ނުހިއްކާ ތާކުން ވިޔަސް ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް މާދަމާ ރަޖިސްޓްރީ ދޫކުރާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުވެސް ރަޖިސްޓްރީ ހަވާލުކުރަން ފަށާނެކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވީނަމަވެސް އިދާރީ ގިނަ މަސައްކަތްތައް ނުނިމޭތީ ރަޖިސްޓްރީ ހަވާލުކުރުން މިއަދަށް ބަދަލުކުރީއެވެ.
ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ސަރުކާރުން ކަނޑައަޅާ ވަކި އިދާރާއަކަށް ދެވޭގޮތަށް ޤަވާއިދު ސަރުކާރުން ވަނީ ގެޒެޓުކޮށްފައެވެ.
ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ދިނުމަށް ނިންމާ ވަނީ ގުރުއަތުލުން ނަގާފައެވެ. އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވައްސާއި، ގުޅީފަޅު އަދި ގިރާވަރުފަޅު ހިއްކައިގެން ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. ސަރުކާރުން ވަނީ ގޯތީގެ ރަޖިސްޓްރީ މިއަދު ދޭން ފަށާނެކަމަށް ބުނެފައެވެ.
މިހާރުގެ ޤަވާއިދު ބުނާގޮތުން ގޯތީގެ ރަޖިސްޓްރީ ދެވޭނީ އެރަށެއްގެ ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށެވެ. އަދި ގޯތީގެ ރަޖިސްޓްރީ ދޫކުރާނެ އިދާރާއަކީ ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލް، ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއެއްގައ،ި ނުވަތަ ސަރުކާރުން ވަކި ސަރަޙައްދެއް ތަރައްގީ ކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަޝްރޫއުތަކުގެ ދަށުން ގޯތި ދޫކުރުމަށް ސަރުކާރުން ކަނޑައަޅާ އިދާރާއެއްގައެވެ.
އައު ޤަވާއިދު ބުނާގޮތުން ނުހިއްކާތަނަކުންވެސް ނުވަތަ އިން ނުކަނޑާތަނަކުންވެސް ގޯތި ދީ ރަޖިސްޓްރީ ހެއްދިދާނެއެވެ. ނުވަތަ ގޯތި ލިބޭކަމުގެ ލިޔުން ދެވިދާނެއެވެ.
ބިންވެރިޔާ ސްކޫލްގެ ދަށުން 9001 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ހުޅުމާލޭން 1351 ގޯތި، ގުޅިފަޅުން 2219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5433 ގޯތި ހިމެނެއެވެ.
ނުހައްދުވާ މޫސާތައްކާނުގެ ތުނބުޅި ވެސް ހޯދަދީ ރަޖިސްތަރީ ކޮއްދީ
އަދީބު ފުރުވާލާފާ ކޮންހާ ވާހަކައެއް .މާލޭސިޓީ ގެއްލުނީ ވެސް އަދީބު އަށް ފިޔަވަޅުނޭޅުނީމާ ޔާމީނު ރިޝްވާނަށް އިންސާފު ނުލިބުނީމާ ސޮރީ ނޯނޯ
ލާމަރުކަޒީ ބާރު ގަދަ އޭ ކޮއްދޭނިއްޔޭ ކިޔާފަ މެޖޯރިޓީ ނެތް ކައުންސިލްއެއް ވީމަ ބާރު ކަނޑުވާލީ.
ބުހުތާން ދޮގު ހެދުން ނޫން ކަމެއް ނުކުރޭ
ހަހަހަހަ. މީވެސް ދުވަސްތަކެއް
ނުއުފަންނަ ދަރިންގެ ފޫޅުވެސް ކަނޑާދޭ ވެރިއެއް މިހުރީ. މާލޭ ރައްޔިތުން 20މ އަޑިއަށް ކަޑުފެއްތި ވެރިއަކު މިނޫނީ ގައުމު މުދެކެ.
ހަނދުން ގޯތިދީފަ ރަޖިސްޓްރީ ދޭންވީ...ކޮއްމެވެސް ދުވަހަކުން ހަނދަށްވެސް ދެވިދާނެ..މަގޭ ގެއަށްކިޔާނީ ހަނދުވަރީވިލާ....
މިނިސްޓްރީއަށް ބިމުގެ ރެޖިސްޓްރީ ހެދުމުގެ ބާރު ނެގީ ކައުންސިލުން އެއްބާރު ނުލިބިގެންތޯ އަޅެ ނޫސްވެރިން ސާފުކޮށްދެއްވާ. ކުރިން ކައުންސިލުން ބުނިހަނދާނެއްވޭ ބިންތައް ހަވާލުކުރުމުން ރަޖިސްޓްރީ ހެއްދުމަކީ ކައުންސިލްގެ ކަމެކޭ.
ގޯތި ލިބުނު ހިސާބުގަ ލައިޓު ބަށްތިޔެއް ބަހަށްޓާ،
ގޯތީގެ ލިޔުން ދޭނަމަ ދޭނަމަ ދޭން ވާނީ ހުޅުމާޅެ ، ގުޅިފަޅު އަދި ގިރާވަރުންނެވެ. ހަމަ އެކަނި ހުޅުމާލޭގެ ލިޔުން ދީގެން ކަމަމު ނުދާނެ އެވެ.
މަގޭ ގޯއްޗައް އޮޅިގެންވެސް ކަނޑު ދަތުރު ކުރާއިރު އަރައިފިއްޔާ ދައުވާ ކުރާނަން. ކަނޑުން ވިޔަސް ފަޅުން ވިޔަސް ގޯއްޗަކީ ހުރުމަތްތެއިވެގެންވާ ތަންތަން.މަގޭ ގޯތިން ދުވަހު ކުއްޔަށް މަސްބާނަން ގޯތި ދޫކުރަން
ރައްޔިތުނައް ހިޔާނާތް އެވަނީ ހައްގު އަދަބު ލިބޭނެ
މުއިއްޒުއަށް މިވަރުވެސް ނުވީސް. މީގެ 5 އަހަރު ފަހުން ސަރުކާރު ބަދަލުކުރަން ދިވެހިން އުޅޭނެ އަލުން. ކުރިން ފެނިފަ ހުރި ކަންކަން
މާރސްއިން ގޯތި ދޭންވީނު. އިލޮން މަސްކް ކާރި ބުނޭ ސްޓާރ ޝިޕްއިން ޖާގައެއް ހޯދަ ދޭށޭ. ނޫނީ ހަނދުން ގޯތިދޭން އިންޑިޔާގެ ޗަންދްރަޔާން 3 ކުން ޖާގަ ހޯދިނަމަ. އެމީހުން މިހާރު ނައްޓާލާފި.
މާލެ، ވިލިމާލެ، ހުޅުމާލެ1-2، ގިރާވަރުފަޅު، މިހެންގޮސް މާލެއަތޮޅު އެއްކޮށް މާލޭގެ މީހުންނާއި އެމީހުންގެ ދަރިންނާއި ދަރިންގެ ދަރިންނަށް ބަހާހުސްކޮށްލަނީއެވެ. އަދި މިގޯތިތަކުގައި ރާއްޖެތެރޭގެ މީހާ ކުލީގެ އަޅެއްގެ ގޮތުގައި މުޅިއުމުރު އުޅެންޖެހޭގޮތައް ހުރިހާ ހިދުމަތެއް މާލެއަށް ޖަމާކޮށް ސިޔާސަތު ވަނީ ކަނޑައަޅާފައެވެ. މިއީ ސަރުކާރުން ހިންގާ ކޮންފަދަ ތަފާތުކުރުމުގެ ބޮޑުޖަރީމާއެއްތޯއެވެ. ރާއްޖޭގެ ކޮންމެ މީހަކަށްވެސް ހަމަހަމަ އުސޫލަކެއް އޮންނަންޖެއެވެ. ސަބަބަކީ މާލެފިޔަވައި މިފަދަ އިތުރު ސިޓީއެއް ރާއްޖޭގައިނެތުމެވެ.
ސޯލިހު ކުރައްވާނީ ވަރަށް ރަނގަޅުކަންތައް އިނގޭތޯ