ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޝަރީފްގެ ނަން މަޖިލީހަށް މިހާރު ފޮނުއްވާފައިވާކަން ވަނީ "ވަގުތަށް" ކަށަވަރުވެފައެވެ.

ޝަރީފް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރަން ރައީސް އޭނާގެ ނަން މަޖިލީހަށް ފޮނުއްވާފައި ވާއިރު މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި ޝަރީފްގެ ނަން ދިރާސާ ކުރުމަށް ކޮމެޓީ އަށް ފޮނުވަން ވަނީ ތާވަލް ކޮށްފައެވެ.

މަޖިލީހުގެ އިދާރާ އިން އާންމު ކުރައްވާފައިވާ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ބުނެފައި ވަނީ މާދަމާގެ ޖަލްސާގައި އޮންނާނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ޢާންމުކޮށް އިޢުލާނުކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލައެވެ.

މާދަމާ ވެސް މަޖިލީހުގެ ޖަލްސާ ފަށާނީ ހެނދުނު 09:00 ގައެވެ.

އިލެކްޝަންސް ކޮމިޝަނަށް ޝަރީފު އައްޔަން ކުރައްވަނީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި އަހުމަދު ސުލެއިމާން މިދިޔަ މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޝަރީފް ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު 26 ވަނަ ދުވަހު އެމަގާމުގައި އޭރު ހުންނެވި އަހްމަދު ނިމާލް މަގާމުން ދުރުކުރެއްވުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ކަލާމް

  މާކުރިން ދުރާލާ ރޭވިގެން އިންތިޚާބުގައި މަކަރު ހެދުމަށް ހިންގާކަންތައް ގަޑެއްމީ

  • މާރިޔާ

   އިލެކްސަންގެ ރައީސްއަށް މަރުހަބާ ތީ އޯ ވިނިން ފޯމިއުލާއަކީ އިގިދާނެތާ

  • ކެންދޫ ކަލޯ

   ހަޖަމްކޮއްލާ!

 2. ފިރުޓޭ

  ނޫނޭ ވާ ކުޅަދާނަ އިނގޭ!

 3. ދިސްއިޒް

  އައިޓީބީ ފެއާއަށް ދާން އުޅުނު ބައެއް ދިވެހިންނަށް ޖަރުމަނު ވިސާއެއް ނުދިން ނަމަ ވެސް އެއިން ކެއްކޭނެ މާ ބޮޑު ޑޮންޑޮނެއް ނުހުންނާނެއޭ ޖަރުމަނު ގެސްޓަކު ބާލީ އަށް ނުވަތަ ލަންކާގެ ހިރަފުސް މަގު ތަކުގެ ތެރޭން އެގައުމަށް ދިޔަ ނަމަވެސް ރާއްޖޭގައި މިއޮންނަ ފަދަ ބިއުޓިފުލް ކްރިސްޓަލް ކްލިއަރ ލެގޫން އަދި އޮފްވައިޓް ސޮފްޓް ސޭންޑީ ބީޗެއް ނުފެންނާނެއޭ ދުނިޔޭގެ އެހެން އެއްވެސް ތާކުން ޖަރުމަނުގެ އައިޓީބީ ފެއަރ އަށް ދާން ވިސާ ނުދިނަސް އެއިން ކެއްކޭނެ މާ ބޮޑު ޑޮންޑޮނެއް ނުހުންނާނެއެ. އޯއް ކާންޓް ޔޫ ސީ އަވަރ ކަންޓްރީ އިޒް ސޯ ޔުނީކް އެން އިޓްސް ސޯ ނެޗުރަލް އަ ސިމްޕްލް އިކްއޭޝަން ނޯ ކޮމްޕްލިކޭޝަން...

  • ރާޒުވާ

   ވެރިމީހާ ދިނީމަކައިގެން ބޮއެގެން އަނދެގެން ހުރެ އެމަނިކުފާނަށް މަދަހަ ސަނާ ކިޔަންވީމަ ކަލެއަށްވުރެ އެމަނިކުފާނަށް މަލާމަތްކުރާ މީހަކު މަނުދެކެން. ރާޒުވާ ކުޅެ ބަހައްޓާ

 4. ކެރެޓް

  ވަރަށް ރަގަޅު ނިންމުމެއް ޝަރީފަކީ ރަގަޅު ބޭފުޅެއް

 5. ައ ދ

  ތީ އެމުޑީޕީ މީހެއް

 6. ރައީސުމީހާ

  ސާބަހޭ ޔާމީން ރައީސް! ގަދަބާރުން ވިޔަސް މަނިކުފާނު ދެވަނަ ދައުރަކަށް ހޮވިގެން ދިއުމަކީ އަޅުގަނޑުމެން ކުރާ އުންމީދެއް. ޕީޕީގެ ފަހުލަވާނުން ގައުމުގަ ދިގު ރުކެއް ހުއްޓަސް ދުރުމި ދީފައަރުވާ ބަހައްޓާ. މަނިކުފާނު ވައްކަން ވެސް ކުރައްވަނީ ދަގަނޑުރަނުންގިރިޓީ ކުރައްވައިގެން.

 7. ފެނޭދޯ

  ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ މަމެންގެ ވެެރިކަމުގައި ލާރޖް ކޮށް މުޅި ދުނިޔެއިން އެއްވަނަ އެހޯދަނީ އެއީ ރާއްޖޭގެ ދަރިވަރުންނޭ ތަމެން އެމްޑީޕީން ކުރި ވެރިކަމުގައި ޓީޗަރުން ގެ މުސާރަ ބޮޑު ނުކޮށްގެން ރައީސް އޮފީހަށް އެފަކީރުން ދިއުމުން ތަމެން ނޫންތޭ ނިކުމެ އެމެންނަށް ބަވާ އަޅާލީ އެއީ އެއިރު ދައުލަތުގެ ބަޖެޓަކީ އެއީ ތަމެންގެ މައިން ބަފައިންގެ ތަރިކަ މުދާތޭ އޭން ބުނެބަލަ ތަމެން ރާއްޖޭގެ ޓީޗަރުންނާއި ރޫޑް ކޮށް ވާހަކަ ދެއްކީ. ހުންނާނެ ތަމެންނަށް ރާކަނި މަސްކެވިފައި ދެން ތަމެންނަށް ތަމެން އުމުރުގައި ވެސް ރައީސް އޮފީހަށް ނުވަދެވޭނެ ވަރުގެ ވަރުގަދަ އެސްފީނާ އެކޭ ތަމެންނަށް ޖެހިފައި ތިޔާ ހުރީއޭ މަމެން ބުނަން ނެތީމު ދޯ.

 8. ދިސްއިޒް

  އޭލެވެލްގެ އެންމެ މޮޅު ތިން ދަރިވަރުންނާ ރައީސް ބައްދަލުކުރައްވައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. އަދި މިފަހަރު އޯލެވެލް އިން އެންމެ މޮޅު ވަނަ ހޯދީ ތިން އަންހެން ކުދިން ކަމަށްވާތީވެ އަންހެން ކުދިންގެ ސްޓައިލް އާއި އެމެންގެ އަގާއި އަދި އެމެންގެ އިމޭޖް ހިފެހެއްޓޭނެ އުސޫލުން އެމެން ކެރިއަރ ޗޫސް ކުރާ ނަމަ މަމެން ވެސް ކުޑަ ގައިޑް ލައިނެއް ދީފާނަމޭ ތިކުދިންނަށް. އެއްގޮތަކަށް ވެސް ތިޔާ ތިން ކުދިން ޕޮލިޓިކަލް ސައެންސާއި ގާތް ނުވާތި ސަބަބަކީ އެ ހަދައިފިނަމަ ސަރުކާރުގެ ވަޒީފާ ގަނޑެއް ނޫނީ އަދާ ނުކުރެވޭނެއޭ ޕްރައިވެޓް ސެކްޓަރ ގައި ނުހުންނާނެ އޭ ޕޮލިޓިކަލް ސައެންްސް ބޭނުންވާ ވިޔަފާރި އެއް. އަދި އެއީ ވަރަށް ޑާރޓީ ގޭމް ޖައްސާ މަކަރާއި ހީލަތް ހެދުމުގެ ބައި އިދިކޮޅު ކްރިޓިކްސް އިން ގެންގުޅޭ ދާއިރާ އެކޭ. ޗާރޓަރޑް އެކައުންޓެންޓް އަކަށް ވެއްޖެނަމަ އެއީ ދެން ގޭގައި ލެޕް ޓޮޕް އަދި އިންޓަރނެޓް ކަނެކްޝަން އެއް ހުރުމުން ފައިސާ އޮހޭނެ ނޫންތޭ. އިޓްސް އަ ސިމްޕްލް އީކްއޭޝަން ނޯ ކޮމްޕްލިކޭޝަން.

 9. ތިމަންނަ

  ބުނާ ބަސް އަހާ ކުދިންނަށް ރަގަޅު ގޮތްގޮތް ވާނެ

 10. ސައިކޯ

  ތިމަރަފުށީ މީހުން ތިކަހަަލަ ކަންކަމށް ވަރަށް މޮޅުވާނެ އައި މީން މަކަރު ހަދަން