ތ.ހިރިލަންދޫގައި ބިން ހިއްކުމުގެ ބޮޑު މަޝްރޫޢުއެއް ހިންގާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ތ އަތޮޅަށް ކުރައްވަމުން ގެންދަވާ އެމަނިކިފާނުގެ ރިޔާސީ ކެމްޕެއިން ދަތުރުފުޅުގައި ތ.ހިރިލަންދޫ އަށް ވަޑައިގެން އެ ރަށު-ގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ހިރިލަންދޫ އަށް އުމްރާނީ ތަރައްޤީގެ އެތައް ބައިވަރު މަޝްރޫއު ތަކެއް ކުރިޔަށް ގެންދަވާނެކަމަށެވެ.

ޑރ. މުއިއްޒު ވިލުފުއްޓަށް ވަޑައިގަތުން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

"އަޅުގަނޑުމެންގެ މުހިންމު ޕްލޭންއަކަށް ވާނީ ރައީސް ޔާމިންގެ ވިސްނުންފުޅު އެހެންވީމާ މި ފަޅު ތެރެއަކީ އިރާދަކުރެއްވިއްޔާ ދުރު ރާސްތާގައި ވިސްނައިގެން ވަރަށް މުހިންމު ބިން ހިއްކުމުގެ މަޝްރޫއުއެއް ކުރިޔަށް ގެންދެވޭނެ.މިވަވުތު 25 ހެކްޓަރު އޮތް ނަމަވެސް އެއީ ނިމުމެއް ކަމަށް ނުބަލާތި.އެ އިތުރުވެގެންދާ ބިމަކީ ގެދޮރު ވެރިކަމަށާއި އުމްރާނީ ތަރައްޤީ އާއި އިޤްތިޞާދީ ތަރައްޤީ އަށް ފަހިވެގެންދާނެ." މުއިއްޒު ހިރިލަންދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ބިން ހިއްކޭނެ ސަރަހައްދު ތަކަށް ނަޒަރު ހިންގާލިއިރު ހިރިލަންދޫ ފަޅުން 25 ހެކްޓަރ ހިއްކޭނެ ކަމަށް މުއިއްޒު ވަނީ ވާހަކައިގައި ފާހަގަކުރައްވާފައެވެ.އޭގެ ސަބަބުން މުޅި ރާއްޖެއަށް ފައިދާ ވަާނެކަމަށާއި ބިން ހިއްކުމުގެ ސަބަބުން ބޯހިޔާ ވަހިކަމަށް އިތުރު މަގެއް ފަހިވެންދާނެ ކަމަށް ވެސް މުއިއްޒުގެ ވާހަކަިއގައި ވަނީ ފާހަގަކުރައްވާފައެވެ،.ވިޔަފާރި ކުރިއެރުމާއި ވިޔަފާރިވެރިންނަށް ވާނެ އެންމެ ބޮޑު ފައިދާ އަކަށް ވެސް ބިން ހިއްކުން ވެގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.ސިޓީ ހޮޓެލްސް ފަދަ ތަން ތަން ހެދުމުން ފަތުރުވެރިން އައުން ގިނަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިލުފުއްޓަށް ވަޑައިގަތުން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

އޭގެއިތުރުން މުއިއްޒު ވިދާޅުވީ ހިރިލަންދޫ އަކީ މަސްވެރިކަމަށް މަޝްހޫރު ރަށެއް ކަމުން ބަނދަރު ތަރައްޤީ ކޮށް ކޯލްޑް ސްޓޯރޭޖް ޤާއިމްކޮށްދެއްވާނެ ކަމަށެވެ.ހިރިލަންދޫއިން ވަނީ ޑރ.މުއިއްޒަށް ހޫނު މަރުޚަބާ އެއް ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    7 އަހަރު ބާރާ ނުފޫޒުގައި ހުރި މީހަކު ނުކުރި ކަންކަން، މިހާރު ބަޔަކު އައިސް ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ކަންކަން ކޮށް، ކުރެވޭނެކަމާ ކުރާނެކަން އެނގުމުން ....

    މީނާވެސް މިއުޅޭ ފާޑެއް. ލަދު