މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫނަށް ތާއިދު ކުރައްވަނީީ، އޭނާއަކީ އުފަން ދަރިއަކަށްވީތީއެއް ނޫން ކަމަށާއި، އޭނާއަށް ތާއިދު ކުރައްވަނީ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި ގާބިލިއްޔަތު ހުރި މީހެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަދި އެމްއާރްއެމްގެ ރައީސް ފާރިސް ވާދަކުރައްވައެވެ. އޭނާގެ ރަނިންމޭޓަކަށް ހަމަޖައްސާފައިވަނީ ޑރ. އަބްދުއް ސައްތާރު ޔޫސުފްއެވެ.

ރައީސް މައުމޫން ފާރިސްއަށް ތާއިދު ކުރައްވާކަން ހާމަކުރައްވާ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، މިފަހަރު ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމަނިކުފާނު ތާއިދު ކުރައްވަނީ ދަރިކަލުން ފާރިސް މައުމޫނަށް ކަމަށެވެ.

"ފާރިސް މައުމޫނަށް އަޅުގަނޑު ތާއިދު ކުރަނީ، އޭނާއަކީ އަޅުގަނޑުގެ އުފަން ދަރިއަކަށްވީތީއެއް ނޫން، އަޅުގަނޑު ފާރިސަށް ތާއިދު ކުރަނީ، އޭނާ އަޅުގަނޑު ގަބޫލު ކުރާ އުސޫލުތައް ގަބޫލު ކުރާތީ، އަޅުގަނޑު މީގެ ކުރިންވެސް ކުރި ސިޔާސީ މަސައްކަތުގައި އަޅުގަނޑަށް އެހީތެރިވެދީފައިވާތީ".

ރައީސް މައުމޫން ވިދާޅުވީ، ފާރިސްއަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި ގާބިލިއްޔަތު ހުރި ބޭފުޅެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެެ ގޮތުގައި އޭނާ ހުރިއިރު އޭނާ ވަނީ އެކަން ސާބިތުކޮށްދީފައި، އެއީ ގައުމަށް ފާއިދާ ހުރި ކަންކަމުގައި ވާހަކަދައްކާ، އަދި އެކަމުގެ ސަބަބުން އޭނާއަށް ވަނީ އަދަބުތަކާއިވެސް ކުރިމަތިލާން ޖެހިފައި، އެހެން ނަމަވެސް އޭނާގެ ހިވްރަކަށް ބަދަލެއް ނާދޭ، ސާބިތުކަންމަތީގައި ހުރީ".

އެހެންކަމުން އެމަނިކުފާނަށް ޔަގީންވަނީ ކުރިއަށް އޮތްތަނުގައި ރައީސްގެ މަގާމަށް ފާރިސް ހޮވިއްޖެނަމަ، ހުންނާނީ އެފަދަ ސާބިތުކަމާއި ހިތްވަރާއި އެކީގައި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

"ފާރިސް މައުމޫނަކީ އަމިއްލަ ފައިދާއަށްޓަކައި ގައުމު ވިއްކާލާނެ މީހެއް ނޫން، އޭނާއަކީ ދޮގު ހަދާ މަކަރު ހަދާ އޮޅުވާލާނެ މީހެއް ނޫން. އޭނާ ވަނީ އަބަދުވެސް ތެދުވެރިއަކަށް އިހުލާސްތެރިއަކަށް. މިކަން އަޅުގަނޑަށް ހަމަ ޔަގީން".

އެމަނިކުފާނު ވަނީ ސެޕްޓްމްބަރު 9ގައި އޮންނަ ރިޔާސީ އިންތިހާބުގައި ފާރިސްއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. Anonymous

    މީނާގެ އަނގައިން ދުވަހަކުވެސް ތެދު ބަހެއް ބޭރުވާނެބާ؟ މިވަރުގެ ބޮޑު ދޮގެއް މި ޤަރުނުގައި ވެސް މީހަކު ހެދިބާ؟

    28
    4
  2. ލޮލް

    އިސްލާމީ ޝަރީޢަތުގައި ހިފަން ޢުމަރު.
    ޔާމީނު އަތުގައި ހިފަން މުޢިއްޒު.
    މައުމޫނު އަތުގައި ހިފަން ފާރިޝް.
    ގޮތް ނިންމާނީ ރައްޔިތުން.

    21
    4
    • Anonymous

      އަހަރެން ވޯޓުދޭނީ އިސްލާމީ ޝަރީޢަތުގައި ހިފުމަށް ކެންޑިޑޭޓު ނަންބަރު އެކެއް ޢުމަރު ނަސީރަށް.

      11
      12
  3. ނަމަ

    މައުމޫން ވެސް ގުދޯ ގުދޯ ގޮވަންފެށީތާ

    20
    5
  4. ޕޮގުބާ

    ދިއްގަރު ދާއިރާއިން ނޫނެކޭބުނީ ގާބިލްކަމުންދޯ ދާއިރާއިން ނޫނެކޭބުނި މީހަކު ރިޔާސީ އިންތިހާބަށް ނިކުންނަށް ލަދުވެސް ގަންނަންޖެހޭނެ

    23
    2
  5. ޔ

    މައުމޫނަކީ ހަމައެކަނިމިޤައުމަވެރިކަމެއްކުރަންއެނގުނުބޭފުޅަކީ. އަދިވެސްއަޅުގަނޑުބޭނުންވަނީމިޤައުމުގެރައީސަކަށް މައުމޫން.

    15
    14
  6. Anonymous

    މައުމޫނުގެ ނުބައިކަން ދެކިބަލާށެވެ! ފާރިސްއޭ ކިޔައިގެން ދެއްކީ މުޅިން ވެސް ދޮގު ވާހަކަތަކެވެ. މައުމޫނު ފަގީރުކަމުން ގެއެއް ނެތިގެން އެހުންނަނީ ނަސްރީނާގެ ގެއެއް ކުއްޔަށް ހިފައިގެންނެވެ. އެ ގެއަށް ކުލި ދައްކަނީ ދައުލަތުގެ ބައިތުލްމާލުންނެވެ.

    18
    3
  7. އަޙުމަދު

    ހުކުރު ނަމާދު ޖަމާޢަތުގައި ދުވަހަކު ވެސް ނުދެކެން ، އަދި ފަރުޟު ނަމާދު ތަކުގައި ވެސް މިސްކިތުގެ ސަފުތަކުން ނުފެނެއެވެ. ދުވަހަކު ވެސް ދައުލަތުގެ ރަސްމީ އެއްވެސް ވަޒީފާއެއް އަދާނުކުރޭ މަޖިލީހުގެ މެމްބަރު ކަން ފިޔަވައި ، މައްސަލަ އެއްގެ ތުހުމަތުގައި ތަޙުޤީގަށް ބަންދު ކުރުމަކީ ވެރިކަން ކުރުމުގެ ޝަރުތެއް ކަމަށްވާނަމަ އެޝަރުތު ފުރިހަމަ ވީ. އޭނާ އޭރުގެ ސަރުކާރާއި ދެކޮޅަށް ރޭވި ރޭވުންތައް އެހުރީ ތަޙުޤީގު ރިޕޯޓް ލިޔުމުގައި ފެންނަށް އެ ލިޔުން ފެނުނު މީހުންނަށް އެނގޭނެ ޙަގީގަތް، ވީމާ ވިސްނާނީ ރައްޔިތުން.

    20
    5
  8. ހުސޭނުބޭ

    ތިހާ ޤާބިލު މީހުން ކޮންމެވެސް ކަމެއް ކޮށްދީފައި ހުންނާނެ! އަޅެ ދައްކާބަލަ ފާރިޝް ކޮށްދިން ކަމެއް.

    18
    1
  9. ލީލިއާ

    ސިޔާސީ ހާންދާނަކުން ނުވަތަ ސިޔާސީ ފިކުރަކުން ނިކުންނަ ކެނޑިޑޭޓަކަށް ނޫނެކޭ ބުނެވޭނީ. ލައްކަ ފަހަރު ސިޔާސީ މީހުންގެ ދަލުގައި ޖެހިއްޖެ. އަމިއްލަ ސިކުންޑިން ވިސްނާ އެހެން ބައެއްގެ ތައްޕާހަށް ނުވެއްޓި ވެރިކަން ކުރެވޭނެ މީހަކީ އުމަރު ކަމަށް ބަލާފައި އުމަރަށް ހެޔޮފާހަގަ ލާން ނިންމާފިން

    2
    10
  10. ގުއިދަރި

    އާނ އެހެންޏަ..! ދަރިއަކަށް ވާތީއެއް ނޫން. އެކަމަކު މަރުވާންވެސް ތީމުހެއަށް ވަދެވޭތޯ ހަމަ..! ކީކޭ ދެން ބުނާނީ ކާފާބޭ..!

    10
    1
  11. ކަތީބް

    މައުމޫނުގެ ދަރިންތީ ސީދާ ބައިތްމާލުން ހަރަދުކޮއް ކައިބޮއި، ދުނިޔޭގެ އެންމެ އަގުބޮޑެތި ގައުމުތަކުގަ ނާޗަރަންކީ ކުޅެކިޔެވިއެއްޗެއް ކިޔަވާ، ސީދާ ޕުރިންސް ޕުރިންސަސް ހެދިގެންބޮޑުވެ ކުރަންފެށި ވިޔަފާރިއެއް ވިޔަސްކޮއްފަ ހުރީ ވެރިކަމުގަ ބަފާހުރީމަ ލިބުނު ނަހަމަ ބާރުން، އެހެންވީމަ ތީގެ ކޮންމެގޮލައެއް 100އހަރު ހިލޭ ރައްޔިތުންނަށް މަސައްކަތް ކޮއްދިނަސް ހަމަނުވާނެ،

    11
  12. އަހަންމަދު

    ކަލޭ ފާރިޝްއަށް ތާއީދު ކުރާ ސަބަބު އަހަރުމެނަކަށް މުހިންމެއްނޫން.

    10
    1
  13. އަހްމަދު

    އެކަމު ޖާބިރުއެބުނަނީ އޭނައަތުންލާރިނަގައިގެން ރިސްވަތުދިންވާހަކަ ދެންތިވިދާޅުވާތެދުވެރިކަމަކީ ކޮބައިތޯ؟

  14. ބެއްޔާ

    މައުމޫނަށް ދުވާލުގެ އިރު ފެންނަފަދައިން ވަރަށްސާފުކޮށް އެނގޭނެ ފާރިސް ނުހޮވޭނެކަން. ދެން ރައްޔިތުންލައްވާ އެމީހުންގެ ވޯޓްނަގާލަން ތިޔަ މަސައްކަތް ކުރައްވަނީ ހަމަ ގައުމަށް ހެޔޮއެދިގެންތޯ؟ ފާރިސް ކުރިމަތި ލީ ހަމައެކަނިބޭނުމަކީ ދެވަނަ ބުރެއްގައި ކޯލިޝަން ހަދަން ޖެހިއްޖެނަމަ އެބަޔަކާ ބައިވެރިވެ މިނިސްޓަރުކަމެއް ހޯދުމުގެ ބޭނުމުގައި. އެނޫން އެއްވެސް ބޭނުމެއްގައެއްނޫން. ރައްޔިތުންމަޖިލީހަށް ކުރިމަތިލައިގެން ނުހޮވުނު މީހަކު ރައީސް ކަމަށް ކުރިމަތިލާގެން ހޮވޭނެކަމަށް ގަބޫލުކުރާ ބަޔަކީ ސިކުނޑީގެ ބަލިމަޑުކަމެއް ޖެހިފައި ތިބިބައެއްކަން ޔަގީން ކަށަވަރު. މައުމޫންވެސް މިހާރު އެހުރީ ސިކުނޑި ގޮވާފާ.

  15. Anonymous

    ވަރިހަމަ ބޭބެ ތާއީދު ކުރިޔަސް. ދަރިޔަށް ތާއީދުކޮއްގެން ހުރޭ. އަހަރުމެންގެ ވޯޓެއް ނުލިބޭނެ.

    3
    1
  16. އާދަނު

    ދިވެހި ޤަވްމު ނަގާ ކޮޅަށްޖެހުމަށްފަހު އޭގެ މަސްތުގައި ދިވެހި ޤަވްމު އަޑިޔަށް ދުއްވާލުމުގެ މޭސްތިރިޔާ!

    2
    1
  17. އިއްބެ

    ޤާބިލްކަމޭ ތިޔަ ބުނީ ބަޣާވާތްކޮށް 12 މެމްބަރުންގަންނަން ރުފިޔާދަބަސް އުފުލި ވާހަކަތޯ؟

    2
    1
  18. ސަންސެޓް

    ދެން ކާކުގެ ދަރިއެއްބާ؟

  19. ބޯހަލާކު

    ފާރިސް އަށް ތާއީދު ކުރަން އެންމެ އައުލާކަން ބޮޑީ މައުމޫނު، މައުމޫނު ގެ 30އަހަރުގެ ތަޖުރިބާގެ ބޭނުން ހިފަން ޖެހޭ، ގުޑުލަކު ބުރޯ