މާލެ އިން އުތުރުގައި އެމްޓީސީސީގެ "އާރްޓީއެލް" ބަހުގެ ހިދުމަތް ދޭ ފުރަތަމަ ރަށަކަށް ހއ.ދިއްދޫ ވެއްޖެއެވެ.
މިއަދު ހެނދުނު އެމްޓީސީސީ އިން ދެ މިނީ ބަސް އެރަށަށް އަރުވައި ޓެސްޓު ބުރެއް ޖަހާފައިވާއިރު ދާދި އަވަހަށް ރަސްމީކޮށް ބަހުގެ ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިވަގުތު އެމްޓީސީސީ އިން ބަހުގެ ހިދުމަތް ދެމުން އަންނަނީ މާލެ, އައްޑޫ އަދި ފުވައްމުލަކު ސިޓީގައި އެކަނި ކަމުގައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސާލިހް މިއަހަރު ދިއްދޫ އަށް ކުރެއްވި ޒިޔާރަތެއްގައި ވަނީ އެރަށުގައި ބަހުގެ ހިދުމަތް ފައްޓަވަން ވައުދުވެ ވަޑައިގެންފައެވެ.
މިކަމާއި ގުޅިގެން ދިއްދޫ ދާއިރާގެ މެމްބަރު ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ބަހުގެ މި ހިދުމަތާއި އެކު ދިއްދޫގެ ރައްޔިތުންނާއި ހާއްސަކޮށް ސްކޫލް ދަރިވަރުންނަށް ބޮޑުތަނުން ފަސޭހަވެގެންދާނެ ކަމަށެވެ.
"މި ބަހުގެ ހިދުމަތާއި އެކު ދިއްދޫގެ ރައްޔިތުންނާއި ހާއްސަކޮށް ސްކޫލުގެ ދަރިވަރުންނަށް ބޮޑުތަނުން ލުއިފަސޭހަ ވެގެންދާނެ. ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅުވާލުމަކީ އެމްޑީޕީގެ ތަސައްވުރެއް, ރައީސް ސާލިހްގެ ސަރުކާރުން ކުރިއަށް ގެންދާ ފެރީގެ ނިޒާމާއި ބަހުގެ ހިދުމަތުގެ މަޝްރޫއު އަކީ އަތޮޅުތަކުގެ ތަރައްގީއަށް ސަރުކާރުން ހިންގާ އެންމެ މުހިއްމު ބޭނުންތެރި އެއް މަޝްރޫއު. ޖީބަށް ލުއި ފަހި ބަދަލެކެވެ" އެ ޕޯސްޓުގައި ވެއެވެ.
ދާދި ފަހުން އެމްޓީސީސީ އިން ވަނީ މި ބަސްތައް ދިއްދޫގައި އޮޕަރޭޓު ކުރުމަށްޓަކައި މަހަކު 14،000 ރުފިޔާގެ މުސާރަ ލިބޭ ދެ މެކޭނިކުންނާއި 12،000 ރުފިޔާގެ މަހު މުސާރަ އަކާއި އެކު ހަ ބަސް ޑްރައިވަރުން ހޯދަންވެސް އިއުލާނު ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.
ދިއްދޫ އަށް ގެންދެވުނު ދެ ބަހާއި އެކު އެމްޓީސީސީ މާލޭ ޓީމުގެ ޑްރައިވަރުންނާއި މެކޭނިކުންގެ ޓީމެއް ވެސް ވަނީ އެރަށަށް ގޮސްފައިކަން ފާހަގަކޮށްލެވެއެވެ. ދިއްދޫ އިން ވަޒީފާ އަށް ނެގި މީހުންގެ ޓްރެއިނިންތައް ނިމެންދެން އެ ޓީމު އެރަށުގައި ތިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީ އިން ދަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއް ވެސް އާރްޓީއެލް ފެރީ އާއި ބަހުގެ ހިދުމަތުން ގުޅާލުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ދާދި ފަހުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ވަނީ ފެރީގެ ހިދުމަތް ފަށާފައިކަން ވެސް ފާހަގަކޮށްލެވެއެވެ.
ސުކުރު! ސޯލިހު ވަރެއްނުވާނެ. ކުރި ވައދު ތައް ކޮވިޑްގެ ދަތި ކަމާއެކުވެސް ފުރިހަމަކުރަމުން ދިޔައީ! މިހާރުވެސް މިފެނުނީ ރަނގަޅުކަމެއް. ދިއްދޫ ރައްޔިތުން ހާއްސަ ކޮށް އަލަށް ތރައްޤީވަމުންދާ ހިސާބުގެ ރައްޔިތުންނަށް މިލިބުނީ ވަރަށް ރަނގަޅު ހިދްމަތެއް
ކަމަކަށް ކަމެއް
މިއީ ތަބަކާއި ދޮލަނގަށް އެއްޗެތިއަޅައިގެން ބަހާ މޫސުމެވެ. ދެވަނަ ދައުރެއް ކިތަންމެހާވެސް ބޭނުންވެފައިވާ މިދަނޑިވަޅުގައި ތިކަހަލަ އެތައްކަމެއް ވޯޓަށްފެނިގެންދާނެއެވެ. އެންމެ ފަހުވަގުތުގައި ކަންތައްތައް ކޮށްލީމަ ކުރިންއުޅުނު ދަތިގޮތްމަތިން ހަދާންނެތިދެއެވެ. މިއީ ދިވެހިންގެ ހާލަތެވެ.
އަޅެ ކުޅުދުއްފުށީގަ ތިބި ކައުންސިލަރުންނާއި މެންބަރުން ކީއްތަ މިކުރަނީ؟ މިވަރުވެސް ކޮށްލަން ނުކެރޭ! އެކަމަކު ސިޓީއެކޯލަ ބަލަ ރަށު މެންބަރުން ހޮވީ ކަމަކުއޭ! ދެން ނާންނާތި ވޯޓު ހޯދަން !