ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބ.އަތޮޅު ތުޅާދުއަށް ވަޑައިގެން މިރޭ ބާއްވަމުން ގެންދާ ޖަލްސާގައި ފޯރިއެއް ނެތް ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ޖަލްސާގައި ޝަކުވާ ކުރައްވައިފިއެވެ.
މިރޭގެ ޖަލްސާގައި ވާހަކަދައްކަވަން ފައްޓަވަމުން އިމްރާން ވަނީ ތުޅާދޫ ރައްޔިތުންނަކީ ސިޔާސި ގޮތުން ވަރުގަދަ ބައެއް ކަމަށް ވިދާޅުވެ ތުޅާދޫ ރައްޔިތުންނަށް ތައުރީފް ކުރައްވާފައެވެ. ނަމަވެސް އިމްރާންގެ ވާހަކަފުޅަށް މާބޮޑު ތަރުހީބެއް ނުލިބުމުން ވާހަކަފުޅު ކުރިއަށް ނުގެންދެވިގެން ވާހަކަފުޅު މަޑުޖެހުނެވެ.
އެއަށްފަހު އިމްރާން ވިދާޅުވީ ޖަލްސާގައި މިއަށްވުރެ ފޯރި ހުންނާނެ ކަމަށް އޭނާ އުއްމީދު ކުރެއްވި ކަމަށާއި ފޯރި ނެތީ ޖަލްސާގެ ކުރިން މިއަދު ހިނގި ކަންތައްތަކުގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ. ބެލެވޭ ގޮތުގައި އިމްރާން އިޝާރާތް ކުރެއްވީ މިއަދު ރައީސް ސޯލިހްގެ ދަތުރާއި ދިމާކޮށް ތުޅާދޫން އިދިކޮޅު އެކްޓިވިސްޓުންތަކެއް ހައްޔަރުކޮށް، މަގުތައް ބަންދުކޮށް އަދި އާއްމުންގެ ގެތަކުގައި ހުރި ލައުޑް ސްޕީކަރުތައް ފުލުހުން މެދުވެރިކޮށް ސަރުކާރުން ނެގި ނެގުމަށެވެ.
ޖަލްސާގައި ފޯރިއެއް ނެތުމުން އެކަން ފާހަގަ ކުރެއްވުމަށްފަހު އިމްރާން ވިދާޅުވީ "ދެން މިގޮތައް ކުރިއަށް ގެންދާނީ" ކަމަށެވެ.
އިމްރާން ވިދާޅުވީ "ހުރިހާ ރައްޔިތުން ތަރައްގީ ކޮށްދޭނެ މެނިފެސްޓޯއެއް އޮތީ އަޅުގަނޑުމެން އަތުގައި އެކަނި" ކަމަށެވެ.
އިމްރާން ވަނީ މިރޭ ވެސް އިދިކޮޅު ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. މުއިއްޒު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން ވިދާޅުނުވެ އިމްރާން ފުރަތަމަ ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓްގެ ބައެއް ވާހަކަތައް ދަތުރުމަތީގައި އުޅުއްވާއިރު ދޭތެރެއަކުން އަޑުއިވޭ ކަމަށެވެ. "މިވިދާޅުވަނީ ވަކިބޭފުޅަކަށްޓަކައޭ ތިމަންނަ ވެރިކަން ހޯދަން މިއުޅެނީ. ވަކި ބޭފުޅަކު ޖަލުން ސަލާމަތް ކުރަންށޭ ތިމަންނަ ވެރިކަން މިހޯދަނީ. އެހެން ގޮތަކަށް ވިސްނާލިއިރު ހިތައް އެރީ ތެދެއް ބާއޭ މިހަދަނީ. މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ، މުއިއްޒު އޮންނާނީ ޖަލުގައި. ނުވަތަ ޔާމީން އޮންނާނީ ޖަލުގައި. ދެބޭފުޅުންކުރެ ކޮންމެވެސް އެއްބޭފުޅަކު އޮންނާނީ ފަސް އަހަރު ވަންދެން ޖަލުގައި. އެއީ ދެބޭފުޅުންގެ ޓްރެކް ރެކޯޑަށް ބެލުމުން އެނގެން އޮންނަ އެއްޗެއް." އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ އެއްވެސް ކެންޑިޑޭޓަކަށް ރައީސް ސޯލިހާއި އަރާހަމައެއް ނުކުރެވޭނެ ކަމަށެވެ. "ރައީސް އާއި ކައިރިއަށް ވެސް ނާދެވޭނެ. ވައުދުތަކާއި ވެސް ކައިރި ނުވެވޭ. ވައުދުތަކާއި ކައިރިއަށް ވެސް ނާދެވޭ. ރައީސް ކުރިމަތީގައި ހުރުމުންނެއް ނޫން (މިހެން މިދަންނަވަނީކީ) ރައީސްގެ ވައުދުތައް ފުއްދުމާއި ގާތައް ވެސް ނާދެވޭނެ. ކޮންމެ ރަށަކަށް ވެވަޑައިގެންނެވި ވައުދުތަކުގެ އިތުރަށް ފުއްދަވައި ދެއްވި. އަދި އެއީ ވެސް ކޮވިޑާއިއެކު." އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ އެހެން ކެންޑިޑޭޓަކަށް "ސެލްފީ ނެގުމުގައި ވެސް ރައީސް ސޯލިހާއި ވާދައެއް ނުކުރެވޭނެ" ކަމަށެވެ.
އިމްރާ މީ ހާދަ ދެފުއްކެހެރި މީހެކޭ.ނަމުން ޝޭހު ކަމުން ޖާހިލު.
މިކަލޭގެ މިކިޔަން އުޅޭއެއްޗެއް އިނގޭބާ މިކަލޭގެޔަށް
ކޮބާހޭ ކިތާބީ ހެކި ސަކަރާތް ވާވަރުކުޑައޭ
ތިފެންނަނީ މިހާރުވެސް ފެއިލްވެފަ އޮތްކަމުގެ ނިޝާން، ގަދަބާރުން ރަށްރަށަށް އަރާ ޖަލްސާބާއްވާ..... އިންޝާﷲ މިސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު މިގުނަނީ.
އިޔާޒު ބުނީ ސިޔާސީގޮތުން ފޭވަރިޓުއޯލަ މި އިމްރާނަކީ...
ލަދުން ބޯހަލާކު..
މޮޅެތި ކިތަންމެ އަނދުނެއް ގޭނިޔަސް އަދި މަޖުބޫރުން ނަމަވެސް ބަޔަކު އެ ލޮލުގަ ވެށިޔަސް މިފަހަރަކު ރައީސް ސޯލިހެއް ނުހޮވޭނެ…ދިވެހިންގެ ހަރަކާތްތަށް ހުރީ އެހެނެއް ނޫންކަން ހުދު އިމްރާނާއި ސޯލިހްވެސް ހިތުގެ އަޑިން ގަބޫލު ކުރާނެކަން ކަށަވަރު…މިސާލަކަށް ސޯލިހަށ ވެރިކަން ލިބުނު އިންތިހާބަށް ބަލާލިޔަސް މިވާ އެއްޗެއް އެނގިދާނެ…
އިމްރާން ސަކަރާތްވީއޭ އަނެންކާ ކާކު ފެނިފަބާ
އެތިބަ ލޫޅާފަތި އަންހެންކުދިންތައްފެނިގެން
ރަށަށް އެރުމުގެ ކުރިން ދެން ތިބި އެންމެން ހައްޔަރުކޮށްފައި....... ކޮބައި ރީތި ވެއްޖެއްނު!
ކަލޭމެންގެ ކަންތަށް ނިމިއްޖެކަމުގެ އިހްސާސް މިހާރުކުރެވޭތީ ގޮތްހުސްވަނީ ދިވެހިރައްޔިތުން ތިބީ ކެތްމަދުވެފަ އިންޑިއާ ގޮނޑިކޮއްކޮއް ސަރުކާރު ފަހާލަން
ސޯލިހު މޮޅީ ސެލްފީނަގަން..
އެމްޑީޕީ ވަނީ ބައިބައި ވެފަކަން އިހުސާސް ކުރެވޭ ދޯ އަންނި ބުނީ ތެދައް ބޮޑު ފަޅި އޮތީ އަންނިޔާ އެކު
އިމުރާނޫ ގަދަބާރު ނުދަށްކާ ތިޔާތިބީ ފޭލިވެފަ ދެންމަކަރާ ޖަހައިގެން ވޯޓު އަންދާކަށްވެސް މިފަހަރަކު ލާހިކު ކުޅަދާނައެއްނޫން ،،،،،🐊
ކަލޭ ހޭބަލިނުވޭ މުޅިރާއްޖެ މުއިއްޒުއަށްޓަކާ ކެކި އަރަނީ ކޯދުލާފަ ކަލޭވެސް މުއިއްޒުއަށް ތާއީދުކުރޭ މުޅިސަރުކާރު އެހެރަބަދަލުވަނީ މެންބަރުންނާއި އެކު މުއިއްޒުއަށް މަވެސް މުއިއްޒު ،،✅4
ބުނަން އިމްރާން ނުގެނަޔަސް މިކަން ވާނެ... އޭނަ ފަހަތުގަ ހުރީ އަލީ ޒާހިރު އެކަނި. އެއީ 2 ވޯޓު. އެ ދެމީހުން އައިސްގެން ގެއްލޭ ވޯޓު މާ ގިނަވާނެ ލިބޭ ވޯޓަށްވުރެ..
ބ އަތޮޅު މިހާރު އެހެންނޫނަސް އިމްރާނު އަށް ސަކަރާތް ވާނެ //
ކެޔޮގަނޑު ކެނޑިއްޖެ ނުން ،،،،
މިހިރަ ބުރާންޗާ ކިތަށް % ތަ ފަށާފަހުރި މަސައްކަޔްތަކުގަ ނިމިފަހުރީ، ރައްރަށުގެ މަގުތައްހުރީ ފަސްބާޑިޖަހާ އެތަންތާގަ ޕްރޮޖެކްޓް ހިންގަން ތިބީ ދޮލަނގެއް ދީފަ ފޮނުވާފަ ތިބި އިންޑިއާ ހައެއްކަ މީހުން މަސައްކަތެއް ކުރިއަަކަށްނުދޭ. ރައްޔިތުން ތިބީ ވޯޓްކަރުދާހުގަ އިބްރާހިމަށް ނޯ ބުނަން ކެތްމަދުވެގަ.
“އިމްރާން ވިދާޅުވީ އެހެން ކެންޑިޑޭޓަކަށް "ސެލްފީ ނެގުމުގައި ވެސް ރައީސް ސޯލިހާއި ވާދައެއް ނުކުރެވޭނެ" ކަމަށެ”. ހަހަހަ ކުރިމަތީ ބައިންދައިގެން ހަޖޫ ޖަހަމުން އަމިއްލަ މިނިސްޓަރުން ގެންދާ އިރުވެސް މަރުމޯލައް ނޭގޭ!
ދައްޖާލު ގެ ނިތްކުރީގަ ކފރ ލިޔެފަ އިންނާނެކަމަށް އައިސްފަވަނީ. އެކަމަކުވެސް އޮޅޭ ބަޔަކަށް އޮޅޭނެ ކަމަށް ވަނީ.
މިކަލޭގެ ޖަލަށްލާދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ބޮޑިބަތް ޖާފަތެއް އޮންނާނެ! އިންޝާއަﷲ
ހިސާބަށްވުރެ މުނާފިގުވީމާ ރައްޔިތުން ބަލައެއް ނުގަންނާނެ. އިމްރާނުވެސް ދެން ކޮންމެވެސް ވަރެއްގެ އިޚުލާސްތެރިކަމެއް މިހާރު ހުންނަންވެއްޖެ. ތީ މިގައުމުގެ ރައްޔިތުން އިހު ދުށް ޢިމްރާނެއްނޫން. ތިކަހަލަ ޢިމްރާނެއް މިގައުމަކަށް ބޭނުމެއްނުވޭ!
ނުލަފާ މަލްއޫނާ، ކަލޭ ރައްޔިތުން ގަޔަށް ބޮލަށް އަރައިގެން ބަންދުކުރިޔަސް ތަރުހީބެއް ނުލިބޭނެ!
ޖުޑިޝަރީ އިސްލާހު ކުރަން ވައުދުވެ ޖުޑިޝަރީއާ ޖޭއެސްސީއާ ހިސާނުމެން ހަވާލުވެ އެތަންތަނުގެ ތިން ހަތަރު މީހަކު ގުރޫޕު ހަދާފައި މުޅި ޖުޑިޝަރީ އާ ޖޭއެސްސީ ފުނޑާލައިފި. މުވައްޒަފުން ހާލުގައި ޖައްސައިފި. އެވަރުންވެސް އަރުވާ ޖަހާފައި ސިޔާސީ ކެމްޕޭނުގައި ހިސާނުމެން އެ ތިބީ ދެން އޮތް ވެރިކަން ހޯދަން. ދެން ފުޓްސެލް އާ ފައިގަތަޅާ ކުޅެފައި އޭނަގެ ބައިވެރިންނަށް އެވޯޑު ދިނީމާ ހުރިހާ ކަމެއް ހަމަ ޖެހުނީ. ރަސްމީ މަސައްކަތް ވަޅު ޖެހުނަސް. މަރު ހަނދާން ނުވިޔަސް ތީ ފުކެއް ބޮޑުވަރު. އިމްރާނު އަތްޖަހާ.
އިންތިޚާބުގެ ނަތީޖާ އަންނާނެ ކަމަށް އަހަރެންނަށް ލަފާކުރެވޭގޮތް.
1. ޑރ. މުޢިއްޒު
2. ޢުމަރު
3. އިބްރާހީމް
4. ނާޒިމް
5. ގާސިމް
6. އިލްޔާސް
7. ފާރިސް
8. ޒަމީލް
ހެހެ ކަލޭ ސަޕޯޓްކުރަނީ އުމަރަށް.. އުމަރު 2 ކަށް ދަންޔާ ދާނީ ފުލުން..
އެއީ އެއްވެސް މައްސަލައެއްނޫން. ޢުމަރު ފުލަށް ދަންޏާ އޭގެ މާނައަކީ ރައްޔިތުންގެ ކިބައިގައި އެއްވެސް ކަހަލަ ތެދުވެރިކަމެއް އަމާނާތްތެރިކަމެއް ނެތިއްޔޭ. އެހެން ނޫންނަމަ ބުއްފުޅި ޖައްސާ ކަހަލަ ވައުދު ވާ މީހުންނަކަށް ތާއީދެއް ނުކުރާނެ.
ސަރުކާރުން މުއިޒު ދެކެ ވަރަށް ބިރުގެންފި، މިމީހުން ކެމްޕޭން ކުރުމުގެ ބަދަލުގައި އަބަދު ކޮންމެ މީހަކުވެސް އަރާ މުއިޒް، މުއިޒް، މީ ބޮޑުވަރު ދޯ!!! ނިކަން ކެމްޕޭނު ކޮށްބަލަ ، މިކަހަލަ ފަހަރިބެމެން ލައިގެން ދާނީ ޗޮކުން، އިބްރާހީމަށް އިންޝާﷲ %5 ވެސް ނުލިބޭނެ،
އަދި ކަލޭއަށް ތި ފެނުނީ ކުޑަކުޑަ ތަންކޮޅެއް
އޭގެ މާނައަކީ ކަލޭ ޖާސޫސް އެބަކުރެޔޭ .އެވެސް ގޯހެއް .ހައިރާނާ ސެލްފީ ނަގަން އޮއްވާ ކާޅު ގުއިދުއްވާލީ 101 ވަނަ ރައީސޯ.އިބިރިހިމާ އަޅޭ ބުނެބަލަ އަނެއް ސަތޭކަ ރައީސުންގެ ނަން ބުނެބަލަ ތާރީހު ލިޔެލަން ވެގެން .އިމްރާނު ގޮޅި އިމްރާން ތައްޔާރު ކޮށްފި އިބޫ ގޮޅި ވެސް ތައްޔާރު.
މާލެއާ ހުރިހާ ރަށެއްގަ ފުލުހުން ނުކުމެ ރައްޔިތުންނަށް އަނިޔާ ކޮށް މުދަލަށް ގެއްލުން ދެމުން ދާ ތަން ފެންނަނީ... މާރިއޯ އާ ރޮޒޭނާއާ އިމުރާނަށް އަށް ފެނޭބާ.
އިދިކޮޅުންބޭނުންވަނީ އެމީހުންނޫންމީހުންގެ ޚާއްސަކޮށް ފިޔާތޮށިކުލަނޫންބަޔަކުގެ އަޑުއިއްވިޔަނުދޭންވެގެން. މިސާލަކަށް ފުވައްމުލަކު ސްޓޭޑިއަމްގަ އެމްޑީޕީއިން ބޭއްވިޖަލްސާ. ސްޓޭޑިއަމަށް ދެވެންއޮތް ހުރިހާގޯޅިކަންމައްޗަށް އިދިތޮޅޭމެން ފުނިޖެހިގެންތިބީ ފުލުހުންނާކުރިމަތިލާން ދެން ޖަސްލާއަށް ދާންބޭނުންވިމީހުންނަށް ނުދެވިތިބީ ބަންދުވެފަ. ދެންކުރިކަމަކީ ޖަލްސާގެއަޑު ދުރަށްއިވުނަނުދޭންވެގެން ސައިކަލުތަކުގަ ފާޑުފާޑުގެ އަޑުއިއްވަމުން ތެޅިބޭލީ.. ގަބޫލުލުރެވޭގޮތުގާ ކެމްޕެއިންކުރަން އަދި ޚިޔާލުފާޅުކުރަން ދަސްކޮށްދޭންއެބަޖެހޭ!! ނާތަހުޒީބުކަން ކަނޑުވާލާ ތަހުޒީބުބަޔަކަށް ހަދަންއެބަޖެހޭ!
ތަރަށްގީބޭނުންނުވާބަޔަކީ ނުކުުޅެދޭބައެއް!! ތަރަށްގީނުފެންނަބަޔަކީ ނުކުޅެދޭބައެއް. އެފަދަމީހުންނަށް އާސަންދައިން ބޭސްކޮށްދޭން އެބަޖެހޭ !! އަލިފު ހާ
ކަލޯ ރައްޔިތުންގައިގަ ޗޭނު ޖަހައިގެން ކިހިނެތް ވެރިކަން ކުރާނީ
އިމްރާން މިއަދު ތިޔަހެން ކިއިދާނެ ސެޕުޓެމްބަރ 9 ގަ ފިލަން ރެޑީވޭ ސޯލިހާއެކު.
މުއިއްޒު އަށް ހެޔޮ ނަސޭހަތެއް މި ދެނީ. ވެރިކަމާ ހަވާލުވާ ދުވަހު އިމްރާން ކަސްތޮޅޮ އަޅުވާތި. ހަރު ބަހެއް މި ބުނީ.
ހިޓާޗީ އުރަމަތި ކިޔާފާނެ ކޮންމެފަދަ އެއްޗެއްވެސް ިަލޭ ތިހިރީ ރަނގަޅައް ބޮލުރޮދި ކެނޑިފަ
2023 ޕީޕީއެމް
ބ އަތޮޅު ކެންދޫގެ ރަށްޔަތުންނަށް އަނިޔާކުރަން ކަލޭނާރާތި ކެންދުއަކީ ރާއްޖެ އިސްލާމްކުރި ފުރަތަމަރަށް އަނިޔާކޮށްފަދާމީހުންނަށް ފަހުން ހިތިނަތީޖާފެންނާނެ.