ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ސިޔާސީ ދާއިރާއަށް ނުކުތީ އަދާލަތު ޕާޓީގެ ހާލީގައި އޮވެގެން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ސިޔާސީ ދާއިރާއަށް ނުކުތީ އަދާލަތު ޕާޓީގެ ހާލީގައި އޮވެގެން ކަމަށެވެ. އޭރުވެސް މުއިއްޒު ދިޔައީ އަދާލަތުން ކުރަމުންދިޔަ ހުރިހާ ކަމަކާއި ދެކޮޅު ހަދަމުން ކަމަށް އިމްރާން ވިދާޅުވިއެވެ.

"މުއިއްޒުގެ ސިޔާސީ ވަރަ ފެޅީ އަދާލަތު ޕާޓީގެ ހާލީގައި އޮވެ ކައިގެން. އަޅުގަނޑުމެން ކާންބޯން ދީގެން." އިމްރާން ވިދާޅުވިއެވެ.

ވެރިކަން ބަދަލުވެގެން މަޤާމުތައް ބަހަންޖެހުމުން މުއިއްޒު އޭނަގެ ކައިރިޔަށް އައިސް "ކުޑަކުއްޖަކު މަންމަ ކައިރީ ރޯހެން" ރުއި ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. އަދި އޭނަގެ ލަގޮނޑިއަށް ކެތް ނުކުރެވިގެން މުއިއްޒުއަށް މަޤާމެއް ދެއްވީ ކަމަށާއި ޕީޕީއެމް ސަރުކާރެއް އައުމުން އަދާލަތު ދޫކޮށްދިޔައިރު އަންގާވެސް ނުލާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި - ވަގުތު އިމޭޖްސް: އަހްމަދު ޖައިޝަމް

އިމްރާން ވިދާޅުވީ މުއިއްޒުއަކީ ޔާމީނަށްވެސް ވަފާތެރި މީހެއް ނޫން ކަމަށާއި އަބަދުވެސް ވެރިކަމައިގެން ތެޅޭ މީހެއް ކަމަށެވެ.

"މުއިއްޒު ހުރީ ވެރިކަމަށް ފައްކާވެ ތައްޔާރަށް، ހިތުގެ އަޑިން ކިޔާލަ ކިޔާލާ އޮތީ ޔާމީން ޖަލުގައި ލައްވާންދޭވެ!"އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ހިނގާ ދިޔަ ކަންތައް ތަކަކީ ޤައުމަށް އަދި ރައްޔިތުންނަށްވެސް އެހާ ރަނގަޅު ކަންތައްތަކެއް ނޫން ކަމަށާއި އެދުވަސްތައް އަނބުރާ އަންނަން ނޭދޭ ކަމަށެވެ.

އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ - ވަގުތު އިމޭޖްސް: އަހްމަދު ޖައިޝަމް

"ރައީސް ނަޝީދުގެ ވެރިކަމުގައި ހިނގާދިޔަ ކަންތައްތަކަކީ މިޤައުމަށް މާ ރަނގަޅު ކަންތައްތަކެއް ނޫން. އެދުވަސްތައް އެނބުރި އައުން އެއީ މިއަދު އަޅުގަނޑުމެން އެދޭނެ ކަމެއް ނޫން." އިމްރާން ވިދާޅުވިއެވެ.

2011 އަދި 2012 އަކީ ރާއްޖެއަށް ސިޔާސީ ގޮތުން އައި އެންމެ ހަލަބލޮ ދެ އަހަރު ކަމަށާއި އެކަންތައް ތަކުރާރުވާން ދޫކޮށްލައިގެން ނުވާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. އަދި ހަމައެއާއެކު 2013 އިން 2018 އަށް ވެގެން ދިޔައީ ރާއްޖެ މިނިވަންވީ ފަހުން ރާއްޖޭގެ އެންމެ ގިނަ ސިޔާސީ ލީޑަރުން ޖަލުގައި ހޭދަކުރަންޖެހުނު ފަސް އަހަރު ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މިކަންތައް ތަކުރާރުވެ އެދުވަސްތައް އަނބުރާ އަންނަން ނޭދޭނަމަ ރައީސް ސޯލިހުއަށް ދެވަނަ ދައުރެއް ދެއްވުމަށް އިމްރާން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ވާންބެ

    ސޭކު އިމްރާން ދައްކާ ވާހަކަ ގަބޫލު ކުރާނީ ސޭކުން. މުއިއްޒުގެ ތާއީދު ބޮޑުވުމުން ތިޔަ ޖަލްސާގަ ވެސް ގޮވީ މުއިއްޒު މުއިއްޒު 2023 ✅

    114
    2
  2. Anonymous

    އިމްރާނުގެ ވަރަފެޅީ ޔާމީންގެ ހެޔޮފުޅުކަމުން.

    108
    2
  3. Anonymous

    ވަށަފަރު އާދަމް އަބްދުއްރަޙުމާންގެ ދަރި ހުސެއިން އަބްދުއްރަހުމާނުގެ ދަރި ޑރ މުއިއްޒަކީ މުނި މުނިކާފައިން ފެށިގެން ވެެރިކަމުގައިތިބި ބައެއް. ހއ ގެ އެންމެ.މުއްސަނދި އެއް އާއިލާ އެއީ. މާލޭގަ ބޮޑު ގޯއްޗެއް އޮތީ މުނިކާފަގެ އެއްބަނޑު އެއްބަފާ ކޮށްކޮ މާލެއިން ހިއްކި ގޯތި ދިނުމުން. އެމީހުނަކީ މުދާވެެިކަމާ އިލްމު ފެށުނީއްސުރެ ލިބިތިބި އިލްމީ މުއްސަނދި އާއިލާއެއް. އިމްރާނަކީ ކާކު؟ ނަމެއްނެތް. އަގެއްނެތް. ކުރިކަމަކީ 6 ދަރިންނާއެކު އަނބި މީހާ ވަރިކޮށް އެއްލައިލި ގޮތްނެތް އަގެއްނެތް ދީނެއްވެސް ނެތް މީހެއް.

    126
    2
  4. މުއިއްޒު 2023

    މުއިއްޒުގެ އިތުރުން އެތައް ރައްޔިތުންނެއް އޭރު ދެކުނީ އަދާލަކީ ދީނީ ރަނގަޅު ޕާޓީއެއްކަމަށް. ގައުމު ލާދީނިއްޔަތުން ސަލާމަތްކުރަން އޮތް މަގެއްކަމަށް. ނަމަވެސް އަދާލަތުގެ އިސް ވެރިން ލާދީނީ މީހުނާ ގުޅި އެމީހުންގެ ލާދީނިއްޔަތުގެ ނިވާ ފަތްގަނޑަކަށް ވަނީ ވެފަ. އަހަރުމެން މިހާރު އަދާލަތުދެކެ ނަފުރަތު ކުރަން. ސަބަބަކީ އަހަރުމެން އެއްއިރެއްގެ އަދާލަތުދެކެ ހިތުގެ އަޑިން ލޯބިވީތީވެ

    113
    1
    • ޢާދިލާ

      ޢެމްޑީޕީ އިން މީހުން އެއްކުރީ މީހުން ގެ ފޯނަންމެސެކޖްކޮށްގެން ރަށްރަށުން މީހުންގެނެސްގެން

  5. ކަމަނަ

    ޢިމްރާނު ސިޔާސީ ވަރަފެޅީ އެމް.ޑީ.ޕީ އަށް ހެއްދެވި ނުހެއްދެވިއަށްދީ، ޔާމީންނޭ ކިޔައިގެން ސާބިތުނުހިފޭ ބުހުތާން ހަދައިގެން. ޝޭޚެކޭ ކީމަވެސް އަހަރެމެން ލަދުގަނޭ. ދެން ކަލޭ ތިޔަހަލާކު ކުރީ ދުވަހަކުވެސް މިކަހަލަ ކަމެއްކުރާނެކަމަށް އަހަރެމެން ހީވެސްނުކުރާ ފަދަ ޝޭޚެއް. ޝޭޚު އިލިޔާސް. ކަލޭމެނަކީ ދީނީ އިލްމުވެރިންގެ ތާކިހާ އަޅައިގެންތިބި ހަސަދައިން ފުރިފައިތިބި ބައިގަނޑެއް. ކަލެއަށް ޗެލެންޖްކޮށްފައި މިބުނަނީ މިރާއްޖޭގައި އެބަހުރިހޭ ކަލޭމެން އެއްވެސްމީހަކު ކުރިމަތިލައިގެން މަޖިލީހަށް ހޮވާނެ ދާއިރާއެއް.

    92
  6. ހުސޭނުބޭ

    ކޮބައިހޭ ކިތާބީ ހެކި ކައްޒާބާ!

    81
    1
    • ކަމަނަ

      މިކަލޭގެ ކިތާބީ ހެއްކޭ ކިޔައިގެން ގަނޑުތަކެއްވެސް ދައްކަފާނެ. ޔާމީނާ ދެކޮޅަށް ބުހުތާން ހެދިއިރުވެސް ގަނޑުތަކެއް ދައްކާ ރޮއެވެސް ހެދިޔޯ. އެހެންވީމާ މީނާ ކިތާބީ ހެއްކޭ ކިޔާފަ ގަނޑުތަކެއް ދައްކަންވެސް ފަހެއް ނުޖެހޭނެ. ދަރިންގެ އަމަޔަށް ނުހިތި ހިތުމެއް މިކަލޭގެ އެެހެން މީހަކަށް ހިތާނެކަމަށް ގަބޫލުކުރާނީ ބުއްދިނެއްމީހެއް.

      57
      1
  7. ޖަބީނު

    ކި ކައްޒާބުގެ ހުރި ހަޔާތްކުޑަކަން ނިކަން ދެކެބަލަ. ކަލޭމެނަކީ ހާއްޔެއް ހެދޭވަރުގެ އުރައްޕެއް ހުރިބައެއްކަން ގަބޫލުކުރާ ބަޔަކު މިރާއްޖެއަކުނެތް. އެވަރުގެ އުރައްޕެއް ނެތިގެން އަބަދުވެސް ވެރިކަންލިބޭނެހެން ހީވާބައެއްގެ ތައްޕާހުން ހިހޫތަނުންކައިގެން މަކަރުން އުޅެން ދަސްކޮށްފައިވާ ބައިގަނޑެއް. ކަލޭމެން ޕާޓީއަށް ވަރަށް ސަލާމް.

    49
    1
  8. ކަލޯ

    މިކަލޭގެ އަދި އިސްލާމްދީނަށް ވެސް މަލާމާތްކުރާނެ

    49
  9. ހަގީގަތް

    އިމްރާންގެ ވަރަތައް ފައިބަނީ މިހާރު

    48
  10. ޖަނާ

    ކޮންމެޔަކަސް ފަހަރި ވަރަށް ބޮޑަށް ހިތަށް ތަދުވެ އަސަރު ކޮށްފި. ރަނގަޅު ވާހަކައެއް ހަމަ، ފަހަރި ގެ ހުކުމް ތަންފީޒު ކުރުން އޮންނާނެ. އަދި މިހާރު ތިޔަ ހިނގާ ޤާނޫނާ ޚިލާފު ހުރިހާ ކަމެއްގެ އަދަބުން ފަހަރި ސަލާމަތް ކުރަން ރައްޔިތުން ޤުރުބާން ވާންވީ ކީއްވެ

    43
    1
  11. ދެބޯގެރިއިމްރާން

    ފަހަރިކޮސްގޮވަނީ މިރުވެރިކަމުގަހުރީމުއީޒްތަ ޔަމީންޖަލުގައޮތީ މުއިޒްގެވެރިކަމެއްގަ ހޯމް މިނިސްޓަރް އަބުދުއްރަހީމް އަދުރޭތިއެއްމެންގެ މައްސަލަތައްބަލާ ގާނޫނުގަވާގޮތުގެމަތިން ގޮޅިއައްގެންދާނެ މާގިނަދުވަސްތަކެއްނެއް 8ވަރަކައްދުވަސްއޮތީއެޖަވާބައް އިންތިޒާރް ކޮއްލައްވާ މިއީ2008 ނޫންކަލޭމެންދައްކާ އަދިދީނީގޮތުންވެސްދައްކާވާހަކަގަބޫލުކުރަން ތާކިހާވިއްކާގުރޫޕްގެ އޭރުނަސްރީނާ ފެނުމުން ކަލޭކަރައްނާރުއަރަނީ ބުރުގާނެތީމަ މިހާރުމޭރީއޯކޭ

    18
  12. ބީޓޭ

    އެމްޑީޕީން މިރޭ ބޭއްވި ޖަލްސާ ފެށިގެން ނިމެންދެން
    އެޖަލްސާގަ ބައިވެރިވިން. މުޅިޖަލްސާގަ އޮއްޓަރު ހުރިމުޅިރްއޔިތުންގެ ލާބައާއިމަންފާކުރާނެ ކަމެއްގެ ގޮތުން އަޑައްބާރުލާފަ ދެއްކުނީއެންމެ ވާހަކައެއް. އެއީގޯތިދިނުމުގެެވާހަކަ. ނަމަވެސް އެގޯތިތަކުން މަދުގޯއްޗެއްފިޔަވާ ގިނަގޯތިހުރީއަދިހިކިފަސް ތަނެއްގައެއްނޫން. އިތުރައް ފައިދާކުރަނިވި ވާހަކައިގެ ބަދަލުގަ ދެއްކީމުޅިން ވެސްތާކުންތާކުނުޖެހޭ ވާހަކަ. މާޒީވެގެންދިޔަ ދުވަސްތައްކަމުނުދާތީ ރައްޔިތުން ގެނައި މިއަދުގެ ސަރުކާރުގަ ހަރުދަނާ ކަމެއްހުރިނަމަ ރައްޔިތުންނައް އުންމީދީ ތަރައްގީތަކެއްގެެސްދީ ޖަލްސާފުރިހަމަކުރާނެ ގޮތެއްނުވިސްނުނު. ކިޔައެއްނުދެވުނު. ބިނާކުރުވަނިވިހަރުދަނާ ޕްލޭން އެއްތަސައްވުރުކޮށްދީ ސިފަކޮށްދިނުމުގެ ބަދަލުގަ މުޅިންވެސް ދެއްްކުނީ މާޒީގަ ކަންހިނގިގޮތްތަކާ އަނެއްކެންޑިޑޭޓެއްކެ ވާހަކަ. ތަފާތެއްފާހަގަވީ ޑރ މުއިޒްގެފާތުން . ޑރ މުއިޒް އަނެއް ކެނޑިޑޭޓް އެއްގެ މަސްކެއުމުގެ ވާހަކަދެއްކެވުމުގެ ބަދަލުގަ ހަރުދަނާ އުންމީދީޕްލޭން ތަކެއްވަނީހުށައަޅާދެއްފަ. ފެނިގެންދިޔައި ގްރޭޑް 10އެއްގެ ފެންވަރާ ޕީއެޗްޑީގަހުރިފަރަގު.

    27
    1
  13. މަ

    ޥަށަފަރު އާދަމް އަބްދުލް ރަހްމާނާއި ހުސެން އަބްދުލް ރަހްމާން (މުއިއްޒުގެ ބައްޕާފުޅަކީ) ސިބްލިންގްސް. މުއިއްޒުގެ ބައްޕާފުޅު ނިޔާވީ މައްކާގެ މާތް ބިމުގަ ހައްޖު ވާން ގޮސް އުޅުއްވަނިކޮށް . މުއިއްޒު ގެ އަންކަލް ވަށަފަރު އާދަމް އަބްދުލް ރަހްމާނަކީ ވަރުގަދަ ސިޔާސީ ލީޑަރެއް. ދިވެހި ދައުލަތައް ރިސޯޓް ތަކުން އާމްދަނީ ލިބެން ފެށީ އެމަނިކްފާން މަޖިލިސް ގައި އިންނަވައި ހުށައެޅުއްވި ބިލް ފާސްވުމުން.

    23
    1
  14. މުހައްމަދު

    ސޭކް އިމްރާނުގެ ވަރަ ފެޅީ ދޮގާއި މަކަރު ހަދައިގެން. އެމް. ޑީ. ޕީ އާއި ގުޅޭނީ ވެސް ގޮތްކުޑަ މީހުން.

    26
    1
  15. ޜޮޒޭ

    ފަހަރި ކޮބާކައޭ

    19
    1
  16. ކުންބެ

    ތި މަރައްތެޅެނީ ރ ފުއްގިރި ކަލެއައްދީފައިނީމަ
    އަދި މީނާގެ މުޑުދާރުކަން ވަރައް ރަގަޅައް އިގޭނެ

  17. ޙާޝިމް

    މީނާ އަށް ޝައިޚް ކިޔުން މިހުއްޓާލީއެވެ. ދުލާއި ހިތް ނުބައިކަން އެނގުނީތީއެވެ. ނަހީކުރައްވާފައިވާ ކަންކަން ސިޔާސީ މަންފާއަށް ކުރާތީއެވެ.

  18. ޕޮގުބާ

    މިޖާހިލު ކަލޭގެއަށް ތާއީދުކުރާ މީހަކުނޫޅޭ މަގާމް ހޯދީ ދަރުކާރަށް ބިރު ފަށްކައިގެން މިނުބައި ޖާހިލު ކަލޭގެ ހަލާކު ކުރަށްވާށި އާމީން

  19. ނަސީރު

    މިހާރު އެޕާޓީއެއް ނެތް. ދެން ބުނޭ އެއީއޭ އަހަރަމެންގެ ކެންޑިޑޭޓަކީ

  20. ނަމަ

    ދެންފެންނާނީ އިމްރާން ގެ ވަރަ ކޮށާލާތަން ކަންނޭގެ

  21. Anonymous

    ތި ބަސް ފުލުން ވެސް އެ އިގުނީ ރޔ އެ އީ ހިންހެޔޮ ވެރިއެއް ކަން

  22. Anonymous

    ދިވެހި ރައްޔިތުން ވަނީ ގޯސްހެދީމާ ރައީސް މައުމޫނު ބޭރުކޮށްފައި، ނަޝީދު ބޭރުކޮށްފައި، ވަހީދު ބޭރުކޮށްފައި، ޔާމީނު ބޭރުކޮށްފައި، ސޯލިހު ބޭރުކޮށް، އަދި އަދާލަތުޕާޓީން އިމްރާނު ވެސް ބޭރުކުރާނެ !

  23. Anonymous

    2018 ގައި އެމްޑީޕީ އާއި އިންޑިޔާ އެމްބަސީން މިރާއްޖޭގެ ވެރިކަން އެމްޑީޕީއަށް ހޯދާދޭން ހެދި އުުކުޅަކީ ސިޔާސީ ގިނައަދަދެއްގެ މީހުން ޖަލައްވަދެ ރައީސު ޔާމީނު ސަރުކާރަށް ނަފުރަތު އުފައްދާ ރައްޔިތުން ޖަޒުބާތުގައި ޖައްސާ ގުންބޯ ހައްދާލާ، ވޯޓަށް މަކަރުހަދާ އޮޅުވާލާ، އަދާލަތު ޕާޓީގެ ދެތިން ޝޭހުން ބޯކާލާ ގުންބޯ ހައްދައިގެން އެމްޑީޕީން ހޯދި ސަރުކާރެއް !

  24. Anonymous

    ޢަދާލަތު ޕާޓީ ރީފޯމްކޮށް އާލީޑާޝިޕަކަށް ފުރުސަތު ފަހިކުރަން އެބަޖެހޭ، ފާއިތުވެ ދިޔަތަނުގައި ލީޑާޝިޕުން ގޯސްތަކެއް ހެދިފައިވާކަން މެމްބަރުން ފާހަގަކުރޭ، ލީޑާޝިޕް ރީފޯމް ކޮށް ރަގަޅު ދުޅަހެޔު ދީނީ ސިޔާސީ އިޤުތިސާދީ އިޖުތިމާޢީ ޕާޓީއަކަށް އަދާލަތު ޕާޓީ ހަދަން އެބަޖެހޭ !

  25. 27

    ސޯލިހުގެ ވެރިކަމުގައި ހިގާ ގޯސްތަކާއި މިނިސްޓަރުން ކުރާ ވައްކަން އިމުރާނަށް ނުފެނި، ހަމައެކަނި އިމުރާނަށް ފެނުނީ ޔާމީނުގެ ވެރިކަމުގެ ގޯސްތަށް، ބަލަ އިމުރާނުވެސް ސިޔާސީ ވެގެން ތިއުޅެނީ އަދާލަތުގެ ތެރެއިން، މިހާރު ރީދޫ ހުންޖެހިގެން އުޅެނީ ، ޑރ މުއީޒު އަދާލަތުގެ ތެރެއިން ސިޔާސީ ވުމަކީ މަސަލައެއްތޯ އަދި ވެރިކަން ހޯދަން އުޅުމަކީ މަސަލައެއްތޯ، އިމުރާނުވެސް އުޅެނީ ވެރިކަން ހޯދަން ނުންތޯ ؟

  26. Anonymous

    މާލޭގެ ރައްޔިތުންނަށް ގެދޮރު ގޯތި ބޯހިޔާވަހިކަން ހޯދަދޭން އެންމެ ފުރަތަމަ ޔާމީނުގެ ސަރުކާރުގައި އެކަން އިއުލާން ކުރެއްވީވެސް ޑރ މުއީޒު މިހާރު އެމްޑީޕީ ސަރުކާރުން އެކަން ތަންފީޒުމުރަން އުޅެނީ ވޯޓް ހޯދަންވެގެން، އޭރުގެ ސަރުކާރުން ގޯތި ގެދޮރު ދޭން ނިންމާފައި އޮތީ ބިންހިއްކާ ބިން އިތުރުކޮށްގެން ، މިސަރުކާރަކަށް ބިމެއް ނުވެސް ހިއްކުނު !

  27. ސސ

    އިމުރާނަށް ވުރެން ޑރ ޝަހީމް އާއި ޑރ ޒިޔާދު ބާގިރު މާމޮޅުވާނެ ދީނީ ޢިލްމީ ކަންކަމުގައި ، އެދެބޭފުޅުން އެތިއްބެވީ ޑރ މުއީޒުގެ ފަހަތުގައި، ހުރިހާ ދިވެހި ރައްޔިތުން ޑރ މުއީޒަށް ވޯޓްދީ އެއްބުރުން ހޮވާލަންވީ !

  28. 27

    އިމްރާން ތިޔަބޭފުޅާ ތިޔަ ގުޅިގެން އުޅޭ އިބޫ ސޯލިހުގެ އަންބި ކަބަލުން ސިއްކަ އާއިލާޔާއި ޔަހޫދީންނާއި އޮންނަ ތާރީހީ ގުޅުން އެގިލައްވާތޯ ؟ 1972 ގައި އދ ގައި ޔަހޫދީ އިސްރާއީލަށް ދައުލަތުގެ ދަރަޖަ ދިނުމަށް ނެގި ވޯޓްގައި އޭރު ދައުލަތް ތަމްސީލް ކުރީ ސިއްކަގެ ބޭފުޅެއް އެވޯޓް ގައި ބައިވެރި ވުމުގެ ސަބަބުން އަރަބި އިސްލާމީ ޤައުމުތަކާއި ދިވެހި ދައުލަތާއި މެދުގައި ބޮޑު ނުތަނަވަސްކަން އުފެދި އެކަން ރައީސު ނާސިރަށް ( رحمه الله ) އެންގިގެން އެކަން އަބުރާ ގެނެސް އަރަބިންނާއި ގުޅުން ރަގަޅުކުރި، އެދުވަހުން ފެށިގެން ޔަހޫދީން ކެރަފާ އާއިލާޔަށް އެހީވޭ މިރާއްޖޭގައި އެމީހުންގެ ވެރިކަމެއް އުފައްދާ ޔަހޫދީންނާއި ގުޅުން ބަދަހިކުރާނެ.

  29. ނީނާ

    މީނަ ވެރިކަމަށް އަންނަން އުޅެނީ މުއިއްޒު ގުރުބާންކޮށްގެން.

  30. ލލ

    ޢިމުރާން ހާދަ ހުތުރު ބަހުރުވައިން ތިޔަ މުހާތަބް ކުރަނީ މުސްލިމުންނަކީ އަނެއް މުސްލިމާގެ އައިބުތަށް ސިއްރުތަށް ފޮރުވާމީހާ ނުންތޯ، މުއީޒުގެ ބައްޕާ ފުޅާއި އަންބި ކަބަލުންގެ ބައްޕާ ފުޅަކީ ކާކު ކަން އިމުރާނަށް ނޭގެނީތޯ އެދެބޭފުޅުންނަށް އެއްވެސް އިހުތިރާމް ކުރުމެއްނެތި ތިޔަގޮތަށް އިމްރާން ވާހަކަ ދެއްކުމަކީ އެއްގޮތަކަށްވެސް ސިޔާސީ ކަމެއްނޫން، ތިމާގެ ހުތުރުވާނެ ސިފައެއް !

  31. Anonymous

    އިމުރާން ތިބޭފުޅަ ތިޔަ ތާއީދުކުރައްވާ އިބޫ ސޯލިހު ރިޔާސީ ޓިކެޓް ހޯދީ ކިހިނެއްތޯ، ނަޝީދަށް ދޯކާދީފަ އެންމެ ބޮޑު އެކުވެރިޔާ އެއީ ނަޝީދަށް އަނިޔާ ދޭމީހަކަށް ޤައުމުގެ ވެރިކަން ދެވަނަ ފަހަރަށް ދިނުމަކީ ބޮޑު ގޯހެއް ނުންތަ !