ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެނިގެންދާ ފިޔާތޮށި ކުލައިގެ ބިޔަ ބޮޑު ލަޝްކަރު ބަލިނުކުރެވޭނެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން އައްޑޫ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ ފެނިގެންމިދާ ފިޔާތޮށި ކުލައިގެ ލަޝްކަރަކީ ބިޔަބޮޑު ލަޝަކަރެއް ކަމަށާއި މި ލަޝްކަރު ބައްޔެއް ނުކުރެވޭނެ ކަމަށެވެ.

އައްޑޫސިޓީއިން މުއިއްޒަށް ކިޔާފައިވާ ހޫނު މަރުހަބާ ފެނިފައި އާޝޯހުވެފައި ހުރެވުނު ކަމަށް ޖަމީލް ވިދާޅުވިއެވެ. "މިއަދު ފެނުނު މަންޒަރުން އަޅުގަނޑު ހަމަ އާޝޯހުކޮށްލައިފި. މި ފިޔާތޮށި ކުލައިގެ ލަޝްކަރު މާތްﷲގެ ރަހުމަތުން ބައްޔެއް ނުކުރެވޭނެ. މިއީ ބިިޔަ ލަޝްކަރެއް." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ އައްޑޫއިން ފެނިގެންދިޔަ ފިޔާތޮށި ކުލައިގެ ބިޔަބޮޑު ލަޝްކަރު ކަމަށެވެ. މިބިޔަ ބޮޑު ލަޝްކަރުގެ ހިކުމަތަކީ މިލަޝްކަރުގެ ބާނީ ކަމަށާއި މިއީ އާދަޔާއި ޚިލާފު ބޭފުޅެއް ކަމުގައި ޖަމީލް ވިދާޅުވިއެވެ. އެއީ ރައީސް ޔާމީން ކަމަށާއި އައްޑޫސިޓީއަކީ އެމަނިކުފާނުވެސް ވަރަށް ގަޔާވާ ސިޓީއެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޑރ.މުއިއްޒަކީ ރައީސް ޔާމީން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގެނައި ތަރައްޤީގައި އަމަލީ ގޮތުން ބައިވެރިވި މޭސްތިރިއެއް ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

"ރައިސް ޔާމީން މިރާއްޖެއަށް ގެނައި ތަރައްޤީ ގެނައުމަށްޓަކައި ހީވާގި ކަމާއި ބުރަ މަސައްކަތާއި ތެދުވެރި ކަމާއި އަމާނާތްތެރިކަމާއި ހިކްމަތާއި އިލްމާއެކީގައި އެމަސައްކަތުގެ އެންމެ ކައިރިން ވާގިވެރިވެ އެމަސައްކަތް ކުރިޔަށް ގެންދެވުމުގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު." ޖަމީލް ވިދާޅުވިއެވެ.

މީގެއިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ.މުހައްމަދު މުނައްވަރު މި ފިޔާތޮށި ކުލައިގެ ލަޝްކަރާއި ގުޅިވަޑައިގެން ރާއްޖެ ސަލާމަތް ކުރުމުގައި ޑރ.މުއިއްޒަށް ތާއީދުކުރަން ނިންމީތީ ޖަމީލު ވަނީ އެބޭފުޅާއަށް ތައުރީފްކޮށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

"އަޅުގަނޑުމެންގެ ކުރީގެ ބަންޑާރަ ނައިބު ޑރ.މުހައްމަދު މުނައްވަރު މިޤައުމީ މަސައްކަތުގައި، މިނިވަންކަމުގެ މަސައްކަތުގަ އަލުވެތިކަމުން އަރައިގަތުމުގެ މަސައްކަތުގަ އައްޑޫ ކަނޑު ސަލާމަތްކުރުމުގެ މަސައްކަތުގައި، ދިވެހިރާއްޖެއަށް ދިމާވެފައިވާ ކިލަނބުވެރިކަމުން ސަލާމަތްކުރުމަށްޓަކައި މިއަނިޔާވެރިކަމުން ސަލާމަތްކުރުމަށްޓަކައި ކުރިޔަށް އޮތް ދުވަސްތަކުގެ ޖީލު ސަލާމަތްކުރުމަށްޓަކައި، ކާބަފައިން ކުރެއްވި ބުރަ މަސައްކަތް ދެމެހެއްޓުމަށްޓަކައި މިލަޝްކަރާއި ގުޅިވަޑައިގެން މިރޭ އެ ކުރެއްވި މަސައްކަތަށް އައްސަރިބަހާއި ސާބަސް ދަންނަވަން." ޖަމީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަހަރެން

    މިސަރުކާރުން ނުހައްގުން ވަޒީފާއިން ވަކި ކުރި މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އަދިވެސް ޑރ މުއިއްޒު ބަސްފުޅެއް ވިދާޅުވެފައެއް ނުވެ
    ބަސް ފުޅެއް ވިދާޅުވެ ދެއްވާ. ހާދަ ބަޔަކަށް އަނިޔާ ވެރިކަން ދައްކަމުން ދަނީ މިސަރުކާރުން. އެނބޫ ސާލިހު ގެ ސަރުކާރުން

    1
    4
  2. ލަށްޒަތު

    އިންޝާ ﷲ ޗޯރު އެހެރަދަނީ ރޮމުން ޖަލަށް.

    5
    6
  3. ކޮއްޔާ

    މާތްﷲގެ ރަހަމަތުން ފިޔާތޮށި ލަޝްކަރުގެ މަސައްކަތް ކާމިޔާބުވެ
    މިގައުމަށް އޮތް އަޅުވެތިކަމުން ސަލާމަތްވެ ނަސްރާ ނަސީބު މިންވަރު ކުރަށްވާނެ // އާމީން ،،،

    9
    6
  4. ޖަނާޒާ

    2018 ގައި ވެސް ފިޔާތޮށިކުލައިގެ ލަސްކަރު ފެނުނު. އެކަމަކު ވީ ބަލި ދެއްތޮ. ނަސީދު އެމްޑީޕީ ރޫޅާލަން މަސައްކަތްކުރަމުން ދާތީ ތޯއްޗެ ޗަ ހީވަނީ. ޖަމީލު ނުވާނެ ތިކަމެއް
    ވަރަށް ސަލާމް

    8
    5
  5. އަލީ

    ބަލިވެގެން ތެޅޭތާ 5 އަހަރު ވި ދޯ

    7
    2
  6. ލޮލް

    ފިޔާތޮށި ކުލައިގެ ލަޝްކަރު އޮތީ މީގެ ކުރިން 2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ބަލިވެފައި. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ފިޔާތޮށި ކުލައިގެ ލަޝްކަރު ބަލިވެއްޖެނަމަ، ވޯޓު ކަރުދާސްކޮޅުގައި ޕިންކު ކުދިން ޖެހި ފާހަގަ އަރައިގެން ދިޔައީ އިބޫގެ ގޮޅިއަށްކަމަށް ނުވަތަ ފާހަގަ ވެއްޓުނީ ގާސިމްބެގެ ގޮޅިއަށް ކަމަށް ފިޔާތޮށި ކުލައިގެ ލަޝްކަރުން ނުބުނެފިއްޔާ ކިތަންމެހާވެސް ރަނގަޅު.

    9
    5
  7. ޙާލު

    އަދި ކިރިޔާ ޖަމީލް ހޭއެރީ މި

    7
    2
  8. Anonymous

    މާތްﷲގެ ރަހަމަތުން ފިޔާތޮށި ލަޝްކަރުގެ މަސައްކަތް ކާމިޔާބުވެ މިގައުމަށް އޮތް އަޅުވެތިކަމުން ސަލާމަތްވެ ނަސްރާ ނަސީބު މިންވަރު ކުރަށްވާނެ. އާމީން ޔާރައްބަލް އާލަމީން.

    7
    6
    • ނަންނި

      އާމީން ޔާރައްބަލް އާލަމީން

  9. ޢާނަ

    ފިޔާޔޮށިކިތަންމެ ވަރަކަށް ދެމިޔަސް ކެނޑިޑޭޓަކު ނުނިކުންނަ ޕާޓީޢެއް ތިއީ ޕީ އެން ސީ ން ނޫންތަ ކެނޑިޑޭޓެއް ނެރެގެން މި އުޅެނީ މުޅިންވެސް އޮޅުވާލުން

  10. އާދަންބެ

    އުފެދުމުގައިވެސް ބާތިލްވި ރަނިންމޭޓް - ވާރު އިޒު އޯނު