ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ސިއްރުކަމާއި ސައްކަން ގެއްލުދާނެ އެއްވެސް ކަމަކަށް އިލެކްޝަން ކޮމިޝަނުން ފުރުސަތު ނުދޭނެ ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ކަންތައްތަކާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަބީބު ވިދާޅުވީ މި އިންތިހާބުގައި އެއްވެސް ހިސާބެއްގައި މަކަރެއް ހަމަނުޖެހުމެއް ހެދުމުގެ އެއްވެސް ފުރުސަތެއް ނުދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ހާއްސަގޮތެއްގައި ވޯޓުލާ މީހާ ވޯޓުލާ މަރުކަޒަށް އައުމަށްފަހު އޭނާގެ އަމިއްލަ އިހްތިޔާރުގައި ވޯޓު ކަރުސާ ހިފައިގެން ފާހަގަ ޖެހުމަށްފަހު ނިކުމުގެނެް ދިއުމާ ހަމައަށް އޭނާގެ މައްޗަށް އެއްވެސް ފަރާތަކުން އެއވްެސް ކަހަލަ ނުފޫޒެއް ނުފޯރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން އީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ވަގުތު އިމޭޖެސް: އަހްމަދު އިޒްމީމް

"ހުރިހާ އެންމެނަށް ވެސް ކުރާ އިލްތިމާސްއަކީ އެމީހަކު އިހްތިޔާކުރާ ކެނޑިޑޭޓަކަށް އެމީހެއްގެ އަމިއްލަ އިހްތިޔާރުގައި އެމީހަކު ވޯޓުލަމަށް ފަސްޖެހިގެން ނުވާނެއޭ. އެގޮތަކަށް ހަމައެކަން ކުރުމަށްޓަކައި އެއްވެސް މައްސަލައެއް އޮވެގެން ނުވާނެއޭ. އެފަދަ މައްސަލައެއް އޮތިއްޔާ އީސީއިން އެ މައްސަލައެއް ބަލާ އެކަމާމެދު ގާނޫނީގޮތުން ކުރަން ޖެހޭ ކަމެއް ކުރަން ޖެހިއްޖިއްޔާ ކުރާނަން." ހަބީބް ވިދާޅުވިއެވެ.

ވޯޓުލާ ބޫތަށް ކަރުދާސް ހިފައިގެން ދިއުމަށްފަހު ބޭރުން ގެންދަ ކަރުދާހަކަށް އޭތި ބަދަލުކޮށްލުމަށް ސަރުކާރުން ރާވާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. މިކަމާ ގުޅޭގޮތުން ހަބީބް ވިދާޅުވީ ބޭރުން ގެންނަ ވޯޓު ކަރުދާސް ކޮޅެއް ވޯޓު ފޮށްޓަށް ވައްޓާލި ނަމަވެސް އެއީ ސައްހަ އެއްޗެއް ކަމުގައި ނުވާނެއެވެ. އެ ކަރުދާހުގައި އީސީގެ ހާއްސަ ތައްގަނޑެއް ހުންނާނެ ކަމަށާއި ހާއްސަ ސެކިޔުރިޓީ ފީޗަރސްތަކެއް ހުންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ޔަގީންކަން ދެން، އިލެކްޝަން ކޮމިޝަނުން އެއްވެސް ފަރާތަކާއި، އެއްވެސް ޕާޓީއަކާއި ގުޅިގެން އިންތިހާބަށް ނުފޫޒު ފޯރުވިދާނެ، އިންތިހާބުގެ ސިއްރުކަން ގެއްލިދާނެ އެއްވެސް ކަމަކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން." ހަބީބް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަން އީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ވަގުތު އިމޭޖެސް: އަހްމަދު އިޒްމީމް

އޭގެ އިތުރުން އީސީގެ ރައީސް ފުއާދް ތައުފީގް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓުލާ ކަރުދާސްކޮޅަކީ ކުޑަ ކަރުދާކޮޅެއްނޫން ކަމަށެވެ. އެއީ ފުދޭވަރަށް ބޮޑު ސައިޒެއްގައި އޮންނަ ކަރުދާކޮޅެއް ކަމަށެވެ. އެހެންވީމަ އެ ކަރުދާސްކޮޅު އެހާ ފަސޭހައި ޖީބަކަށް ވެސް ނުލެވޭނެ ކަމަށް ވިދާޅުވިއެވެ ކަރުދާސްކޮޅު ދޫކުރުމަށް ފަހުގައި ގެނެސް ވަށްޓާލަންދެން ފެންނަން އޮންނާނެ ކަމަށާއި ހަމައެކަނި ގެއްލޭނީ ފާހަގަ ޖަހާ ވަގުތުގައި ކަމަށެވެ. އެހެންކަމުން ބޭރުން ކަރުދާސްކޮޅެއް ވައްދައިގެން ވޯޓުލުމަކީ ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އެމީހާ

    ހަމަތި އީސީ ތެރެއިން ކުރީފަހަރުވެސް ތިޔަވޯޓްތައް އޮޅުވާލީ. ވޯޓް ފޮިށީގެ ސައްޙަކަން ބަލަަން ރިޔާސީ ޕާޓިއަކުން ކުރަމުން ދިޔަ އާދޭސްތަކަކަށްބީރުކަންފަތަށް ދީ ރިޝްވަތަށް ވޯޓް އަންދާލީ.
    މިސަރުކާރުގެ ތިއިން އެއްވެސް މުއައްސަސާއަކަށް އެއްވެސް އިތުބާރެއްނުކުރަން. މިސަރުކާރުން ތިކަންތައް ނުވެސް ބަލާނެ. ރިޝްވަތަށް ހުރިހާ ކަމެއް ގޮސް ހުސްވެފަ އޮތް ސަރުކާރެއް.ވޯޓްލާމީހާއިން ފެށިގެން ވޯޓް ގުނާމީހާ އަށް ދާންދެން ހަމަގަނެލަނީ.ކުރީފަހަރުވެސް މުޅި އިލެކްޝަންސް ކަމިޝަން އޮތީގަނެފަ. މިއީ ތޯތޯ ވާހަކަ އެއްނޫން. މިއީ މިރާއްޖޭގެ ހުރިހާ ރައްޔިތުން ކަންފަތުން އަޑު އަހާ ލޮލުން ފެނިފަ ތިބިކަންތައް ކަމަށް ބުނާ ކަންތައް.
    އީސީ ޝަރީފް ގެ ކޯްލްތައްވެސް ރައްޔިތުން އަޑު އެހި. ހަމަ މީގެ 40އަހަރުކުރި ހިނގިކަންތައް ރަނަގަޅުކުރަންކަމަށް ވެރިކަމަށް އައިމީހުން އެައަށްށް ވުރެ ނުބައި.

    11
    • ފދފދސ

      ރައްޔިތުންނޭ، ސްޓެލްކޯ އިންނާ ފެނަކައިން ކަރަންޓު ކަނޑާނެ. ނަމަނަމަ ތައްޔާރަށް ތިބޭތި. ސްޓެލްކޯގެ އެމްޑީއަކީވެސް އީމާންތެރިކަމެއްނެތް، ﷲ އަށް ބިރުވެތިނުވާ އޭނާގެ ނަފުސުގެ ދިރުމެއް އަގެއްނެތް ބޮޑު އިބިލީހެއްކަހަލަ މީހެއް.

    • Anonymous

      އިތުރު ކުރާ ވަގުތަކީ އީސީ އިން ވޯޓު އޮޅުވާލުމަށާއި ރިޝްވަތު ބެހުމެއް ދޭ ވަގުތެއް. އެވަގުތު ބޮޑުއަގުގަ ވޯޓު ގަނެގެން ވޯޓުލައްވާނެ.
      ރައްޔިތުން މިފަހަރު ނަމަނަމަ ގައުމު އަޅުވެތި ކުރުމަށް ވޯޓު ނުލާތި. ފައިސާ ނެގިއަސް އެއީ ހަމަ ދައުލަތުގެ ފައިސާ. އެކަމަކު ހަލާލެއް ހަރާމެއް ބަލަން ބޭނުން ނުވާމީހުން ފައިސާގަ ހިފިއަސް ވޯޓު ލާންވާނީ ޑރ މުއިއްޒުއަށް.
      ވިސްނަންވީ ކަމަކީ އަހަރެމެން އާދައިގެ މީހުން ދިރިއުޅެން އޮތް ތަނަކީ މިގައުމުކަން. މިތަން ބޭރުގެ ބައެއްގެ އަތްދަށުގެ ވަޒީފާ ލިބުމާއި ތައުލީމު ލިބުމަށް ދިވެހިންނަށް ދަތިކުރާ ހާލަތަށް ގެންދަން ފުރުސަތު ދީގެން ނުވާނެކަން.

  2. ގަބުޅިބާދަލާ

    އެކަމަކު އެންމެން ކިޔަނީ ސްޓެލްކޯގަ ވަކި ރޫމެއްހަދައި އިންޑިޔާމީހުންނަށް އެކަނި ވަދެވޭގޮތަށް ހުންނަޚާއްސަރޫމެއް ހުންނަކަމަށް. އީސީ ގެ ސާރވަރއަށް ކުޅޭގޮތަށް ޝަރީފާއި އިންޑިޔާމީހުންފިޔަވާ އެތަނަށް ނުވަދެވޭގޮތަށް ކަމަށް ސްޓެލްކޯގެ ކުދިން ކިޔަނީ. މީނުވާނެ ދޮގަކަށް. ތިމަރަބަޑި އަކީ ފައިސާއަށް ވިކިފާހުންނަ މީހެއް.އާސީ އާއްމުންނަށް.އޮޅުވާލާން ކިތަންމެ މަސއްކަތެއް ކުރިޔަސް ތިޔާތާ ތިތިބީ އިތުބާރު ގެއްލިފަތިބިމިހުން މުޅިންވެސް.

  3. ހުސޭނުބޭ

    އެހެންބުނި މިދިޔަ ފަހަރުވެސް. އެންމެފަހުން އަމިއްލަ އަތުން ވައްކަންކުރީ.

    10
    • Anonymous

      އަސްލު ހީލަތްތެރި ދޮގުވެރި ތިމާގައި އެއްވެސް ތެދުވެރިކަމެއްނެތް ބަޔަކު އީސީގަ ތިބޭތީ މިގައުމު އަޅުވެތި ވަނީ. އެހެންޏާ ކޮންފަދަ ކަމެއް އިންޑިޔާގެ ފާދިރީ އެމްބެސެޑަރ އެތަނަށް ގެންގޮސް ތެޅޭކަށް. ޗައިނާ އެމްބެސެޑަރ ދިޔަތަ، ސައޫދީ އެމްބެސެޑަރ ދިޔަތަ؟ މިކަންކަމުން އީސީއަށް އިތުބާރެއް ނުކުރެވޭ. ވިކިފަތިބޭ ބައެއް ކަމަށް ފެންނަނީ. އަދި އީސީ މެންބަރުން ހީކުރާ ކަހަލަ މަލަކުލްމައުތުގެ ފާނު އެމީހުންގެ ފުރާނަ ހިއްޕަވަން ވަޑައިގަތީމަ ފައިސާ ދީފަ ސަލާމަތްވާނިއޭ. މުސްލިމުންނަށްވެ ތިބެ ރިޝްވަތާ ހެދި މޮޔަވެފަތިބި ބައެއް މިގައުމުގެ ގިނަ މުއައްސަސާތަކުގަ ތިބީ.

  4. Anonymous

    އެހެން ވެ ދޯ އިންޑިއާ ސަފީރު ބައްދަލު ކުރަނީ.

  5. މަންނަ

    ކަލޭމެން މިހާރުވެސް ތިތިބީ އިންޑިއާއަށް ވިކިފަ ސަތޭކަޕަސެންޓުދޭނަން މިފަހަރު މަކަރާހީލަތުން މިސަރުކާރު ކަލޭމެން ގެންނާނެ އެކަމު ތާއީދު އޮންނާނީ މުއިއްޒުއަށް.

  6. Anonymous

    ފާއިތުވި ރިޔާސީ އިންތިޚާބު ވޯޓު ލިއިރުވެސް ތިޔަ އީސީގައިތިބި އިސްވެރިން ރިޕޯޓުތައް ނެރެމުންދިޔައީ އިންސާފުވެރި އިންތިޚާކަށް މަގުފަހިކޮށްފައިވާނެކަމަށް، ނަމަވެސް ވޯޓް އަޅަމުންދިޔައިރުވެސް އެނގެން ފަށައިފި ނުބައިރޯލެއް ހިންގާފައިވާކަން، އެއީ ރާއްޖެތެރެ ރަށްރަށުން ވޯޓްލާންދިޔަ ވަރަށްގިނަމީހުުނން ރަޖިސްޓަރީ ލިސްޓުގައި ނެތިގެން ވޯޓުނުލެވުނު އަދި ޝަކުވާއާބެހޭ ވާހަކަ އީސީއަށް އަންގަން ގުޅަންޖެހޭ ފޯނަށް ނުގުޅޭގޮތް ހަދާފައިހުރީ، ދެން ވޯޓުނަތީޖާ ގޮވީ އޮޅުވައިފައި ވޯޓަށް މަކަރުހަދައިގެން!! ކަލޭމެންނަށް ރިޝްވަތުދިންމީހުންނަށް ކާމިޔާބުކޮށްދީގެން ވެރިކަމަށް އަރައިފަ އެތިބީ، ރައީސު ޗޯރު އިބުރޭމެން ގައުމު ދަވާލައިފި!! މައްސަލަ ޝަރީއަތަށް ވެއްދުމާއެކު ވޯޓްކަރުދާސް އަންދާލީ، ތިވަރު ކޮރަޕްޓް ބަޔަކަށް ރައްޔިތުން އިތުބާރު ކުރާނެތަ؟؟

  7. ކޮއްޔާ

    2018 ގެ އިންތިޙާބް ގައި ވީ ކީއްތޯ // ވޯޓް ކަރުދާސްތަށް ދަންވަރު ވަދެ އަނދާނުލާބާ // އެއިންތިހާބްގެ ސައްހަކަން ކޮބައިތޯ ؟؟
    އޭރުވެސް ތިތާނގާ ތީގެން ބޭފުޅުން އުޅުއްވާ ނޫންތޯ //

  8. އަލީ

    މިހާރުވެސް އިންތިހާބުގެ ސިއްރުކަން ގެއްލިޖެ އިބޫބުނަނީ 130000 ވޯޓް ލިބޭނެކަމަށް ސާރވަރ ސެޓްކޮށް ނިމިފައިނީ އެގޮތަށް

  9. މާނަ

    އިންޑިއާ ރަށްޔަތުންނަށް ދިވެހި އައިޑީ ކާރޑު ހަދައިގެން ޗޯރަށް ވޯޓު ގިނަކުރުމަށް ސަރުކާރުންދަނީ ރާވަމުން.

  10. މަސްނޫނު

    ހަބީބެކޭ ރަގީބެކޭ ކިޔާނެކަމެއްނެތް. ވަކިނަތީޖާއެއް ނެރޭނެ އުކުޅުކިޔަވަން އިލެކްޝަން މުއައްޒަފުން
    ޓްރޭންކުރަންއިންޑިއާއަށް ގެންދިޔަ. އިންޑިއާ އެމްބަސީގެ ނުފޫޒު ގައުމުގެ ދިފާއީބާރުތަކައް އޮތް
    އިރު އިލެކްޝަން ގެމައްޗައް އެނުފޫޒު ނުފޯރުވޭނެ
    ކަންޔަގީނެއްނޫން.