ކުރީގެ އެމްއީއެސް ހިންގި އިމާރާތް މިހާރު ބޭނުން ކުރަމުންދާ އިއިއްޒުންދީން ސްކޫލަށް އެތަން ބޭނުން ނުކުރެވޭގޮތަށް އަމުރެއް ނެރެދިނުމަށް މަންދު ކޮލެޖު ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޑެޓުން އެދުނު ނަމަވެސް، އަމުރެއް ނެރެދެވެން ނެތްކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

މަންދުކޮލެޖް ހިންގަމުންދާ އިމާރާތް އެޑިޔުކޭޝަން މިނިސްޓްރީގެ ދަށަށް ގެންދިއުމަށްފަހު އެތަން ބަންދުކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އެހެންވެ، އެއްބަސްވުން ބާތިލުކޮށް މަންދު ކޮލެޖްގެ އަތުން އެމްއީއެސް ހިންގި އިމާރާތް އަތުލުމުން ލިބުނު ގެެއްލުމުގެ ބަދަލުގައި 15 މިލިޔަން ރުފިޔާ އެ ކޮލެޖު ހިންގާ މާލޭހައި ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށް ވަނީ ހުކުމްވެސް ކޮށްފައެވެ. އެހުކުމާއި އެއްގޮތައް ސަރުކާރުން ވަނީ ފައިސާ ދައްކާފައެވެ.

މި މައްސަލައިގައި ހައިކޯޓުގައި އެކުންފުނީގެ ފަރާތުން އެދިފައިވަނީ އެ މައްސަލައިގާ އެ އިމާރާތް އަނބުރާ މަންދު ކޮލެޖާ ހަވާލުކުރުމާމެދު ނިހާއީ ހުކުމެއް ނިންމަންދެން އެ އިމާރާތުގެ އެއްވެސް ބޭނުމެއް ނުކުރަން ދައުލަތުގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.

އިއްޒުއްދީން ސްކޫލް - ފޮޓޯ: އަވަސް
އިއްޒުއްދީން ސްކޫލް - ފޮޓޯ: އަވަސް

އެއިމާރާތް އަލުން ހޯދުމަށާއި، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓުގައި މިދިޔަ ފެބުރުއަރީ މަހު މާލެ ހައި ކުންފުނިން ވަނި އެދިފައެވެ. އަދި އެތަން މާލެ ހައި ކުންފުންޏާއި ހަވާލު ކުރުމަށްވެސް ވަނީ އެދިފައެވެ. ނަމަވެސް އޭރުވެސް ސިވިލް ކޯޓުންވެސް ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށެވެ.

އެމްއީއެސްގެ ކުރީގެ އިމާރާތުގައި ޢިއްޒުއްދީން ސްކޫލު ހިންގަން ފެށީ 2019 ވަނަ އަހަރުއެވެ.

ސިވިލް ކޯޓުން އަމުރެއް ނެރެދެވެން ނެތްކަމަށް ނިންމުމުން މާލެ ހައި ކުންފުނިން ވަނީ މިމައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ. އެކަމަކު ހައިކޯޓުން މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ އިމާރާތް މިހާރު ބޭނުން ކުރަމުންދާ އިއްޒުއްދީން ސްކޫލަށް އެތަން ބޭނުން ނުކުރެވޭގޮތަށް އަމުރެއް ނެރެދެވެން ނެތްކަމަށެވެ.

އެފަދަ އަމުރެއް ނެރެފިނަމަ އެތަން ބޭނުން ކުރަމުންދާ ދަރިވަރުންނާއި ބެލެވެރިންނަށް އެތައް ގެއްލުމަކާއި ކުރިމަތިވާނެކަމަށް ވެސް ހައިކޯޓުން މި މައްސަލައިގާ ނެރުނު އަމުރުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަރީ

    15 މިލިއަން ލިބުނީމަ ވެސް އަދި ތަން ވެސް ދޭންވީތަ އިބުރާއަށް. އެ 15 މިލިއަނަކީ ވެސް ދޭން ޖެހޭ އެއްޗެއް ނޫން. މިސަރުކާރު އައި ގޮތަށް ބައިވެރިންނަށް ބެހި ލާރި އެއީ

    26
    • Anonymous

      އެއީ އެކަމަށް ދިން އަގެއް ނުން. އެއީ އެހެން ބަޔަކަށް ކޮށްދިން މަސައްކަތެއްގެ އަގު. އެ އަގު ދީފައި އެއޮތީ ނުސީދާކޮށް ދިވެހި ސަރުކާރުގެ ބައިތުލްމާލުން. ނުފޫޒު ގަދަ ފަރާތްތަކުން މިދުނިޔޭގައި ކަންކުރަނީ އެގޮތަށް.

  2. އަބުދުﷲ

    މީނަޔަކީ ދިވެހިގައުމުގެ ދުޝްމަނެއް.

  3. ބިންގޯ

    އިބުރާ ކަލޭ ގެ މަންދު ކޮލެޖު ހިންގަން މުޅި މާލެ ހޯދަން ދައުވާ ކޮއްބަލަ.