ޝަރުއީ ކޯޓުތަކަށް ސަރުކާރުގެ ނުފޫޒު އޮތް މިންވަރާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ އިބްރާހިމް އިސްމާއިލް (އިބުރާ) އެމްޑީޕީން އިސްތިއުފާ ދެއްވައިފިއެވެ.
އިބުރާ، އޭނާގެ ކޮއްކޮ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ އެމްޑީޕީ އާއި 2018 ވަނަ އަހަރު ވެރިކަން ހަވާލުކޮށް އަދި ޖެހިގެން އައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގާނޫނު އަސާސީ އިސްލާހު ކުރެވޭވަރަށް ގޮނޑިތައް ރައްޔިތުން ދިނީ އަދުލްއިންސާފަށް ހުރި ހުރަސްތައް ނައްތާލައި، ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދޭނެ ސަރުކާރެއް ގާއިމުކުރުމަށް ކަމަށެވެ.
ނަމަވެސް ފާއިތުވެގެން މިދިޔަ ފަސް އަހަރު ފެނިގެން ދިޔައީ އެކަންކަން އިހުނަށްވުރެ ގޯސްވެގެން ދިޔަތަން ކަމަށް އިބުރާ ވިދާޅުވިއެވެ. "މިއަދު ސިވިލް ކޯޓަކީ ބަންޑާރަނައިބު އޮފީހުގެ ސެކްޝަނަކަށް ޕާޓީން ބަދަލުކޮށްފިއެވެ. މިއަދު ހައިކޯޓު ހިނގަމުން ދަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް ސެކްޝަންގެ ބެލުމުގެ ދަށުންނެވެ. ދައުލަތުގެ ވަޒީރުން ތަކުރާރުކޮށް ރައްޔިތުންގެ ހައްގުތައް ހިފަހައްޓަމުން ދާއިރު އެކަންކަން ދިފާއު ކުރައްވަނީ ބަންޑާރަނައިބެވެ. ޝަރުއީ ނިޒާމުގެ ތެރޭގައި ރައްޔިތުންގެ ހައްގުތައް ތާށިކޮށް ޖެއްސުންކުރުމުގެ އަމަލުތައް ހިންގަމުން ގެންދަނީ ދައުލަތުގެ ވަކީލުންނެވެ.
އިބުރާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރު މިއަދު ހިނގަމުން ދަނީ އެގޮތްކަކާއި އެބޭފުޅުން ދެކޮޅު ހަދައި ޖިސްމު ގުރުބާންކުރާން ނުކުތް ގޮތްތަކަށެވެ. އެމްޑީޕީގެ ސަރުކާރު މިއަދު ހިންގަނީ ދައުލަތުގެ މުދަލާއި ފައިސާއަކީ ރައީސުލްޖުމްހޫރިއްޔާގެ ވެރިކަން ދެމެހެއްޓުމަށް ހޭދަކުރާން ހުރި އެއްޗެހިކަމުގައި ދެކިގެން ހުޝާމަދު ކުރާ މުނާފިގުންނަށް ކަންކަން ފަހިކުރުމާއި ހެޔޮނިޔަތުގައި ކަމެއް ރަނގަޅުކުރާން ބަސް ބުނާ މީހުންގެ މައްޗަށް އަނިޔާވެރިވެގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިބުރާ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއްގައި އޭނާ ބައިވެރިވީ އަމިއްލަ ޒާތީ ކަންތައްތަކެއް ފުއްދާކަށް ނޫނެވެ. އޭނާ ޕާޓީއެއްގައި ބައިވެރިވީ ހަމަތަކަކާއި އުސޫލުތަކެއް ގައުމުގައި ހިންގުމަށް ބަސްބުނެ މަގުފަހި ކުރުމަށް ކަމުގައި އިބުރާ ވިދާޅުވިއެވެ.
އަމިއްލަ ނަފްސު ގަބޫލު ނުކުރާ އުސޫލުތަކެއް ހިންގާ ބަސްނުވިކޭ، އަގުވަޒަން ނުކުރެވޭ ތަނެއްގައި އަނިޔާވެރިކަމަށް ނަސްރުދޭން ހުރުމަކީ ޟަމީރަށް އުނދަގޫވާ ކަމެއް ކަމަށާއި މިއަދު އެމްޑީޕީން ކަންކުރަމުން ގެންދަވާ ގޮތާއި ދެކޮޅަށް ކުރެވެން އޮތް ކަމަކީ އެކަންކަމާއި ބައިވެރި ނުވުން ކަމަށް އިބުރާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މުނި ދަރީން މިކަންކަމާއި އަޑުއުފުލާއިރު އަޅުގަނޑަކީ ތިޔަ ހިޔާނާތުގައި ބައިވެރިވި މީހެއް ނޫންކަން ފަތްފުށްތަކުގައި ލިޔެފައި." ބާއްވަން ބޭނުންވާ ކަމަށް އިބުރާ ވިދާޅުވިއެވެ.
ކަލޯވެސް ދޭ ޤާސިމް ކައިރިއަށް
ހަމަ ހެޔޮކޮޢް ތިވިދާޅުވީ
ވަރަށް ރަގަޅު ނިންމުމެއް . ވިސްނޭ ބޭފުޅެއް.
ދެން މާރަނގަޅުވެގެން ސުޓަންޓެއް ޖައްސަން އުޅޭނެކަމެއްނެތް. ތިއީ މީހުންގެ ފޯކަސް ގެއްލުވާލަން ކުރިކަމެއް.
އިބްރާހިމް އިސްމާއީލް ނުދާނެ ބުރުމާކާރިޔަށް ޔަގީން. ގޮސްފިއްޔާ މި ދައްކާފަ ހުރިވާހަކަ ތާކުތާކު ނުޖެހޭނެ.
އިންތިހާބަށް މަހަކަށް ވީމާ އިސްތިއުފާ ދިނީ. ކީއްވެކުރިން ނުދިނީ
ފަހުން އަންނާނެ ދުވަހެއްއޮތްކަން ހަދުމްފުޅު ކުރެއްވީތީ ﷲތިބާއަށް ހެޔޮރަހުމަށް ލައްވާށިއެވެ.އާމީން.
ރައީސް ޔާމީންގެ ކެނޑިޑެންސީއަށް ހުރަސްއެޅުމަށް ކުރަހާފައޮތް ޗާޓުންވެސް އިބުރާ އެބުނާއެތި ހާމަވޭ!
ތިނިންމެވި ނިންމެވުން ރަގަޅު އެކަމަގު ތިއީ ސިޔާސީ ކުޅި އެއްކަމަށް ވަންޏާ ތިގޯސް
ދައުރުގެ މިހާހިސާބަށް އާދެވުނީމާ އިބުރާ ތިޔަހެން ތިޔައެތިވަރުތައް އަމުނާލާފަ ޕާޓީން ވަކިވެގެން ނައްޓާލިއަސް، މުނި ދަރީން ބުނާނެ މުނިކާފަޔަކީ ވާ ހާދަހާ ޚަސީލަތް ނުބައިމީހެކޭ. ސޯލިހުގެ ސަރުކާރުން ނެގެން އޮތްހާ ބައިވަރެއް ބޯކޮށް ނަގައިގެން އެންމެ ފަހު ވަގުތު ނައްޓާލީ އެއްވެސް ލަދެއް ހަޔާތެއްގެ ކަންފުޅެއްވެސް ނެތަތީމަތާއެވެ. އިބްުރާގެ ތިޔަހަރަ ނުބައި ނުލަފާ ކަމާއެވެ! ތިޔަ ބުނާ މުނިދަރީން އިބުރާގެ ނަން ވެސް ގަންނަން ލަދުގަންނާނެތޯއްޗެއް!
ރަނގަޅީވެސް ޕާޓީއާދުރަށްގޮސް ގައުމުންވެސް ދުރަށްދިޔައިއްޔާ!!
ޔާމީނުގެރަނިންމޭޓަކަށް ކުފޫހަމަވޭ
ބޭނުންހިފޭވެސް ބޭފުޅެއްނޫން
ތިބަހެއް ތިބުނީ ސަރުކާރުނިމި އަލުން ސާލިހު ނާންނާނެކަން ޔަގީންވީމަ!!! ތިބަސް މީގެ 3 އަހަރުކުރިން ނުބުނެވެންވީ އެއްވެސް ސަބަބެއްނެތް! ތީހަމަ އަނދަން ފަނާދަރާ އަލިފާނާ ހޯދާދީފަ އެހެންބަޔަކު ލައްވާ ހުޅުޖަހާފަ. އަނދާހުލިވީމަ ތިކަހަލަ ކަންތައް ކޮއްގ ެ
ތިބަހެއް ތިބުނީ ސަރުކާރުނިމި އަލުން ސާލިހު ނާންނާނެކަން ޔަގީންވީމަ!!! ތިބަސް މީގެ 3 އަހަރުކުރިން ނުބުނެވެންވީ އެއްވެސް ސަބަބެއްނެތް! ތީހަމަ އަނދަން ފަނާދަރާ އަލިފާނާ ހޯދާދީފަ އެހެންބަޔަކު ލައްވާ ހުޅުޖަހާފަ. އަނދާހުލިވީމަ ތިކަހަލަ ކަންތައް ކޮއްގެން ނުވާނޭކިޔުން .! ެ
ނުބައި ވަގުތެއްގަ ނުބައި ނިންމުމެއް. ނުބައި ނިޔަތެއް ނެތިއްޔާ ކިތަންމެހާވެސް ރަގަޅު. އިބުރާއަކަށް އިތުބާރު ނުކުރެވޭނެ.
ލާދީނީ މީހުން ދާނީ ލާދީނީ މީހުން ކައިރިއަކަށްނުން
އިބުރާއަށް މއަދުވިސްނުނީބާ ނުވަތަ ދެން އެމްޑީޕީ ނުހޮވޭނެކަން ޔަގީންވީމަ، އިބޫ އިބްރާއަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާތައް އަތުލާ ޖަލަށްލާފާނެތީ ބިރުގަތީބާވައެވެ. މިހެން މިބުނަނީ މިހުރިހައިކަމެއް ހިގާތާ އެތައްދުވަހެއްވީއިރުވެސް ސަރުކާރަށް ސަނާކިއުންނޫންކަމެއް މީގެ ކުރިން ކޮށްފައެއްނުވެއެވެ. މީހުންގެ ހިތްތައް ދެނެވޮޑިގެންވަނީ ﷲ އަށެވެ.
އަދި މާ އަވަހެއްނު؟
މިވެރިކަންއުފަންވީވެސް ތިބުނާބިންގަލެއްގެމަތީ މިއީވަރައްކުޑއާބާދީއެއް ހެނދުނުހޭލާ ޗާންދަނީ މަގު މަޖީދީމަގައްނިކުމެ ހިނގާލީމަފެއްނާނެ ހުރިހާކުލަވަރެއް އެޢީސޫލެއްވިއަސް އިތުރައް .ސާފުކުރަން ޔޫޓިބުބޭނުންކޮއްލުމުންފެއްނާނެ 2018 ކެމްފެއިން .ތަކުގައުޅުއްވިބޭފުޅުން 24ގަޑިއިރުތެރޭބޯވައެއްހެންކުލައެއްބަދަލެއް ނުކުރެވޭނެ
ލިވާޠު ކުރީމަ ވެސް ބުނީ އެހެން މީހަކަށް އުނދަގުވާ ކަމެއް ނޫނޭ އޭ. . މީހަކަށް އުނދަގޫތޯ ގެއްލުން ތޯ ބަލާކަށް ނުޖެހެއޭ ﷲ ޙަރާމް ކުރައްވާފައިވާ ކަމެކޭ އެކަމަކީ ގަދަފަދަވެގެންވާ ޢަޒާބަށް ބިރުވެތި ކަމެއް ވެސް ނުވާތީނު އެކަހަލަ ވާހަކަ ދައްކާނީ. ރަށެއްގެ މައްޗަށް އޮތްފުއް ބަންޑުންޖައްސަވާ ޠޫލްގެފާނު ޤައުމަށް ވީގޮތް ނުދެނެ ހުރިބާ.
ލިބުން އުފަލެއްގެ ބޮޑުކަމާއި އަވަހައް ދަނޑިމޯއަށް ޖޮއިންކޮއްލައްވާ
އެމްޑީޕީ އަށް ލިބުނު ކުރިއެރުމެއްތީ
މި ނޫނިއްޔާ އަތުން ފައިން އެއްވެސް ކަމެއް ނުކޮށް ދައުލަތުން މިލިޔަނުން މިލިޔަނުން ލާރި ނަގާ މީހަކު ނުހުންނާނެ. ދުނިޔެ މަކަރާ ޖަހައިގެން ކާން ދަސްކޮށްފައި ހުރި އިންސާނެއް.
ބަދަލުގެ ގޮތުގަ ކާންބޭނުންވާ ވަރަކަށް ކައިފަ އިސްތިއުފާ ، މީ މި ލާދީނީ ހިބަރުންގެ އަސްލު ސިފައަކީ
ގާސިމް ކައިރިއަށް ދަނީބާ ބާކީވާ ލީޑަރުން ދާންއޮތް ޕާޓީ އަކީ ގާސިމް ޕާޓީ އޭރުން ރިސޯޓްގަވެސް ހިލޭ ޗުއްޓީ ކޮށްލެވޭނެ އާއިލާގޮވައިގެންވެސް އަވަހަށް ގާސިމާ ބައްދަލުކުރޭ
އިބުރާ ބެސްޓު
އިބްރާގެ ވާހަކަ ހަމަ ރަނގަޅު. ޔާމީނަށްވެސް އަދުލުއިންސާފެއް ނުލިބުނީ. ޔާމީންގެ ކަންތައްގަނޑުންވެސް މުޅިންވެސް ކުޑަ ކުއްޖަކަށް ވެސްއެނގޭނެ. ޒާތީކަމެއްކަނަް. ކައިރީގައި ތިބި އެކްޓިވިސްޓުން ރުހޭގޮތަށް ޝަރީޢަތް ނިންމަމުން ދިޔަތަން ފެނުނީ.ޔާމީންއަކީ ދިވެހިރައްޔިތުންނަށް އެތަކެއް ހެވާ ލާބަ ހޯދަ ދީފަހުރި ވެރިއެއް. ކުށެއްކުރިއްޔާ އަދަބުވެސް ލިބެންޖެހޭނެ. އެކަމަކު އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް އެމަނިކްފާނާ މެދު ހިންގާތަން ފެންނަނީ. ދިވެހިރާއްޖެއަށް އިންސާނީޙައްގޭ ކިޔާފަ އައިމީހުން އެމަނިކްފާނަށް ޖިސްމާނީ ގޮތުން ޖަލުގައި ބާއްވައިގެން ބަލިކަށިކޮށްލަން އުޅެނީ. އަޅުގަނޑުމެން އިބޫ ދެކެ އެއްމެ ނަފްރަތު ވާކަމަކީ އެއީ.