ގިސޯސް ހިފުމަށް ވަކާލާތުކުރަނީ ޤުރުއާނުގައި އެގޮތަށް އަންގަވާފައިވާތީ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ރިޔާސީ ކެނޑިޑޭޓް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވެފައިވަނީ ގިސޯސް ހިފުމަށް އޭނާ ވަކާލާތުކުރަނީ ދެ ސަބަބަކަށްޓަކައި ކަމަށެވެ. އެއީ ގުރުއާނުގައި އެގޮތަށް އަންގާފައިވުމާއި އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް ކަމަށް ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ގައުމެއްގައި އެ ވަގުތު ހުރި ވެރިއަކަށް ގިސޯސް ހިފުން ލާޒިމް ވާނެ ކަމަށެވެ.
ގިސޯސް ހިލަންޖެހޭކަން ގުރުއާނުގައި ވަރަށް ސާފުކޮށް އަންގާފައި އެބައޮތް ކަމަށާއި މީހަކު ހައްގަކާނުލާ އެހެން މީހަކު މަރައިިފިނަމަ އާއިލާއިން މާފުނުދޭ ހިދެއްގައި ގިސޯސް ހިފުން ތަންފީޒު ކުރުން ވަލިއްޔުލްއަމްރުގެ މައްޗަށް މަޖްބޫރުވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އާއިލާއިން މާފު ދީފިނަ އެކަން ތަންފީޒު ކުރާކަށް ނުޖެހޭނެ ކަން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު މިވާހަކަ ދައްކަނީ ސިޔާސީ ބޭނުމެއްގައި ނޫން. އަޅުގަނޑުގެ ބޭނުމަކީ މި ގައުމު ހަމަމަގަށް އަޅުވައި އަމާން މަގުތަކަކަށް ހެދުން. އަދި އެކަން ކުރެވޭނީ ގިސޯސް ހިފައިގެން.". އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މިހާރު ޝަރުއީ ހުރިހާ މަރުހަލާތަކެއް ނިމި މަރަށް މަރު ހިފުމަށް ކޯޓުން ކަނޑައަޅާފައިވާ މީހުންނަށް އެ ހުކުމް ތަންފީޒު ކުރެވޭނެ ކަމަށެވެ. އެގޮތުން މަރުގެ ހުކުމް ތަންފީޒުކުރަން ޖެހޭ ތިން މީހުން އެބަ ތިބި ކަމަށާއި ހުކުމް ތަންފީޒު ކުރުމުގެ ކުރިން އާއިލާތަކުގެ ރުހުން ހޯދާނެ ކަމަށް ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މިހާރު ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އޭނާ ފިޔަވައި އެހެން އެއްވެސް މީހަކަށް މަރުކުގެ ހުކުމް ތަންފީޒު ކުރުމަށް ނުކެރޭނެ ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން ވާހަކަދެއްކުމަށް ވެސް އެއްވެސް ކެނޑިޑޭޓަކަށް ނުކެރޭ ކަމަށް ވިދާޅުވިއެވެ. އެކަން ކުރަން ކެރޭނެ ހަމައެކަނި މީހަކީ އުމަރު ކަމަށް އޭނާ ވިދާޅުވިއެވެ.
ޢުމަރު ނޫނީ މިކަމާ ވަކާލާތު ކުރަން ކެރޭ ބޭފުޅަކު އަދި ނުފެންނާތީ ޢުމަރަށް ތާއީދު ކުރަން ނިންމައިފިން
ހޮވުނަސް ނުހޮވުނަސް އެންމެ ޤާބިލު ކެންޑިޑޭޓަށް ނޫނީ މަގޭ ވޯޓު ނުދޭނަން
ގިސޯސް ހިފުމަށް ހަމަ ތާއީދު. ނަމަވެސް އަހަރެން މުއިއްޒުއަށް ވޯޓުލާން ގަސްތުކުރާ 2 ސަބަބެއް ބުނެލަން.
1. އަނގައިން ދީނީ ކަންކަން އިސްކުރަން ބުނުމާ އަމަލުން މިކަން ދެއްކުން ތަފާތު. ސުވާލަކީ ޔޯގާގެ މައްސަލައިގަ މީހުން ހައްޔަރުކުރި އިރު، ލާދީނީ ޖަމާއަތްތަށް ދީނަށް ފުރައްސާރަކުރިއިރު އުމަރު ކޮބާތޯ؟ ޕީޕީއެމް ހުރީ ދީނައްޓަކައި ނިކުމެ އެންމެ ކުރީ ސަފުގަ
2. ހަމައެކަނި ގިސޯސް އެއްނޫން ދީނަކީ. އަދި ބައިވަރު ހުކުން އެބަހުރި. މި ކަންކަމަށް އެންމެ ރަނގަޅުކަމަށް ފެންނަނީ މުއިއްޒު. އޭނަކީ ޝެއިހެއްގެ ދަރިއެއް. އަދި ސަލަފް ޖަމިއްޔާވެސް އޭނައަށް ތާއީދުކުރޭ
ޔޯގާއާ ދެކޮޅުވެގެން ހައްޔަރުކުރި މީހުންގެ ދިފާޢުގައި ޢުމަރުވަނީ ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކާފައި. ލޮލުން ބަލައި ކަންފަތުން އަޑުއަހާބަޔަކަށް އެކަން އެނގޭނެ. ތަޢުލީމުގެ ތެރެއަށް ވަކި މާއްދާއެއްގެ ގޮތުގައި އިސްލާމީ އަޤީދާއާއި، އަޚުލާޤު ވެއްދުމަށް ޢުމަރު އަބަދުވެސް ވަކާލާތުކުރައްވާ! ރަލާއި އޫރުމަހުގެ ވިޔަފާރިއާއި ރިބާ ނައްތާލުމަށް ޢުމަރުގެ މެނިފެސްޓޯގައި ވަނީ ހިމަނާފައި.
ގިސޯސްހިފަންޔާ ކަލޭޖަލުގަ އަނިޔާކުރިމީހުނަށްދީ ކަލޭގެ ބުރަކަށިބިންދާލަން ފުރަތަ.
ކުއްކުރާ މީހުންގެ ބުރަކަށި ބިންދާ ނުލާތީ ގޭންގް އުފެދިގެން ބާރު ޖެހިގެން އުޅެނީ.. ބުރަކަށި ބިދުނީ މިސްކިތުގަ ހުއްޓާތަ؟
މިސްކިތުގަހުއްޓަސް، ގޭގަހުއްޓަސް، ޖަލުގަހުއްޓަސް ތަޅާއަނިޔާކޮށް ބުރަކަށިބިންދުމެއްނޯވެ އިސްލާމްދީނަކު. ތިއުޅެނީ ނުބައި ފޮތެއްކިޔާގެން
މިސްކިތުގަހުއްޓަސް، ގޭގަހުއްޓަސް، ޖަލުގަހުއްޓަސް ތަޅާއަނިޔާކޮށް ބުރަކަށިބިންދުމެއްނޯވެ އިސްލާމްދީނަކު. ތިއުޅެނީ ނުބައި ފޮތެއްކިޔާގެން
މިގައުމުގަ ކުއްކުރަނީ ގޭންގު އެކަނި؟ ނިދާހޭލާ ދޫންޔާ ފުރަތަމަ
މުއިއްޒުގެ މައްސަލައަކީ ހިންގުންތެރި ނޫންކަމަށްވާތީ. މާލޭގެ ޓްރެފިކް މައްސަލަވެސް ހައްލުނުވި. ނުވިތާކަށް މަގުތަކުގަ ގޮޅިކުރަހާފަ ވިއްކާލީ ވެހިކަލް ޕާކިންގއަށާ. މިހާރު ޓެކްސީ ބާއްލާާނެ ތަންކޮޅެއްވެސްނެތް ތަނަކަށް ގޮސްފަ. ގަރާޖުގަ އަބަދު ބާއްވަންޖެހެނީ.
އުމަރުގެ އަތްވެސް ފުރަތަމަ ޖެހޭނީ ބިންދާލަން ސަބަބަކީ އައްޑޫ އިން އުމަރު ވަނީ ކުޑަ ކުއްޖެއްގެ އަތްފައި ބިންދާލާފާ ފުލުހެއްގެ ގޮތުގައި އުޅުނު އިރު މިކަން ހަދާން އެބަހުރިތަ އުމަރު އެކުއްޖާ ފުލު ލަންކާއަށް ގެންދިޔަ ފަހުން އާއިލާއަށް ރޭކާވެސްލީ
ހަމަގައިމުވެސް އުމަރުނަސީރު އަޅުގަނޑުގެބުރަކައްޓެއްނުބިންދާ. އެއީއަޅުގަނޑެއްނޫޅެންވިއްޔާބުރަކަށިބިންދާގޮތަކަށް. ބުރަކަށިބިންދާގޮތަށްއުޅެންޏާބުރަކަށިވެސްބިނަދަންވީ
ޢުމަރު ބަރާބަރު
އަހަރެން ހިތައް އަރަނީ ކީއްވެބާއޭ އިލްމުވެރިން މީނަކޮޅަށް ނާރަނީ އަސްލު ޝޭހުންވެސް ބޭނުންނުވޭ އިސްލާމީޝަރީއަތެއް
ޥ ރަނގަޅު ވާހަައެއް. އިލްމުވެރިންނޭ ކިޔަސް ދުނިޔޭގެ މަންފާއަށް އުޅޭ ތަން ފެންނަނީ، އެހެންވީމަކާ އުމަރުގެ ފަހަތަކަށް ނާރާނެ އެއްނު.
އުމަރާ! ބަހުސުގައި ބައިވެރި ވާއިރު ކީރިތި ޤުރުއާން އަތްޕުލުގައި ބާއްވައިގެން ވަޑައިގަންނަވާ! އަދި ރައްޔިތުންގެ ކުރިމަތީގައި ވިދާޅުވެދެއްވާ ތިމަން މަނިކުފާނުގެ މުނިފެސްޓޯ އަކީ ޤުރުއާން ކަމަށް. އެއްބުރުން ރައްޔިތުންގެ ވޯޓުން މަނިކުފާނު ހޮވުން ވަރަށް ގާތް.
އައްޗީޑި އޫމަރާ!!!! ތިކިޔާ ގިސޯސަކާ ޗިލީ ސޯސެއް ކަމުނުގޮސް އަހަރުން މައުމޫނު ބޭލުވީވެސް....
ގިސޯސްތަ ނުހިފިގެން މިއުޅެނީ ތިހާ އިސްލާމީ ޝަރިއަތް ވެގެން އުޅެންޏާ ފާޅުގަ ރިސޯޓުތަކުގަރަލާ އޫރުމަސް ވިއްކުން ބަންދުކުރަން ވަކާލަތު ނުކުރަނީ އެއީ ތިބޭފުޅާދަންނަ އިސްލާމްދީނުގަ ހުއްދަކަމަކީތަ؟
ގާނޫނު ހަދައިގެން އަންހެންވެރިން ބުރުގާ އަޅުވާ ފެންވަރަށް ވިސްނުންހުންނަ މީހުންނަކަށް ދުވަހަކުވެސް ވޯޓެއްނުދޭނަން އިސްލާމީ އެތައްގައުމެއްގަ ޔޯގާ ހަދާއިރު އެވަރުގެ ފާފައެއް ނުވާވަރަށް މިތަނުގެ މީހުންގެ ބޮލައްޗިޕުޖަހަމުންމިދަނީ އަނެއް ސޭކް އުޅެނީ އަންހެން ކުދިން ހިތާނުނުކުރެވިގެން
އެހެންވެ ދޯ އުމަރު ހޯމް މިނިސްޓަރުކަމުގަ އުމަރު ބެލުމުގެ ދަށުން ރާއްޖެއަށް ކުއްތާ އެތެެރެކުރުވީ!
ބަލަގަ މިހިރަ އުމަރާ.ކަލޭގެ ބޫޓުން ޖެހިޖެހީނުން މީހެއްގެ ބެކް ބޯންދުއްވާލީއޯ. ގުރުއާން ގައި އެއްމެ ބޮޑައް ބާރު އަޅަނީ އިންސާނުންނަ ހެއުކޮއް ކަންތައްކުރުމައް. ކަލޭ ކަހަލުގެ މީހަކައް 450ވޯޓު ލިބުނަސް ގިނަ. ގައިމުވެސް ކަލެއައް އަހަރެންގެވޯޓެއް ނުދޭނަން.