ރައްޔިތުންގެ މަޖިލިހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާން (ގިޓާ) އެމްޑީޕީ އަށް ސޮއިކުރައްވައިފިއެވެ.
ޝިޔާން އެމްޑީޕީ އަށް ސޮއިކުރެއްވި ފޯމް ހަވާލު ކުރައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެވެ.
ޝިޔާންއަކީ އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި 12 މެމްބަރުންގެ ތެރެއިން އެއް މެމްބަރެކެވެ. އޭނާ ވެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް މެމްބަރުންގެ ތެރޭގައެވެ. މި ފަހަކާ ޖެހެންދެން ވެސް ޝިޔާން ހުންނެވީ ނަޝީދާއެކުގައެވެ. އެކަމަކު، ދަ ޑިމޮކްރެޓްސްގެ ހަރަކާތްތަކުން ޝިޔާން ނުފެންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ.
ޝިޔާން އެމްޑީޕީ އަށް ސޮއިކުރެއްވި އިރު، ދަ ޑިމޮކްރެޓްސްއާ އެކުގައި މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލިހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފާއި އެހެން ހުރިހާ މެމްބަރުން ވަނީ ދަ ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ހުރިހާ މެމްބަރުން އެމްޑީޕީ އަށް ސޮއިކުރެއްވުމާ ގުޅިގެން އެ ކައުންސިލްގެ މެޖޯރިޓީ ވަނީ އަލުން އެމްޑީޕީ އަށް ލިބިފައެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ޝިޔާން އާއި ޔާސިރް އަދި ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރުން ތާއީދު ކުރެއްވީ ނަޝީދަށެވެ. އޭގެ ފަހުން ޕާޓީ ތެރެއިން އުފެއްދި "ފިކުރެއްގެ ދިރުން" ހަރަކާތުގައި ވެސް އެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެކަމަކު ރިޔާސީ އިންތިހާބުގެ މަސައްކަތްތައް ޑިމޮކްރެޓްސް އިން ފެށި ހިސާބުން މި ބޭފުޅުން ނުފެނެއެވެ.
ބިލިޔަނުން މެމްބަރުން ގަނެވުނަސް މިފަހަރު ރައްޔިތުން މިތިބީ ގައުމު އިންޑިޔާގެ އަޅުވެތިކަމުން ސަލާމަތްކުރަން ފޫގަޅައިގެން. .
ހަމަރޫޅެނީ ދެއްތޯ ؟ ކީއްތޯކުރާނީ ނަޝީދަކީ ހޫރޭ ހޫރޭ ރޫޅޭ ރޫޅޭ ވިއްޔާ
ގިޓާ ކަލޭ ބޭނުން ހާ ގޮތަކަށް މިރަށުމީހުން ވޯޓެއް ނުލާނަން . ކަލޭދޭ ކަލޭ އާއިލާ ގޮވައިގެން
ފެން އޮތްތާކަށް މަސްދާނީ! ފެން ނެތިއްޔާ ބަކަ ތަޅަން ޖެހޭނީ! އެއްވެސް މީހަކު ހިއެއް ނުވޭ ލަގްޒަރީ ފްލެޓަކާއި 5 މިލިއަން ބޮލާލާ ޖަހާނެ ހެން ހަމަ އެކަނި ރޫހާނީ ލީޑަރުގެ ޙައްގޭ ކިޔާފަ! ވަފާތެރިކަން ވެސް ދެމި އޮންނާނީ ފައިސާ ނެތްނަމަ! ފައިސާ އާއި މުދަލާއި ފްލެޓާއު ޖެހުނީމާ ނޯ ވަފާ ނޯ ރޫހާނީ ލީޑަރ ނޯ ޑިމޮކްރެޓިކްސް
16 މިލިޔަން ރުފިޔާ އަކީ ވަރަށް ބައިވަރު ފައިސާ
ލިބެން ހުރި އެއްޗެއް ލިބޭނެ. ވޯޓަކީ ލިބޭ ފައިސާ އަށް ގަނެވޭނެ އެއްޗެއް ނޫން. 16 މިލިޔަން ރުފިޔާ އަކީ ވަރަށް ބައިވަރު ފައިސާ
އިބޫ ގެންގުޅޭ ޓޯއިއެއް ތީވެސް
އިބޫ ގެންގުޅޭ ޓޯއިއެއް ތީވެސް ޖސިސޔސޖސބސިދބދ
ދައުލަތުގެ މާލިޔާ ހުސްކޮއްގެން މެންބަރުން ގަނެލަނީ ނިކަމެތި ރައްޔިތުމީހާ ވީ ހިލޭ މިމީހުނައް ވޯޓްދޭން ހުރިހާ މޮޅެއް ރައްޔިތުން ފެލައިގެން ނަގާ ޓެކްސް ފައިސާ މެންބަރުން ގަތުމައް ތާހިރެއްނު ޗޯރޭ
2023 ޕީޕީއެމް
ބަދަލުގެ ގޮތުގަ ނެގިލަރިގަޑުން ތިގޮތައްމެމްބަރުން ގަނެވިދާނެ ރައްޔިތުން މިތިބީ އަޅުވެތިކަމުންމިންޖުވާން....
އެސޮރަށް އަދި އެތިކޮޅެއް އިތުރުކޮށްލާދީ! 5 މިލިއަން 7 މިލިއަނަށް ހަދާލަދީބަލަ! ފައިސާދީފިއްޔާ އެސޮރު ގުދައްވެސް އޮންނާނެ!