ކުންފުންޏެއްގެ ޑިރެކްޓަރުންތަކެއްގެ ސޮއި ފޯޖްކޮށް، އެކުންފުނީގެ ޗެކެއް ބޭނުން ކޮށްގެން ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގިކަމަށް ކްރިމިނަލް ކޯޓުގައި އިއުތިރާފުވެ ޅ.ހިންނަވަރު ފުލޫނިޔާގެ އަދީބު އުމަރު ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ޖޫރިމަނާގެ ހުކުމެއް އިއްވައިފިއެވެ. "ވަގުތު" އަށް އެނގިފައިވާ ގޮތުގައި އަދީބު އުމަރަކީ ރައްޔިތުން މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) ގެ ދަނބިދަރިއެކެވެ.
ދޮންބިލަތަކީ ކުރިން ރައީސް މުހައްމަދު ނަޝީދު ފެކްޝަންގައި މަސައްކަތް ކުރި މެންބަރެކެވެ. ނަމަވެސް ފަހުން އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއިއެކުއެވެ.
ދޮންބިލަތްގެ އަންހެން ދަރިފުޅުގެ ފިރިމީހާ ކަމަށްވާ އަދީބު އުމަރުގެ މައްޗަށް ކުށް ސާބިތުވުމުން ކްރިމިނަލް ކޯޓުން އިއްވީ އެއްލައްކަ ނުވަދިހަ އަށްހާސް ރުފިޔާއިން ޖޫރިމަނާއަކާއި ގޭ ބަންދު ކުރުމުގެ ހުކުމެކެވެ.
ދައުލަތުން އޭނާގެ މައްޗަށް ކުރީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް މި ދައުވާ ކޮށްފައިވަނީ ވިސްޓާ އިންވެސްޓްމަންޓް ފްރައިވެޓް ލިމިޓެޑުގެ އެކައުންޓުން، އެ ކުންފުނީގެ ހިއްސާދާރުންގެ ސޮއި ފޯޖުކޮށްގެން ޗެކުތަކެއް މެދުވެރިކޮށް އެއްލައްކަ ދިހަހާސް ތިންސަތޭކަ ރުފިޔާ ނެގުމާއި ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ ވިސްޓާ ކުންފުނިން ސިލޯނު ބޭންކުގައި ހުޅުވާފައިވާ އެކައުންޓްގެ ޗެކުތަކެއްގައި ލިޔެ ސޮއި ފޯޖުކޮށްގެން އަދީބު އުމަރު ފައިސާ ނެގުމަށް މަސައްކަތްކޮށް، ފައިސާ ނަގާފައިވާކަން ސާބިތުވެފައިވާތީ މަކަރާއި ހީލަތް ހެދުމުގެ ކުށުން ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. ޤާނޫނުގައިވާ ގޮތުން މިފަދަ ކުށެއްގެ އަދަބަކީ ދެ އަހަރާއި 9 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ކޯޓުގައި އަދީބު އުމަރުގެ ފަރާތުން ބުނެފައިވަނީ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް އެދޭ ކަމަށާއި ވަޒީފާގައި އުޅޭ ލިޔުން ހުށަހަޅާފައިވާނެ ކަމަށެވެ. ލިޔުމުން ޖޫރިމަނާގެ ފައިސާ ދެއްކުމުގެ ޤާބިލުކަން ހުރިކަން އެނގޭކަމަށާއި އަދި މި މައްސަލައަކީ ގިނަ ދުވަސްވެފައިވާ މައްސަލައެއްކަމުން އެ ކަމަށް ރިޔާއަތްކޮށް އަދަބު ކަނޑައަޅައިދިނުމަށް ވެސް ވަނީ އެދިފައެވެ.
ކްރިމިނަލް ކޯޓުން ވަނީ ޤާނޫނުގެ 1202 ވަނަ މާއްދާއާ ހަވާލީ އެ ޤާނޫނުގެ 1005 ވަނަ މާއްދާގެ ހ ގެ ދަށުން އަދީބު އުމަރުގެ އަދަބު ލުއިކޮށްދީފައެވެ. އެގޮތުން އަދީބު އުމަރު އެއްމަހާއި ހަ ދުވަހުގެ މުއްދަތަކަށް ގޭ ބަންދަށް ބަދަލުކުރުމާއެކު އެއްލައްކަ ނުވަދިހަ އަށްހާސް ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އެ ފައިސާ 9 އޮގަސްޓުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވެސް އޭނާގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ދޮންބިލަތްގެ ދަނބިދަރި ސޮއި ފޯޖްކޮށް ޗެކްތަކަކުން ފައިސާ ނެގުމުން ވެސް އައީ ޖޫރިމަނާގެ ހުކުމެއް އިއްވިއިރު ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކަށް ޝަރުއީ ދާއިރާގެ ތެރެއިން ވެސް ލުއިތައް ލިބެމުން އަންނަ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔައެވެ.
ތިޔަކު ނެތް ބުނާނެ ބަހެއް ޑުރަގު ޑީލަރުން މަހުޖަނުން ސިޔާސީ މީހުން މިމީހުންނަކައް ކުށެއް ނުކުރެވޭނެ
އަދީބުން އެއީ ވަގުންނަށް ކިޔާ އަބުއި ނަންތޯ މިހާހިސާބުން ޒުވާން ޖީލު އެބަ ސުވާާލުއުފައްދާ
ޖޫރިމަނާވެސް މާފުކޮއްލާ.
އުނހު! ބަދަލުގެ ގޮތުގައި ބައިތުލްމާލުން ދިހަބާރަ މިލިއަން ރުފިޔާ ދީ!
އަދީބު ކިޔައިފިއްޔާ މިވަނީ ހަމަ ފަސްމާމުލު ވަގަކަށްތަ؟ ލޮލް
މިއީ އިބޫގެ އިންސާފު
ތިޔަ ފީ ބިލެތް ތިޔައީ ލަދެއް ހަޔާތެއް ނެތް ޖަނަވާރަކާ އެއް ފެންވަރެއްގެ މީހެއް. ތީނާގެ ދަނބިދަރިންވެސް ދަރިންވެސް އެއީ ހަމަ ތީނާ ކަހަލަ މީހުން.
ކީއްކުރަންތޯ ޖޫރިމަނާ ވެސްކުރީ މިކަމައް ހިއްވަރު ދިނުމުގެ އިނާމުދީފަ ދޫކޮއްލިނަމަ މާރަންގަޅުވިސް ހެންހީވަނީ. މިއޮތީވާ ގައުމެއް
ދޮންބިލެއް ނަގޫފިތުނީ މިހެންވެތާ؟
ހީވަނީ އަދީބު ތި ކިޔެނީ ރަނގަޅަށް ނޫންހެއް. ރަނގަޅު ގޮތަކަށްވާނީ އަ ޖީބު. އޭރުން އަމިއްލަ ޖީބަށް ފައިސާތައް އަޅާނީ.
މިގައުމުގަ ސިޔާސީ މީހާގެ މައްޗަށް ޤާނޫނު ނުހިނގާ