ޑިފެންސް މިނިސްޓަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ހައްޔަރުކުރަން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.
ރޭ ބ. އޭދަފުށީގައި ޕީއެންސީން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މާރިޔާއަކީ ޑިފެންސް މިނިސްޓަރުކަމަށް ވާތީ އެއްޗެއް އަސްލު ބުނަން ބޭނުން ނުވާ ކަމަށާއި ނަމަވެސް މިހާރު މާރިޔާ އަދާ ކުރައްވަމުން ގެންދަވަނީ ދިފާއީ ވަޒީރުގެ ރޯލެއް ނޫން ކަމަށެވެ.
އެގޮތުން މާރިޔާގެ ވާހަކަފުޅުތަކުގެ ސަބަބުން ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އޭނާގެ އަނބިކަނބަލުންގެ ސަލާމަތަށް ނުރައްކާ ވެފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
އޭނާ އެ އިޝާރާތް ކުރެއްވީ މުއިއްޒުއަކީ ހަރުކަށި ފިކުރުގެ މީހެއްކަމަށް މާރިޔާ ތަކުރާރުކޮށް ދައްކަވަމުންދާ ވާހަކަ ތަކަށެވެ.
ޝަހީމް ވިދާޅުވީ އެ ވާހަކަތަކުގެ ސަބަބުން ބޭރު ގައުމުތަކަށް ދަތުރުކުރުމުގައި ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިނިސްޓަރު މާރިޔާއޭ ރާއްޖޭގެ ވެރިކަން ކުރަންވީ ލިވާތު ކުރުމާ ގުޅުންހުރި ބައެއްތޯއޭ. ރާއްޖޭގެ ވެރިކަން ކުރަންވީ މަސްތުވާތަކެއްޗާ ގުޅުންހުރި މީހުންތޯ. ރާއްޖޭގެ ވެރިކަން ކުރަންވީ ނޮވެމްބަރު ތިނެއްގައި 19 ދިވެހިން ޝަހީދުކޮށްލި ޓެރަރިސްޓުންނާ ގުޅުންހުރި ބައެއްތޯ. މިއީ ސަމާސާ ވާހަކައެއް ނޫނޭ މާރިޔާ،" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް އިތުރަށް ވިދާޅުވީ މާރިޔާ ހުދޫދުން ބޭރުވެފައިވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް އަޅުގަނޑު ގޮވާލަނީ މާރިޔާ ވަގުތުން ވަގުތަށް ހައްޔަރުކުރަން. މާރިޔާ ހައްޔަރުކުރަންޖެހޭ. މި ރާއްޖޭގައި ތިބި ސިޔާސީ ލީޑަރުންގެ ސަލާމަތަށް ނުރައްކާ ވާވަރަށް މާރިޔާ އެ ނުރައްކާ ކުރަމުން ދަނީ. މިއީ ސީރިއަސް މައްސަލައެއް. ދެން މާރިޔާ އެ ޖެހިވަޑައިގަތީ މުއިއްޒުގެ އަނބިކަނބަލުންގެ ގައިގައި. ސާޖިދާ ފެނުނީމާ މާރިޔާއަށް ވާގޮތެއް ނޭނގޭ. މާރިޔާގެ ނޫސް ކޮންފަރެސް އަޑުއަހާލީމާ މާރިޔާ މި ވިދާޅުވަނީ ސަލަފު ޖަމިއްޔާގެ ރައީސްގެ އެއްބަނޑު އެއްބަފާ ބޭފުޅެކޭ ސާޖިދާއަކީ. މާރިޔާ! ސާޖިދާއަކީ ސަފަލުގެ ރައީސްގެ އެއްބަނޑު އެއްބަފާ ބޭފުޅެއް ނޫން. ސަލަފު ޖަމިއްޔާގެ ރައީސްގެ އެއްބަނޑު އެއްބަފާ ބޭފުޅާ އެހެން މީހަކަށް ދ. އަތޮޅުން ކައިވެނި ބައްލަވައިގެން ލިބިފައި ހުރި ކުއްޖެއް ސާޖިދާއަކީ.". ޝަހީމް ވިދާޅުވިއެވެ.
ހަމަ ހައްޔަރު ކުރަންވީ. އެތައް ޖަރީމާއެއް އޭނަ ހިންގާފަވޭ
ސަހީމު ބުންޏަސް އެއީ މިހާރު ކުރަންވެފައވާ ކަމެއް!
މަރިޔާ ހިއްސުތަ ހޭލައިގެން އެހެންމީހުނަށް ބަލާބޮޑުނުކުރެއްވުން އެދެން
ދީން ކިޔަވައިގެން ދީނައް ޢަމަލު ކުރެވޭތޯ ބަލަންވީ ހަޅޭނުލަވާ
މުއިޒުގެ ކޯޓުގަ ހުރި މައްސަލަތައްވެސް ކުރިޔައް ގެންދެބަލަ.
ހައްޔަރު ކުރަންވީ ތިބޭފުޅާ. ބޮނަކުއާ ފެންފުޅި ބޮއެގެން ހިލޭ އަނހެނުން މޮޑނީ.
މާރިޔާ ހައްޔަެޔ ކުރޭ
މާރިޔާ ގާތުވެސް މިހާރު ބުނެފިން މާވާހަކަ ގިނަނުކޮއް ފޮށި ތަންމަތި ތައްޔާރު ކުރާށޭ.ބާކީ އޮތީ 9ދުވަސް ު
ބޭފުޅާ ކިތަންމެ ފޮނުއެރުވިޔަސް، އެމްޑީޕީ އަށް ވުރެ ގިނަވާނެ ތިބައިގަނޑު ކައިރީ އެނބުރޭ ގުންޑާއިން. މާލޭގަ ބޯދިގު ސައިކަލް ބުރު ޖެއްސޭނީ ތިބޭފުޅުންނަށް، ކަމެއްވެ ޔާމީން އަށް އެބަސްބަސް ރައްދުވަނީ.
މިގައުމުގާ ފިތުނަ ފަސާދު އުފައްދަނީ މާރިޔަާ ގެ ޓީމް
މާރިޔާ ޑިފެންސު މިނިސްޓަަރކަށް ކުފޫ ހަމައެއް ނުވޭ
ސަންގޯރު ޗޯރު އިބުރޭ ސޮއްޑުދަށުން ދާނޭކަން އެގޭތީ އެކަލޭގެ އެހުރީ ގޮވާފަ!
މާރިޔާ ﷲގެ އިސްމުފުޅަށް ފައިން އެރިތަން މަވެސް ދެކުނިން ދެން ދައްކަން އޮތި ކޮން ވާހަކައެއް ﷲގެ އިސްމުފުޅަށް ފައިން އެރި މީހަކު ނުކުރާނީ ކޮންކަމެއް ؟
މިއީ އެންމެނަށް އެނގޭ މީހުން އަލަންގިރިކުޅުނީމަވެސް ފިޔަވަޅުނޭޅި އަދަބު ނުދޭ ގައުމެއް. މީހުން މެރީމަވެސް ހައްގު އަދަބު ނުދެވޭ. މިސްކިތްތަކަށް ގޯނާ ކުރީމަ އަދަބު ނުދެވޭ. ސިހުރު ހެދީމަ އަދަބު ނުދެވޭ. ޒިނޭ ކުރީމަ އަދަބު ނުދެވޭ ގައުމެއް. ދީނަށް ފުރައްސާރަކުރީމަ އަދަބު ނުދެވޭ ގައުމެއް. މިކަން މިހެންވީ މިތާ ރައްޔިތުން މަޖިލީހަށާއި ވެރިކަމަށް ލާދީނީކަން އިނގޭ އެތައް ބަޔަކު ހޮވައި ފައިސާއަށް ވޯޓުދިނީމަ. އަދި ރައްޔިތުންވެސް ވަކި ސަހަލެއްނޫން ކަރަޕްޝަނާއި ލާދީނީ ކަންކަމުގައި އުޅޭއުޅުމުގައި. ރާއްޖެ މިއޮތީ ނޭނގިތިއްބާ ލާދީނިއްޔަތާއި ކުފުރު ފެތުރި ގައުމު ފަސާދަވެ ވެރިން ފަސާދަވެ ރައްޔިތުން ފަސާދަވެ މުޖުތަމައު ފަސާދަވެ އިލްމިވެރިންވެސް ފަސާދަވާހާލަތަށް ވެއްޓިފަ.
ވަގުތުންްްްްްް ވަގުތަށް ހައްޔަރު..
ޝަހީމް މިވެރިކަމަކު ތިކަމެއް ނުވާނެ
ޝަހީމު ވައްކަންކޮށްގެން ހުޅުވި ރަންފިހާރަ ކޮބާހޭ؟ އެންމެ ފުރަތަމަ ކައިވެނިކުރި ނިކަމެތި އަންހެން ކުއްޖާއައް ދިނީ ކޮންފަދަ ދޯކާއެއްހޭ؟ ބޮނަކުއާ މޮޑެން އޮތީ ކޯންޗެއްހޭ؟
މާރިޔާ ހަށްޔަރުކުރުން މާލަސްވެއްޖެ 9 ދުވަހަށް ވެއްޖެ އަވަސްކުރޭ އަވަސްކުރޭ ގައުމު ފަޅާލައިފި ދުވަސްދުއްވާލައިފި އިންޑިއާ އިތުރު 30 ސިފައިން ހާޖާނު ހަދަން ގެނެސްފި .
ޝަހީމް މާރިޔާއާއި ދެއަންބައް އިންނަންވީ.
ޝަހީމު ކަލޭ ހައްޔަރު ކުރަންޖޭ ހުރިހާ ރުކުނެއް ހުރީ ފުރިހަމަ ވެފަ. މަދީ ކޯޓު އަމުރު އެކަނި. ކަލޭ ޒިނޭ ކުރަން ތައްުޔާރު ވަމުން ދިޔަތަން އަހަރުމެން ދެކުނިން.
މަާރިޔާމެން އެހެން ކިޔާ ސަބަބަކީ 5 ވަގުތު ނަމަާދު ކުރާމީހުންނަކީ އެމީހުންގެ ނަޒަރުގާ ހަރުކަށި ފިކުރި ގެންގުޅޭމީހުން. ދީނަން ލޯބިކޮށް ދީނީ ކަންތަކަށް ބާރު އަޅާ މީހުން އެއީ އެމީހުން ކިޔާ ހަރުކަށި ފިކުރުގެ މީހުން.
ގައިން ތާހިރުނުވެ ތިބޭ ގެރިއަށް އަޅުކަންކުރާ މީހުން އެއީ އެމީހުންގެ ބެސްޓް ބަޑީޒް އެއީ ރަނގަޅު މީހުން . ޢެހެންވީމާ ވަރަށް ސާބިތު. މާރިޔާ ޖެހޭނެ ކޮންމެހެންވެސް ހައްޔަރުކުރަން
ޝަހީމު ތިބުނީ ހެޔޮކޮށް..
އަވަހަށް ހައްޔަރު ކުރޭ..
މާރިޔާ އަދަގެނޑި ޖަހަފެއި ބާވާއްވީ