ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނ.އަތޮޅު ލަންދޫން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަޣުލަބިއްޔަތު ހޯއްދަވާނެ ކަމަށް "ވަގުތު" އިން ކުރިއަށް ގެންދިޔަ ސާވޭ އަކުން ދައްކައިފިއެވެ.

ރިޔާސީ އިންތިހާބުގައި މީހުން ވޯޓް ދޭނެ ގޮތް ބެލުމަށް އިންތިހާބުގެ ކުރިން "ވަގުތު" އިން އަންނަނީ މާލެ އާއި ރާއްޖޭގެ ބައެއް ރައްރަށުގައި ހިޔާލު ހޯދުމުގެ ވޯޓެއް ނަގަމުންނެވެ.

ލަންދޫގައި ކުރިއަށް ގެންދިޔަ ސާވޭގައި 256 މީހުން ބައިވެރިވިއެވެ. އެއީ ލަންދޫގެ ވޯޓް ލެވޭ އާބާދީގެ %33.16 މީހުންނެވެ.

ލަންދޫން ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން %59.7 މީހުން ބުނީ އެމީހުން ވޯޓް ދޭނީ ރައީސް ސޯލިހަށް ކަމަށެވެ. ރިޔާސީ އިންތިހާބުގައި ލަންދޫން ދެވަނަ އަށް އެންމެ ގިނަ ވޯޓް ކާމިޔާބު ކުރާނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އެވެ. ހިޔާލު ހޯދުމުގެ ވޯޓްގައި ބައިވެރިވި މީހުންގެ ތެރެއިން %24.8 މީހުން ބުނީ އެމީހުން ވޯޓް ދޭނީ މުއިއްޒު އަށެވެ.

ލަންދޫން ތިންވަނަ އަށް އެންމެ ގިނަ ވޯޓް ހޯދާނެ ކަމަށް ހިޔާލު ހޯދުމުގެ ވޯޓުން ދައްކަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް އެވެ. ގާސިމަށް ވޯޓް ދޭނެ ކަމަށް %8.9 މީހުން ވަނީ ބުނެފައެވެ. ޑިމޮކްރެޓްސް ޕާޓީގެ އިލްޔާސް ލަބީބް %3.1 ހޯދާނެ ކަމަށް ހިޔާލު ހޯދުމުގެ ވޯޓުން ދައްކައެވެ.

ރިޔާސީ އިންތިހާބުގައި ވޯޓް ދޭނެ ގޮތެއް އަދި ނުނިންމާ ކަމަށް %0.8 މީހުން ވަނީ ބުނެފައެވެ. ވޯޓް ލާން ނުދާނެ ކަމަށް ވެސް %0.8 މީހުން ބުނެފައި ވެއެވެ. އުމަރު ނަސީރަށް ވޯޓް ދޭނެ ކަމަށް %1.9 މީހުން ބުނެފައި ވެއެވެ. އެހެން ކެންޑިޑޭޓަކަށް އެރަށުން ވޯޓެއް ލިބިފައެއް ނުވެއެވެ.

ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން %46.9 މީހުންނަކީ އުމުރުން 35 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންނެވެ. %38.8 މީހުންނަކީ 35 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންނެވެ. %6.2 މީހުންނަކީ 60 އަހަރުން މަތީގެ މީހުންނެވެ. އަދި %8.1 މީހުންނަކީ 18 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންނެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ މަހުގެ 09 ދުވަހު އެވެ.

ވަގުތު އިން އަންނަނީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުން ފެށިގެން ރާއްޖޭގައި ބާއްވާ ކޮންމެ އިންތިހާބެއްގެ ކުރިން ހިޔާލު ހޯދުމުގެ ވޯޓް ނަގަމުންނެވެ. އޭގެތެރެއިން %90 ހިޔާލު ހޯދުމުގެ ވޯޓް ވަނީ އިންތިހާބުގެ އަސްލު ނަތީޖާ އާއި ދިމާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އހ

    ވޯޓް ލީމަ އިގޭނީ ހޮވޭ މީހެއް އަސްލު

    46
    3
  2. މޕ

    ލާދީނީ ކަން ސާބިތު ވީމަ އިބޫގެ ތާއީދު ދަނީ ދަށައް

    40
    7
  3. ދިވެހިން

    މިރޭ ކާނިވަލްގަ ބޭއްވި ޖަލްސާފެނި އަޅުގަނޑުވެސް ކޮޅު ބަދަލުުކޮށްފިން. މާލެ، އައްޑޫ ސިޓީ ހިމެނޭހެން ރާއްޖަެގެ ގިނަ ރައްތަކުގެ ބޮޑު ޕަސެންޓަކުން އިބޫއަށްް ކުރިލިބޭނެ...

    15
    74
    • ބާނީ

      އެމްއެމްއޭ ހިސާބުވެސް ބަލާލި ނަމަ. ކުރިން މާލެއިން އެކަނި ނެރޭހާ މީހުން މިރޭ މުޅިރާއްޖެއިން އެނެރެވުނީ.

      32
      1
      • 2018

        2018 ގަ ޔާމީން ބޭއްވި ޖަލްސާ އައްވެސް ރަށްރަށުން މީހުން ގެނާ ދެން ކޮބާ މައްސަލަ އަކީ؟

        3
        4
    • އެނޮން

      އެމްޑީޕީ ބޮޓުން ތިކަހަލަ ކޮމެންޓް ކުރިޔަސް ތި ނުވިކޭނެ… ދިވެހިންނަށް އެނގޭ ކަލޭމެން ރަށްރަށުން މީހުން ގެނައިކަން…. އިބޫ ހަމަ ދެން އެންމެ އަވަހަށް ދާނެ ތަނަކީ ޖަލަށް…. “ތިމަންނަ ކޮޅު ބަދަލު ކުރީއޯ “ ލޮލް

      40
      2
      • Anonymous

        ޖަލްސާގައިވެސް ދަންނަވާފައިވޭ ރަށްރަށުން މީހުން ޖަލްސާގައި ބައިވެރިވާން އައިކަމަށް. ވީމާ، އޮޅުވާލުމެއް ނެތް. މަޖުބޫރުކަމެއް ނެތް. ޙާޞިރީ ނުބަލާ.
        ދެން ހަޖަމް ޕްލީޒް....

        4
        4
        • އެނޮން

          ނުވިއެއްނު ކަމެއް.. ކޮންކަމެއް ހަޖަމް ކުރަންވީ... ކާރނިވަލް ފުރާލެވޭވަރަށް މާލެއިން ނުނެރެވުން؟

          3
          0
  4. މަހުދީ

    ތިޔަ ރަށުގައި ގިނައީ އިސްލާމީ ވަހުދަތަށް ލޯބި ނުކުރާ މީހުން ކަމަށްވެދާނެ

    44
    5
  5. އއ

    ކުއްޅަވަކުން އުފެއްދޭ ބާވަތްތައް، ދުނިޔޭގެ ޤަވްމުތަކަށް އެކުސްޕޯރޓް ކޮށްދެންޏާ އަތްޖަހަންވާނެއްނު.

    32
    2
  6. ނިމެނީ

    އިންތިޚާބު އޮތީ ނިމިފައި ރައީސް އިބޫ ދިޔާ ތިންވަނަ އަށް އެއީ ދަ ޑިމޮކްރެޓްސް އަދި ނާޒިމް އަދި އުމަރު ގާސިމް އާއި ގުޅޭނެ ހޯމަ ދުވަހު އެގޮތް ވުމުން ދެން އެއްވަނަ އަށް ދާނީ މުއިއްޒު ދެވަނަ އަށްދާނީ ގާސިމް ތިންވަނަ އަށް ދާނީ އިބޫ އެހާތަނުން ދެން އިބޫ ޖެހޭނީ އެމްޑީޕީ އަނބުރާ ނަޝީދާއި ހަވާލުކުރަން އެއަށް ފަހު އެމްޑީޕީ ގުޅިގެން ވެރިކަމަށް ހޮވޭނީ ގާސިމް އިބްރާހިމް ދެވަނަ ބުރުގައި މުއިއްޒުދާނީ ދެވަނަ އަށް އިބޫގެ ސިޔާސީ ހަޔާތް ނިމޭނެ ނިމުނީ ނިމޭނެ ނިމޭނެ

    12
    2
  7. ފާތު

    އަސަރެއް ކޮއްލާނީ.3✅💛

    6
    27
  8. ލަންދޫ

    ލަންދޫއިން ތިޔަ ވޯޓްދެއްވަނީ ދިވެހިރާއްޖެ އަޅުވެތިކަމަށް. ތިޔަބޭފުޅުން ނިކަން ބައްލަވާ. މި ސަރުކާރު ވެރިކަމާއި ހަވާލުވެލެއްވިއިރު ރާއްޖޭގެ ރިޒާވްގައި 1ބިލިއަން ޑޮލަރު ހުރިއިރު މި ސަރުކާރު ވެރިކަން ދޫކޮށްލާއިރު ރިޒާވްގައި އެކައްޗެއްވެސް ނެތި 120ބިލިއަނުން މިވަނީ ރާޢްޖެ ދަރުވާފައެވެ. އެންމެ ޤައުމަކުން ދަރަންޏަށް ފައިސާ ނަގާފައިވާއިރު އެޤައުމުގެ ނުފޫޒް އިންތިހާއަށް މި ޤައުމަށް އޮތްކަން ނޭނގޭ ހަމަ އެކަކުވެސް ނެތެވެ. ވީއިރު މި ސަރުކާރަށް ނޫނެކޭ ބުނުމަކީ ޤައުމުގެ މިނިވަންކަމަށްޓަކައި ހަމަ ކޮންމެ މީހަކު ކުރަންޖެހޭ ކަމެކެވެ.

    35
    1
  9. ބަލާތި

    ކާމިޔާބު ކުރާނީ %56 އިން ކަމަށް ބުނަނީ އެމްޑީޕީން ދޯ ތިންވަނަ ފަރާތަކުން ތިޔާ ވާހަކަ ނުބުނޭދޯ މަމެންގެ ހިސާބު ތަކުން ރިޔާސީ އިންތިޚާބުގެ ނަތީޖާ މިއަދާއި ހަމައަށް ދައްކާ ގޮތަކީ: 1. މުއިއްޒު 39 ހާސް 2. ގާސިމް 38 ހާސް 3. އިބޫ 30 ހާސް 4. އިލްޔާސް 8 ހާސް 5. ކާރނަލް ނާޒިމް 4 ހާސް 6. އުމަރު 3 ހާސް 7. ފާރިޝް 100 8. ޒަމީލު 10 ވޯޓް. މިތަނުން ބޮޑަށް ކުރިއެރުން މިހާރު ހޯދަނީ ގާސިމް އިބްރާހިމް ގާސިމްގެ ކެމްޕެއިން ވަރަށް ވަރުގަދަކޮށްފި އަދިވެސް ދަނީ ވަރުގަދަ ވަމުންނޭ އިބޫ ގެ ނަމްބަރަކީ 3 ލިބޭނީ ވެސް އިންތިޚާބުން ތިންވަނަ އެއީ ޔަގީން މުޖައްރިބު ކަމެކޭ އަންނި އާއި ކާރނަލް ނާޒިމް އާއި އަދި އުމަރު ތާއީދު ކުރާނެ ވޯޓް ލުމުގެ ކުރިން ގާސިމަށް އަންނަ ހޯމަ ދުވަހު އެކަން ހިނގާނެ ތަމެން ބަލަން ތިބޭތި އެއިރުން ގާސިމް ރާއްޖޭގެ ރައީސް ކަން ކުރާނީ ދެވަނަ ބުރުގައި ރައީސް ޔާމީން ވެސް ގެއަށް ދޫކޮށްލާ ތަނުން ޔާމީން ތާއީދު ކުރާނީ ގާސިމް އިބްރާހިމް އަށް އެއްވެސް ޝަރުތަކާއި ނުލައި ތާއީދު ކުރާނެއޭ ގައުމުން އިންޑިއާ ސިފައިން ބާލާނެ ކަމުގެ ޔަގީން ކަން ގާސިމް ދިނުމުން މިގައުމުން އިންޑިއާ ސިފައިން މުއިއްޒު ނުބާލާނެއޭ އޭނާ އިތުރަށް އެކަން ވަރުގަދައޭ ކުރާނީ އޭނާ އަކީ އަންހެނެކޭ އޭނާ އަށް ނުވާނެއޭ އެކަމެއް....

  10. Anonymous

    ލަންދޫގައި ގިނަވާނީ ޑްރަގު މީހުން. ލާދީނީ މީހުން. އެހެންވީމަ ލިބިދާނެ ތިވަރު.

    5
    2
    • Anonymous

      ތިހުރީ މާބޮޑަށް އިންގިފަ ހަޖަމް ޕްލީޒް...

      1
      1
  11. ޗޯރު

    ލަންދޫ އިން ތިވޯޓުލީ ވިސް އިބޫޗޯރުއަށް ސަޕޯޓު ކުރާ މޮޔައިން