ރާއްޖެ ކަހަލަ މިނިވަން ޤައުމެއްގައި ބޭރު ޤައުމުގެ ދިދަ ހިފައިގެން އުޅޭ، އެ ޤައުމުތަކަށް އަޅުވެތިވެގެން އުޅޭ ސިޔާސީ ޕާޓިތަކެއް ރާއްޖެއަށް ބޭނުން ނުވާ ކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަމިއްލަ ކެންޑިޑޭޓު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ސަންގު ބަހުސް" ގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ މިނިވަން ސަރުކާރެއް ކަމަށާއި އެއްވެސް ޤައުމެއްގެ އަޅުވެތިކަމުގައިވާ ސިޔާސީ ޕާޓީތަކެއް ރާއްޖެއަށް ބޭނުން ނުވާ ކަމަށެވެ. ބޭނުން ވަނީ އެންމެން އެކުގައި މަސައްކަތް ކުރުމަށް ކަމަށާއި، ވަކިި ބަޔަކާއި ދެކޮޅަށް އެ ގައުމެއްގެ ދިދަ ހިފައިގެން އުޅޭ ސިޔާސީ ޕާޓީތައް ބޭނުން ނުވާ ކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ.

ކުރިޔަށްއޮތް ފަސް އަހަރު ފޮރިން ޕޮލިސީ ބައްޓަން ކުރާނެ ގޮތާއި ގުޅޭގޮތުން ފާރިސް ވިދާޅުވީ ބޭރު ގައުމުތަކުގެ ދިދަ ހިފައިގެން ތިބޭ ޕާޓީތަކުން ރާއްޖެއަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށާއި އިސްރާއީލް ނޫން އެހެން ހުރިހާ ޤައުމަކާއެކު ގުޅުން ބަދަހި ކުރާނެ ކަމަށެވެ.

އަދި އޭނަގެ ސަރުކާރެއްގައި އެއްވެސް ޤައުމަކާއެކު ވަކި ހާއްސަ ގުޅުމެއް ނުބާއްވާނެ ކަމަށާއި ރާއްޖޭގެ މިނިވަން ކަމަށް އަރައިގަންނަން ފުރުސަތެއް އެއްވެސް ޤައުމަކަށް ނުދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެއްވެސް ގައުމަކާއި ދެކޮޅުވުމަކީ އެއީ ސިޔާސަތެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.

ސަންގު ބަހުސްގައި ފާރިސް ވާހަކަދައްކަވަނީ

ފާރިސް ވިދާޅުވީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ހުރިހާ ގައުމަކާއި ވެސް ގުޅުން އޮންނާނީ އެއް ހަމައަކުން ކަމަށެވެ.

އޭނަގެ ވެރިކަމެއްގައި ރާއްޖެއަކީ ސަރަހައްދީ ފެންވަރުގައި އަޑުއުފުލޭ ޤައުމަކަށް ހަދާނެ ކަމަށާއި ރާއްޖެއަކީ އެއޯސިސް ފަދަ ޕެނަލްތަކުގައި ކުރިން ދެއްކި ލީޑަރޝިޕް އަލުން ދެއްކޭނެ ޤައުމެއް ކަމަށް ވިދާޅުވިއެވެ.

ދާހިލީ އަދި ސިޔާސީ ކުރިއެރުން ހޯދުމަށްޓަކައި ބޭރު ޤައުމުތަކަށް ބަރޯސާ ވުމަކީ ތާރީހުން ފެންނަން އޮތް ކަމެއް ކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙިންނަބެ

    ބަހުސް ގަ އެންމެ ރަގަޅަށް ވާހަކަ ދެއްކެވި އެއްބޭފުޅާ އަޅުގަނޑު އެދުމަކީ އިދިކޮޅު ހުރިހާ ކެންޑިޑޭޓުން އެއްބުރުން މިހާރުގެ އިންޑިޔާ ކެންޑިޑޭޓް ބޭރުކޮއްލުން

    23
    1
  2. ކުޑަކަކޫ

    ކޮންމެ މީހަކު ކޮންމެ އެއްޗެއް ކީ ނަމަވެސް، އެންމެ ވިސްނުންތެރިކަމާއި އެކު 21 ވަނަ ގަރުނާ ގުޅޭ ޖަވާދު ދެއްވީ ފާރިސް - އައްސެރިބަހާ ސާބަސް

    23
    1
    • ަސދަސދ

      ފާރިޝް ވަރަށް ކޮލިޓީ. ނަމަވެސް މިފަހަރު މުއިއްޒަށް ދޭންވީ،
      އެއިރުން އުމްރާނީ ތަރައްގީ ގެނެވޭނީ.

      3
      1
  3. ކަސަބުލަންކާ

    މުޅި ބަހުސް ލީޑް ކުރެއްވީ ފާރިސް. ވާހަކަފުޅު ރީތި. ފަށުވި. ކޮންޓެންޓް ހުރީ ގައުމުގެ އިސްތިގްލަލް ހިމާޔަތްކޮށް ގައުމިއްޔަތު ބިނާކުރުމަށާއި އަމިއްލަ ފުދުންތެރި އިގްތިސާދެއް ބިނާކޮށް ތަރައްގީއައިގެން ކުރިއަށް ދިއުމގައި. އެންމެ ގާބިލް ކެންޑިޑޭޓެއްގެ ގޮތުގައި ފެނުނީ ފާރިސް. އެއީ ހަގީގަތަކީވެސް.

    16
    2
  4. ގައުމީ ލޯބި

    އެއްބަނޑު އެއްބަފާ މީހުން ތިބޭފުޅާގެ ވާހަކަ ޤަބޫލެއް ނުކުރޭ.. އެމީހުނަށް ދޯ އެންމެ ރަގަޅަށް ތީ ކާކުކަމާއި ވެވޭނެ ނުކުރެވޭނެ ކަންކަން އިގޭނީ..
    ބައްލަވާ މިއޮތީ ހެކިފެންނަން

    "ބޭރު ގައުމުތަކުގެ ސިފައިން ރާއްޖެއިން ފޮނުވާލާ، ސިއްރު އެއްބަސްވުންތައް ހާމަކުރާނެ ހަމައެކަނި ބޭފުޅަކީ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް އަދި ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އެ ޕާޓީގެ ނައިބް ރައީސް ދުންޔާ މައުމޫން ވިދާޅުވެއްޖެ"

  5. ވަނަތައް

    ރޭ ކުރިޔަށް ދިޔަ ބަހުސްގެ ވަނަތައް.
    1- ފާރިޝް.
    2- އިލްޔާސްލަބީބް
    3- އުމަރު
    4- ނާޒިމް
    5- މުއިޒު
    6- ގާސިމް
    7- އިބޫ
    8- ޒަމީލް

    2
    2
  6. ސިމާ

    ބަހުސްއިން ވަރައް ފުރިހަމަ އެއްވަނަ ހޯއްދެވީ ފާރިސް ވާހަކަފުޅު ވަރައް ކޮލިޓީ.

    3
    1
  7. ފާދިސް ގަދަ

    ފާރިސް އަށް ވެރިކަން ލިބޭވަރަށް ވޯޓް ނުލިބިދާނެ އެކަމަކު ފާރިސް އަކީ ވެރިކަމަށް ގާބިލް ރަނަގަޅު ޑިޕްލޮމޭޓެއް! އިންޑިޔާ ސިފައިން އަައުޓް!!

    2
    1