަ ގެޔަށްދޭބަލަ.
ދެން މި ޤައުމާ ހަވާލުވާ ވެރިޔަކަން ގޮވާލަށް ތި ފުލެޓް ލިސްޓު ސުޕްރިން ކޯޓަށް ގޮސްގެން ނަމަވެސް ތި ލިސްޓް ބާތިލްކުރަށް.ހައްގުވާމީހުންނަށް ފުލެޓްދޭން.
ކިތައް ފުލެޓް މި މަހު ނޫނީ ސެޕްޓެމްބަރު މަހު ވަދެވޭ ވަރު ވެއްޖެތޯ ނޫނީ ދެބައި ކުޅަ އެއްބައި ފުލެޓް އެކީގައި މަސައްކަތް ނިމުނީ ތޯ؟
އިންތިހާބުކުރިން 4000 ފޮލެޓޭ؟ މާލްކަމޯ ކޮންތާކުބާ 4000 ފުލެޓް ހުރީ ؟ ދޮގާ މަކަރާ އޮޅުވާލުމާ މިއީތަ ރަސޫލާ ސއވ ދުއާދެއްވި މީހާގެ ސިފަތަކަކީ؟ ދަންނަވަންތޯ އިންތިހާބުކުރިން މިސަރުކާރުގެ ޕްލޭނަކުން އެޅި އެއްމެ ފްލެޓަކަށްވެސް އިންސާނަކަށް ނުވަދެވޭނެ...މުޅިގައުމުގައި ހަނަފަސް ތަންކޮޅެއް ކީކުރަން ކަނޑެއްވެއްވެސް ނެތް މީނަ ގފްލެޓާއި ގޯތިނުދޭ
އިރު ފެންނަހަ ސާފްކޮށް ފެންނަ ކޮރަޕްޝަން.
1. ދޭން އިއުލާނު ކުރީ ވަކިވަރަކަށް.
2. ދޭން އިއިލާނުކުރަން ވާނީވެސް އެޅޭ ވަރަކުން.
3. ނެރެން ބުނި ލިސްޓު ދިގުދަންމަ ދަންމާ ހުރީ
4. އެންމެ ފަހުން ދެނީ ކުރިން ނިންމަފަ އޮތް ގޮތަކަށްނުން
މިއީ ކޯއްޗެއް އިބުރާހިމާ؟ މިއީ ޗޯރުކަން. މިއީ ހިޔަޅުކަން. ނޮމޮށޭ ގުރާ
ވަރަށް ސަޅި އަޅުގަނޑުމެން މާލޭގައި އުޅެ އުޅެ މުސްކުޅި މި ވަނީ ފުލެޓެއް ނުލިބުނު. އެކަމަކު ރަށައްދާއިރު ހަދިޔާ ގެންދާ ކުޑަކުދިން މިހާރު ބޮޑުވެ މި ލިސްޓަށް ސަރުތުހަމަވެ ފުލެޓް ލިބުނު.. ކިހާ އިންސާފުތޯ
ހެޔޮނުވާނެ ލޮބުވެތިރައްޔިތުންނޭ މިކޮރަޕްޓް ސަރުކާރައް ވޯޓްނުދެއްވާތި
ލިޔުންހަވާލުކުރިއަސް ޔަގީންކަމެއް ނެތް ނިމިދިޔަސަރުކާރުންވެސް ލިޔުންލިބުނުމީހުންނަކައް ފުލެޓެއް ނުލިބނު
ކަނޑުގެ އަޑިންނާ ޖައްވުންވެސަ ފުކެޓާ ބިންދީގެން މިފަހަރު ވެރިކަން ނަގާނަން.
ސަރުތުފުރިހަމަވަނީ ދެމަފިރިންކުރެ އެކަކަށް ކުރިން ހިޔާ ފްލެޓް ލިބިފަހުރީމަތޯ؟ ރަށުގަ ދިރިއުޅުމުންތޯ؟ ދަރިޔަކު ނެތުމުންތޯ؟ މީ މިލިސްޓް ބަލާލުމުން އަޅުގަޑަށް ސަރުތު ފާހަގަ ވީގޮތް. އެއީ ހިޔާ ފްލެޓް ދެމަފިރިންކުރެ އެކަކަށްލިބިފަ މިފަހަރުވެސް ސަރުތު ފުރިހަމަ ވެފަހުރީމަ، އަދި މީހަކާ އިނދެ 1 އަހަރުނުވާ ދަރިޔަކު ލިބޭނެދުވަހެއް ނޭންގޭ މީހުން، ދެމަފިރިން ރަށުގަ ވަޒީފާގަ އުޅޭ ރަށުގަ ގެދޮރު ހުރި މީހުން މިއީ ހަމަސީދާ ވޯޓަށް ނުފޫޒުފޯރުވަން އާންމުކުރި ލިސްޓެއް
އަޅުގަނޑު ފޯމުލިން މެސެޖުވެސްލިބުނު. އެކަމަކު ލިސްޓު ނެރުންއިރު ލިބޭ،ނުލިބޭ، ދެބައިންކުރެ އެއްބައެއްގަ ވެސް ނަމެއް ނެތް. އަޅުގަޑަށް ނުލިބެންޏާލިބެންޖެހޭމީހަކު ހުންނާނެ ހެނެއް ހިއެއް ނުވޭ. ދެން ސަކުވާފޯމް ހުށައެޅި ދާނެ އެކަމަކު އޭރުން ބުނާނީ ސަރުތުހަމައެއްނުވެޔޭ. ރަގަޅަށް ބަލައިފިއްޔާ އަޅުގަނޑައް ލިބޭނެ
ލިޔުމާއި ތަޅުދަނޑި ދޭންވާނެއެވެ. އެހެން ނޫނީ އަހަރެމެންގެ ވޯޓު އިބޫއަށް ނުލިބޭނެއެވެ.
ފުލެޓް ދެނީ ދޭނެ ބަޔަކަށް؛ޝަރުތު ހަމަވެގެންނެތް ނޫން ދެނީކީ،ފުލެޓް ލިބިފަ އޮއްވާ އަތުލާފަ،މިފަހަރުވެސް ނުދިނީ،ޝަރުތު ހަމަ ނުވެ ޔޯ ކިޔާފަ،ބޯ ހަލާކު،މިއޮއް ވެރިކަމެއް ދޯ.