ހުޅުމާލޭން ދިވެއްސަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ގެއްލިގެން ހޯދަމުން އަންނަނީ ހއ. ބާރަށް / ސައިނިންގސްޓަރ، މުޙައްމަދު ތަޢުފީޤު (35އ) ކަމަށެވެ. އޭނާގެ ޚަބަރެއް އާއިލާއަށް ނުވެގެން ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 1:35 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އޭނާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ފޭސް 2 ގައި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުން، މިމަހުގެ 22 ވަނަ ދުވަހުގެ 11:00 އެހައިކަންހާއިރު ކަމަށެވެ. އޭރު އޭނާ ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއްކަމަށް އޭނާގެ އާއިލާއިން މައުލޫމާތުދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ މުޙައްމަދު ތަޢުފީޤުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފުރީ

    ކެމްޕޭނަށް ކޮންމެވެސް ރަށަކަށް ފުރީ ކަމަށް ލަފާކުރެވޭ. އެއީ މިދުވަސްވަރު އެންމެ ބާރަށް ކުރިއަށް ދަނީ އެކިރަށްރަށަށް ކެމްޕޭން ދަތުރުތައް ކުރުން ކަމަށްވާތީ. މުޙައްމަދު ތަޢުފީޤުގެ ޚަބަރެއް އަވަހަށް ވާނެ ކަމަށް އުންމީދު ކުރަން.

  2. އަހްމަދު

    މިކަލޭގެ ބޮއެގެން އުޅުނު އިއްޔެވެސް މާރުކޭޓު ސަރަހައްދުގަ