ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަލިވާ މަންޒަރު ފެންނަ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިދިކޮޅު ކޯލިޝަނުން ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ އަތޮޅު ފުނަދޫގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ކޮންމެ 24 ގަޑިއިރަކުން 200 މެމްބަރުން އެމްޑީޕީއާ ވަކިވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.
"ކޮންމެ 24 ގަޑިއިރެއްގެ ތެރޭ ވެރިކަން ކުރާ ޕާޓީން 200 މެމްބަރުން ވަކިވާ ކަމަށް ވަނީ ނަމަ ކުރިއަށް އޮތް ހަތަރު މަސް ދުވަސް ތެރޭގައި އަޅުގަނޑަށް ހީވަނީ ރައީސް އިބްރާކިމް މުހައްމަދު ސޯލިހު ފިޔަވާ އެމްޑީޕީ ދޫކުރައްވާ ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނާއި ގުޅިވަޑައިގަންނަވާނެ،" ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ފާހަގަ ކުރެއްވި ގޮތުގައި މިހާރު ފެނިގެން މިދާ ކަންތައްތަކަކީ ވެރިކަމެއް ވެއްޓެން ދާއިރު ފެންނާނެ މަންޒަރުތަކެވެ. އެގޮތުން ޒުވާނުން ވަޒީފާތަކުން ވަކިކުރުމާއި އެގުރިމެންޓުތަކުގައި ސޮއިކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކެމްޕޭނަށް އަރާ ހުރިހާ ރަށަކުން މީހުން ހައްޔަރު ކުރުމާއި ފުލުހުން ބޭނުންކޮށްގެން ތަކެއްޗަށް ގެއްލުންދިނުން ހިމެނޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މި ފެންނަ މަންޒަރުތަކުން މި ވެރިކަން ވެއްޓޭ މަންޒަރު މިހާރު ފެންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ސަބަބުތަކާއިހުރެ، މި އިންތިހާބު ކާމިޔާބު ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ށ. އަތޮޅަކީ ރައީސް ސޯލަހު އެވިދާޅުވާ ތާއީދު އޮތް ހިސާބެއް ނޫން ކަމަށާއި އެ އަތޮޅުގެ ރައްޔިތުން އެދެނީ އެ ރައްޔިތުން އެދޭ ތަރައްގީ ގެނެސްދެއްވާނެ ވެރިއެއް ކަމަށް ޝިޔާމް ފާހަގަ ކުރެއްވިއެވެ. ށ. އަތޮޅުގެ ސާދަ ރަށަށް ދަތުރު ކުރެވުނު އިރު ފެނުނީ އެ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވާ ދަތުރުގައި އޭފުޅާއަށް އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ފިލުމުގެ ކުރިން ވަކަރަށް ޖަހާލަންވާނެ ޝިޔާމޫ އޭނަދާނި ފިލަން ކަންނަންނޫރު އަލީރާޖާގެ ކައިރިއަށް ނުވަތަ ސުބަރަމާނިއަމްގެ އަރިހަށް .
ހުރިހާވެސް މަށްސަލައަކީ ވަށްކަމުގެ ބޮޑު ވަގު އަދީބު ވަގުދީބު ހަށްޔަރުނުކޮށް ރ ޔާމީނު ޖަލުގަބަހަށްޓާ އަނިޔާވެރިވާތީ މިއީ އެންބޮޑު ސަބަބު އެހެންވެސް އެކަން އެވަނީ ޗޯރުވެސް ވަށްކަމުގެ ތެރޭ ބެދިދާނެކަމަށް އަދީބު ހެކިދީފާނެތީ ..........މިއީ މިކަމުގެ ހަގީގަތް އެންމެފަހުން ލަނޑު މިލިބުނީވެސް ހަމަ ޗޯރަށް ވަރަށްދެރަ ހިތާމައިގެ ކޮޅެއްނެތް ކަތިވަޅި ގެއްލި ކޮށި ދަނޑުވެސް ގެއްލެނީ އާހުއާހު.
ވޯޓުފޮށި ގުނާނިމެންވާއިރަށް ކޮށި ރެޑީގަ ބަހައްޓާ ލާފަ މަތިޖަހަން
މިހާރު ބަލި ޤަބޫލުކޮށް ޤުއިޒަށް މަރު ހަބާ ކިޔާފިން
ޗޯރޭގެ ސޯޓު ބޭލޭތަން ފެންނަން އުޅެނީ. ލޮލް
ހަހަހަ... ހަމަ ތީ ނިދަން އޮއްވާ ފެނުނު ހުވަފެނެއް، ހޭލާތިބިމީހުންނަށް ފެންނަނީ ތި މިޤައުމު ދުވަހަކު ދެކެފަނުވާފަދަ ބޮޑު އަދި އަނިޔާވެރި ވެރިކަން އަލުން ގެނެސް އެއަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ރައްޔިތުންނަށް އަލުންވައްޓާލާ ، އަނެއްކާވެސް ރައްޔިތުންގެ ޚަޒާނާއިން ކުރިއަށްވުރެ ބޮޑަށް ވައްކަންކޮށް ޚަޒާނާއިން ހުސްނުވެ އޮތްބައި އެއްކޮށް ހުސްކުރަން މަސައްކަތްކުރަމުންދާ ބައިގަނޑު ބަލިވަމުންދާ ތަނެވެ. ތި އަނިޔާވެރި ވަގުންނަށް މިޤައުމުގެ ގިނަ ރައްޔިތުން ކުރިންވެސް ނޫނެކޭ ބުނެފަވާފަދައިން އަދިވެސް ގިނަ ރައްޔިތުން މިތިބީ ހަމަ އެގޮތުގައި ޞާބިތުކަންމަތީގައެވެ.