ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ހާރިޖީ ސިޔާސަތަކީ ހެނދުނު ފުރައްސާރަކޮށްފައި ހަވީރު ފިރުމާގޮތަށް އޮތް ސިޔާސަތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭ "ސަންގު ޓީވީ" އިން ގެނެސްދިން ސިޔާސީ ބަހުގައި ހާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނީ ކިހިނެތްތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތު މިހާރު ވެސް ބައްޓަންކޮށް ކުރިއަށް ގެންދަނީ ޑިމޮކްރެސީ ކުރިއަރުވާ ހިއުމަން ރައިޓްސް ކުރިއަރުވާ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް ކަމަށެވެ. އެކަންކަމާއި އެކުގައި މަސައްކަތް ކުރާ ހުރިހާ ގައުމަކާއިއެކުގައި މަސައްކަތް ކުރަމުން ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ކެންޑިޑޭޓު ޑރ. މުއިއްޒު ރޭގެ ބަހުސްގައި. --- ވަގުތު އިމޭޖަސް

"ވޭދުވެދިޔަ 5 އަހަރުގައި 180 އަށްވުރެ ގިނަ ގައުމުތަކާއިއެކުގައި އަޅުގަނޑުމެންނަށް ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރެވިއްޖެ. 80 އަށްވުރެ ގިނަ ގައުމަށް ވިސާއާ ނުލާ ދަތުރުކުރެވެން ފަށައިފި. އަރަބި ގައުމަތަކާއިއެކުގައި ގުޅުން ކަނޑާލާފައި އޮތް އޮތުން ބަދަލުކުރެވިއްޖެ. ކޮމަންވެލްތަށް އަލުން ރުޖޫއަވެއްޖެ. ޔޫރަޕިއަން ޔޫނިއަންއާ އެކުގައި ވަރަށް ގާތް ގުޅުމެއް އުފެދިއްޖެ. އިނގެރޭސީ ވިލާތާއެކުގައި މިހާރު މި ދަނީ ފްރީ ޓްރޭޓް އެގްރިމެންޓަކަށް އެއްބަސްވުމުގެ މަސައްކަތް. އެހެންކަމުން އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރެވިގެންދާނީ މި ގޮތަށް."، ރައީސް ވިދާޅުވިއެވެ.

ރާއްޖެ އޮންނާނީ އިސް އުުފުލޭ ހާރިޖީ ސިޔާސަތެއްގެ ގޮތުގައި ކަމަށާއި ބަސް ކިޔާނެ ބައެއްގެ ގޮތުގައި އޮންނާނީ ދިވެހިން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިހާރު ވެސް ހާރިޖީ ސިޔާސަތު ބައްޓަން ކޮށްފައިވަނީ ރާއްޖެ އަށް އެންމެ ފައިދާހުރި ރައްޔިތުންނަށް އެންމެ ފައިދާކުރާ ގޮތަށް ކަމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް ބައްޓަން ކުރެވިގެންދާނީ އެގޮތަށް ކަމަށް ވިދާޅުވިއެވެ.

ސަންގު ބަހުސްގެ ތެރެއިން ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަނީ -

"ޗައިނާއާއެކު އޮތް ގުޅުން ވަރަށް ރަނގަޅު. މިޙާރު ވެސް ބައިވަރު އެހީތައް ޗައިނާގެ ފަރާތުން އެބަ ލިބޭ. އައްޑޫގައި ހިންގަން މި އުޅޭ ޓޫރިޒަމް ޕްރޮޖެކްޓަކީ ޗައިނާގެ ކުންފުންޏަކުން ހިންގާ ޕްރޮޖެކްޓެއް. ތިލަމާލެ-މާލެ ބްރިޖް އެއީ އިންޑިއަން އެގްޒިމް ފައިނޭންސްގެ ދަށުން ހިންގާ ޕްރޮޖެކްޓެއް. އެގްޒިމް ފައިނޭންސްގައި ޕްރޮޖެކްޓައް ހިންގަންޖެހެނީ އެ ފައިސާދޭ ގައުމެއްގެ ކުންފުންޏަކުން. އެގޮތުން އިންޑިއާ ކުންފުންޏަކުން ހިންގަމުން އެ ދަނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތަކީ އިންޑިއާ ފަސްޓް އަދި ޗައިނާ ވަން ޕޮލިސީ ކަމަށެވެ. އެއީ ހެނދުނު ފުރައްސާރަކޮށް ހަވީރު ފިރުމާގޮތަށް އޮތް ސިޔާސަތެއް ނޫން ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަންނަ

    މަށްސަލައަކީ ރޯމާދުވާލު ކަލޭ ޕޯޑިއަމަށް އަރާ ދޮގުހަދާތީ ދަމުނަމާދުކުރާމީހަކު ދޮގުހެދުމަކީ ކޮށްގެންވާނެ ކަމެއްނޫން ރިޔާސީބަހުސްގަ ކަލޭ ވަނީ ފެއިލްވެ ރަށްޔަތުންގެ ނުރުހުމާކުރިމަތިވެފަ އިންޑިއާސިފައިން ރާއްޖޭގަ ނެތްކަމަށް ބުނެ ދޮގުހެކިދިންމީހަކަށް މިފަހަރު ރަށްޔަތުން ވޯޓު ނުދޭނެ ދީނާއި ލާދީނީ މިއޮތީ ފެނިފަ އެއްބުރުން މުއިއްޒުހޮވަން މިއުޅެނީ އެހެންވެ.

    16
    1
  2. ޑައެލޯގް

    އެންމެ ފުރަތަމަ ކަލޭމެންބުނީ އިންޑިޔާ ސިފައިންނެއްނެތްވާހަކައެވެ. ދެންބުނީ ހަތިޔާރާއެކު ނެތްވާހަކައެވެ. ދެންރޭގަބުނީ ހަތިޔާރާއެކު ހަރަކާތްތެރިވެނުއުޅޭވާހަކައެވެ. ކަލޭމަނަށް ސިފައިން އުޅޭކަމަށްވާނީ ދިވެއްސެއް ހިނގާފަދަނިކޮށް ބަޑިޖަހާމަރާލީމަހެއްޔެވެ؟ އޭރަށްވެސް ކޮންމެވެސް އެއްޗެއްބުނާނެއެވެ. ތިގޮތަށް އަހަރެންވެސް ދުވަހަކުވެސް ސިންގާ މަސްކަނިކޮށް ހަމަލޮލަށް ނުފެނެއެވެ. އެހަކަށްދުވަހަކު ލަންކާގެ ޒުލަށްދިޔައީމެވެ. ސިންގާއޮތި އޮށޯވެލައިގެނެވެ. މަސްކާތަނެއް ނުދެކެމުއެވެ. ވީމާ އެސޮރުމެންވެސް ހަތިޔާރާއެކު ހަރަކާތް ނުވާކަން އެގޭނީ އެކޮށްޓަށް ފުންމާލީމައެވެ. އިންޑިޔާ ސިފައިވެސް ކަމެއްދިމާވީމަ ބަޑިޖަހާނެއެވެ. އެއި ބަޑިޔާއެކު ރާއްޖޭގަހުރީމައެވެ.

    16
    1
  3. މުއިއްޒު 2023

    އިބޫގެ ހާރިޖީ ސިޔާސަތު އޮތީ ގައުމު ހަލާކުކޮށްލާ ގޮތަށް. ޝާހިދު ލައްވާ ލޯނުތައް އެކި ގައުމުން ނަގާ އެ ފައިސާ ކަނީ. ބޭރުގެ އެންބަސީތަކުގަ ގާތް ބޭފުޅުންގެ ދަރިންނަށް މިލިއަނުންދޭ. މި ރާއްޖެ އިންޑިޔާގެ ފަިދަށުކޮށްފި.
    ދެން ހެޔޮ. މިފަހަރު ހަމަ ރަނގަޅީ މުއިއްޒު

    18
    1
  4. އަޙުމަދު

    ރައީސް އިބްރާހިމް އަށް ވޯޓު ދިނުމަކީ އިންޑިޔާގެ އަޅުވެތިކަމުގައި ދިވެހިން ތާށިވުން، ދަރަނި ދަންތުރާގައި ގައުމު ޣަރަގުވުން،
    މާތް ﷲގެ ތަނަވަސް ރަޙުމަތްފުޅުން ސަރުކާރު ހަތް ބަލިން ބަލިވެއްޖެ. ލިޔެކިޔުންތައް ފުރިހަމަ ކުރުން އޮންނާނީ 9 ސެޕްޓެމްބަރ ގައި.

    12
    1
  5. އަލީ ބުނީ

    ތިޔަބުނާ ސިޔާސަތު އޮތީ ފެއިލްވެފަ . އިންޑިޔާ ސިޔާސަތު ބޭނުމެއް ނޫން. ވޯޓް މުއިޒް

    14
    1
  6. ރައްޔިތުން

    #ޗޯރޭއައުޓް #އިންޑިޔާއައުޓް ރާއްޖެ އެބަޖެހޭ ރާއްޖޭގެ މީހުންގެ ތަނަކަށް ހަދަން. އިންޑިޔާކުރިމަތީގަ ގުދަށް އޮންނަ ގައުމަކަށް ވާކަށް ނުޖެހޭ. މީ ނަސީދުގެ ކޮއްކޮއެއް ނޫން!

    10
  7. ފަލަކް

    ބަލަ ޕޯޑިއަމްތަކަށްއަރާ ހުސް ދޮގޭތިހަދަނީ، 13 ހާސްމީހުނަށް ފްލެޓް ކަށަވަރުކޮށްފީމޭ ކިޔާއިރު ފައިނަލް ލިސްޓްގަނޑުވެސް އިޢުލާން ނުކުރެވުނު،
    13 ހާސް ފްލެޓް ހުރީ ކޮންތަނެއްގަ،
    ތީދެން ފުކެއް ބޮޑުވަރު،