ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހުއަށް ދެވަނަ ދައުރެއް ދިނުމަށް އެމްޑީޕީއަށްވުރެ ބޮޑަށް އަދާލަތު ޕާޓީއިން ބޭނުންވާ ކަމަށް އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި ރޭ ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީރީގެ ސަރުކާރުތަކާ އެކު ހެދި ކޯލިޝަންތަކާ މި ސަރުކާރާ އެކު ހެދި ކޯލިޝަންގެ ތަފާތު ވާނެ ކަމަށެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން އެމްޑީޕީއަށްވުރެ ބޮޑަށް އަދާލަތުން ބޭނުންވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރައީސާ އެކު މި ފަސް އަހަރުގެ ދައުރު ނިންމައި އަނެއް ދައުރުގައި މި ނުކުތީ އެމްޑީޕީ ބޭފުޅުންނަށް ވުރެ ބޮޑަށް ރައީސް ދެ ވަނަ ދައުރަކަށް ގެންދަން އަޅުގަނޑުމެން ބޭނުންވާތީ،" އިމްރާން ވިދާޅުވިއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުއަށް ކާމިޔާބު ހޯދައިދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެމްޑީޕީއަށްވުރެ ބޮޑަށް އަދާލަތުން ކުރާނެ ކަމުގެ ޔަޤީންކަން ދެއްވަމުން އިމްރާން ވިދާޅުވީ ރައީސްއަށް ދެވަނަ ދައުރެއް ދޭން އަދާލަތުން އެވަރަށް ބޭނުންވާ ސަބަބު ފަހުން ކިޔައިދޭނެ ކަމަށެވެ.

"މަލްޓިޕާޓީ ޑިމޮކްރެސީއެއް ރާއްޖޭގައި އުފެދުނު ފަހުން ޕާޓީތައް ހިމެނޭ ނިޒާމެއްގައި ދެވަނަ ދައުރަކަށް އިންތިހާބުވާ ފުރަތަމަ ރައީސަކަށް ﷲގެ އިރާދަފުޅުން އެމަނިކުފާނު ހަދާނަން" އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ 2008 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގައި ޕާޓީތަކުން ކޯލިޝަން ހަދައި "ބަދަލަކަށް" ކުރި މަސައްކަތުގެ ނަތީޖާ މާ ފޮނި ނޫން ކަމަށެވެ. ބޭނުންވި ބަދަލު ގެނެވުނު ނަމަވެސް ކަންތައް ވެގެން ދިޔައީ ވަރަށް ހިތާމަވެރި ގޮތަކަށް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"އެކައްޗެއް ކިޔައިގެން ނުކުތީ ހާލަތު ބަދަލުކުރަން، ކޮންމެއަކަސް ހާލަތު ބަދަލުވެއްޖެ، އެންމެން ވެގެން ފުރަތަމަ ފަހަރަށް ޕާޓީ ނިޒާމެއްގެ ތެރެއިން ރައީސަކު އިންތިހާބު ކުރި. އެހެންނަމަވެސް ވަރަށް ހިތާމަހުރި، ވަރަށް ހިތާމަވެރި ގޮތަކަށް ދިޔައީ،" އިމްރާން ވިދާޅުވިއެވެ.

މީގެއިތުރުން 2013 ވަނަ އަހަރު ބޭއްވުނު އިންތިހާބުގައިވެސް ކޯލިޝަނެއް ހަދައިގެން ވެރިކަމަށް އާދެވުނު ކަމަށާއި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ނާދެވެނިސް އެ ކޯލިޝަން ވެސް ރޫޅިގެން ދިޔައީ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެސަރުކާރު ތަކާއި ރައީސް ސޯލިހުގެ ސަރުކާރާއި ހުރި ތަފާތު އިމްރާން ވަނީ ކިޔައިދީފައެވެ. އެގޮތުން ޑިމޮކްރެޓިކް ނިޒާމެއްގައި ވެރިއަކަށް ދެވަނަ ދައުރެއް ދޭން ޖެހޭ ސަބަބާއި މެދު ވިސްނާލަން ޖެހޭ ކަމަށާއި އެއީ ރައްޔިތުންނަށް ކަންކަން ކޮށްދީފައިވާތީކަމަށް އޭނާ ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވީ ކޯލިޝަންގައި ހިމެނޭ ޕާޓީތައް ކޯލިޝަން ރޫޅާލާ ވަކި ޕާޓީތަކުގެ ގޮތުގައި އިންތިހާބުގައި ވާދަކުރަން ނިންމުމާއި ގުޅިގެންނެވެ. އަދި އެމްޑީޕީގެ މެންބަރުން ޕާޓީ ދޫކޮށް އިދިކޮޅާއި ގުޅުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ރާގޮނޑި ރާޖާ

    ހަނދާން ނައްތާލާ ފަހަރި.... އިންޝާﷲ

    34
  2. ހަސަންތަކުރު

    ހާނއޭ! ހާނއޭ. މަޖްލިސް ގެ އެންމެ މެމަބަރެއް ނެތަސް އަދާލަތުގެ ބުއްބު ޝެއިޚަށް ބޮޑު ޓައީ އަޅާގެން ގޮނޑިއެއްގަ ވެޑުވިފަ އިދެވޭނީ މިރައީސް ގެ ވެރިކަމެއްގަ ވިއްޔާ. އެހެން ވެރިކަމެއް އައިސްސި ނަމަ، އިމްރާނުމެން ތިބޭނީ އިބެން ހައްގު ޖަލުގަކަން ޔަގީން ވިއްޔާ! އެހެންވީމަ މިވެރިކަން ދަމަހައްޓަން އިމްރާން މެން ޖާނާމާލުން ގުރުބާންވާނެތާ!

    31
    1
  3. ރާގޮނޑި ރާޖާ

    ތިއިންވެސް އެނގެނީ ފަހަރި އިމުރާނުގެ މުޑުދާރު ނިޔަތް....

    29
  4. އިންމަ

    މެމްބަރެއްނެތަސް ހެޔޮދޯ! ތިއީވެސް ޕާޓީއެއްތަ؟

    32
    1
    • އައްޔަ

      ކޮއްކޯ! އަދާލަތަކީ 4 މީހަކަށް ކިޔާ ނަމެއް! އިލްޔާސް އިމްރާން އިޔާޒް ޒައިދު އެނިމުނީ.

  5. އައްލާގެ އަފީފު

    ހަހަހަހަ. މިގޮލާގެ ވަޒީފާ ގެއްލިދާނެތީ ހާދަވަރެކޭދޯ މިވަނީ.. ހިފަހައްޓާލާ ތިގޮތުގަ. އެކަމަކު ރައްޔިތުން ތިބީ ވަރަށް ހުށިޔާރު ކަންމަތީގަ ކަން ހަނދާނުގަ ބަހައްޓާ.

    33
  6. ޝާ

    ވީމާ އިމްރާނުވެސް މާމުއި މިހިރީ ބޮއެފަތާ..

    29
  7. ކިނބި

    އަދާލަތައް އެކަނިވެސް ވާނެ މިކަން. ވަރިހަމަ މޑޕ ދުވަހަކު ވޯޓުނުދިނަސް

    27
  8. ޙަސްމަތު

    އެހެންނުން ވާނީ މި މުނާފިގު ބައިގަނޑަށް ބޭނުންހާ ގޮތަކަށް ކަންކަން ކުރަން ފުރުސަތު ލިބި މަގާމުތައް ދިފާއު ކުރަން ފުރުސަތު ހޯދަން ޖެހޭނެ އެއްނުން. މި މުނާފިގު ސައިތާނީ ބައިގަނޑުގެ ކިބައިން ގައުމު މިންޖު ކުރައްވާށި

    25
    0
  9. ނަމަ

    އިމްރާން ކިތައްމެ ބޭނުން ވިއަސް ނުވާކަން ކަން ވެސް ހުންނާނެއޭ

    28
    0
  10. ޢަލީ ނަސީރު

    ރަންޒަމާނު ކަރައަށް ވައިއެރި ޒަމާނުގަ ވަރަށް ބޮޑު ޕާޓީއެއް އުފައްދައި ކަރުން ނާރު ނަގައި ގޮވެލިފައްޗެއް ގޮވާ ރޮއްޖަކަށް އަމުނާ އުޅުނުވުވަސް ވަރެއް އައެވެ. އެހެނަށް މިފަހަކުން އައިސް އަދާލަތަކީ އިމްރާނަށްވެ ނިމިއްޖެއެވެ. ވޯޓު މޫސުމީ ޕާޓީއަކަށް ވެ، ކަންނުވެ ނަންވާ ޕާޓީއަކަށްވެ ނިމިއްޖެއެވެ. =ނިމުނީ=

    13
  11. މާރިޔާ ބާރަށް

    އަދާލަތުގެ ތާއީދުވެސް %5 ނުލިބޭނެ. އިމްރާނު އެމްޑީޕީ އަޅާނުގެނޭ އެދުމަކާއި ހުރެ ތިވަރު ތަންކޮޅެއް ބޮޑު.

    14
  12. ޝާން

    ޔަހޫދީ ބައިގަނޑަށް މަގާމު ލިބޭނެ ހަމަ އެކަނި ގޮތަކީ އިބުރޭ ހޮވުން ކަމަށްވާތީ ތެޅި އަރުވަނީ.

    14
  13. ޕޮގުބާ

    ތިމަގާމުގަ ކަލެއަށް ނުހުރެވޭނެ ތީޖާހިލެއް މީ އިސްލާމް ގައުމެއް އަދާލަތު ޕާޓީ އަކީ ސަލާންޖަހާ ބޮޑެތިޕާޓީ ފަހަތުން ދުވާ ޕާޓީއެއް ދިވެހިރާއްޖޭގެ އެއްވެސް ހިސާބެއްގަ އިންތިހާބުކޮއްގެން އަދާލަތަށް ލިބިފައިން ގޮނޑިއެއްނެތް

    11
  14. ލަގން

    މީނަގެ މަގުސަދަކީ އެެމުޑީޕީގެ ދުވަސް ދުއްވާލުން

    11
  15. ބޭބެ

    ބަނޑަޖެހިފަ ތިބި ބަޔަކަށް ކާންލިބޭނީ އޭރުން ދޯ

    12
  16. އަހްމަދު

    ﷲގެހެރަހްމަތާއެކު އަދާލަތުކިތަންމެބޭނުންވިއަސް ކަނޑު ވިއްކައި ގައުމު އަޅުވެތިކުރި ސޯލިހައް ރައްޔިތުންދޭނެ ދެވަނަދައުރެއްނެތް އިންޝާﷲ

    12
  17. ޒާ

    ފަހަރިއަށް ކައިގެން ބޮއިގެން އުޅެވެންއޮތީ މެމްބަރުން ނެތް ޕާޓީގެ ބޮޑުމެޖޯރިޓީ ސޯލިހަށް ވިއްކައިގެން ތިޔަ ވަޒީފާގައި އުމުރު ދުވަހުވެސް ހުރެވޭތޯ ހެދެން އޮތް ދޮގެއްވެސް ހަދާ ރައީސް ޔާމީނުގެ ލޭ ބޮއިގެން.

    10
  18. ފާޒް

    އަދާލަތަށް ލައްކަ ގިނަ މާމުއި ބޯންދީފަހުރިހެން ހީވަނީ..

    11
  19. އަންތަރީސް

    ކަލޯ ތިއަހެދުނީ އަދިކިރިޔާ ތެދެއް ކަލޭގެއަށް ޚާއްސަ ތަންމައްޗެއް މާފުށީގަ އެބަފައްކާވޭ ހިތްވަރުކުރާތި

    12
  20. Anonymous

    އެކަމަކު ތިހެން ޝޭހު ބުނިނަމަވެސް ޔަހޫދީންނާއި ސިއްރު ގުޅުން ބާއްވާ ކެރަފާ އާއިލާޔަށް އިތުރު ފުރުސަތެއް ދިނުމަކީ މިރާއްޖޭގެ ހަލާކު !

  21. ޓުއްޓު

    ހަހަހަ... އިބިލީހުގެ ނުބައިކަމަށްވުރެ ބޮޑަށް އިބިލީހުގެ ނުބައިކަން ޖަހާލާތު ޕާޓީން މި ރާއްޖޭގެ ފަރުތައް ބޭނުންވެޔޭ ބުނިނަމަ ގަބޫލުކުރާ މީހުން ގިނަވީސް.

  22. ސަންސެޓް

    ވަރަށް ބޮޑު ތެދެއް. ރައީސް ސްލޯލިހު ހޮވާކަށް އެމްޑީޕީ އެއް ބޭނުމެއް ނުވޭ. ދިވެހިރައްޔިތުން ވެސް ބޭނުމެއް ނުވޭ. ހަމައެކަނި އަދާލަތުގެ ހައެއްކަ ރީލޯޑު ޝޭކުން ވަގުޗޯރު އިބުރޭ ހޮވަން އުޅެނީ.

  23. ާާާޢަލީ

    އެއީ ކަލޭމެން މަގާމުގަތިބެންވެގެން..
    މަށަށް ދެރައީ އިމްރާނުތިޔޯއްބާރުހުރިކަމަށްދައްކާމީހާ ރައީސްކަމަށް ކިރިމަތިނުލިީމަ ...ލޯނަމަދޯ...ކޮހާރަނގަޅު..އޭރައްތިހުރިވަރެއްވެސް އެނގުނީ.

  24. ކައިދާ

    ޢެކަން އެގޭ ހުރިހާ ދިވެހިންނަށް ވެސް އަދާލަތު ބައިގަޑަށް ސަރުކާރުގެ މަތީ މަގާމް ތަކުގަ ތިބެވޭނީ އޭރުން ވިއްޔަ. ރައްޔިތުން މަޖްލިސްގެ ގޮނޑިއެއް ކާމިޔާބް ނުކުރެވޭ ބައެއް އަނގަފުޅާ ކުރަނީ ދެވަނަ ދައުރޭ ކިޔައިގެން