ހދ.ހިރިމަރަދޫގައި ރައްޔިތުން އެދޭ ގޮތަށް ބޮޑު ބަނދަރެއް އަޅައިދޭނެ ކަމަށާއި އެރަށުގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް އެމްޑީޕީ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ދަތުރުގައި ހިރިމަރަދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ އެރަށު ބަނދަރު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި ދެން އަންނަ ދައުރެއްގައި އެރަށުގައި ބޮޑު ބަނދަރެއް އަޅައިދީ ރައްޔިތުން އެދޭ ގޮތަށް އެތަން ތަރައްޤީކޮށްދެއްވާނެ ކަމަށެވެ. އަދި ބަނދަރު ހެދިގެންދާއިރު ރަށުގެ ރައްޔިތުން މޫދަށް އެރޭނެ ސަރަހައްދެއް ޤާއިމުކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ހިރިމަރަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައި ތާރު އެޅުމަށްފަހު މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ހަމައެއާއެކު ޒުވާނުންނަށް ހާއްސަކޮށް ކުޅިވަރު ކުޅޭނެ އެކި ވަސީލަތްތަކާއެކުގައި ކުޅިވަރު ކުޅެވޭނެ ގޮތް ހަދައިދޭނެ ކަމަށް ރައީސް ވަނީ ވައުދުވެފައެވެ.

ރައީސް ވިދާޅުވީ އާރުޓީއެލް ފެރީގެ ޚިދުމަތް އެ އަތޮޅުގައި ފެށިގެން ދިޔުމާއެކު ރައްޔިތުންނަށް ގިނަ ލުއިތަކެއް ލިބިގެންދިޔަ ކަމަށާއި ޖީބަށްވެސް ލުއިވެގެން ދިޔަ ކަމަށެވެ. ދަތުރުފަތުރަށް ކުރިން ހޭދަކުރަމުން އައި ފައިސާ މިހާރު އެހެން ކަމަކަށް ބޭނުން ކުރުމަށް ރައްކާކުރެވިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

"މިއަދު ތިޔަބޭފުޅުންގެ ޖީބުން ދަތުރުފަތުރަށް ކުރާ ޚަރަދު އެވްރެޖުކޮށް މިވަނީ 87 ޕަސެންޓު ކުޑަ ކުރެވިފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކުން ކަންކުރި ގޮތާއި މިސަރުކާރުން ކަންކުރަމުންދާ ގޮތަށް ވިސްނާ ފިކުރު ކުރުމުން ރައްޔިތުނަށް ވަރަށް ސާފު މަންޒަރެއް ފެނިގެންދާނެ ކަމަށެވެ. އަދި ކުރިން އޮތް އަނިޔާވެރިކަމުގެ ތެރެއަށް ރައްޔިތުން ދާން ބޭނުން ނުވާކަން ރައީސް ސޯލިހު ދަނީ ވިދާޅުވަމުންނެވެ.

މީގެ ކުރީގެ ކޮންމެ ސަރުކާރެއްގައިވެސް ރާއްޖޭގެ ކުދިކުދި ރަށްތަކަށް އަޅާނުލާ ދޫކޮށްލާފައިވާ ކަމަށް ރައީސް ވަނީ ތުހުމަތުކޮށްފައެވެ. އަދި ވޯޓާއި ގާތްކޮށް ރައްޔިތުންނަށް ގިނަ ކަންތައް ކޮށްދޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"މިއިން ރަށަކީ އެބޭފުޅުންގެ ރާޑަރަށް ދުވަހަކުވެސް އެރި ރަށެއް ނޫން. ވަކި ރަށްތަކެއް ޚިޔާރުކޮށްގެން ވަކި ކަންތައްތަކެއް ކުރައްވަމުން ގެންދިޔައީ. ބޭނުންވަނީ ބޮޑެތި އާބާދީތައް، ހަމައެކަނި ވޯޓަށްޓަކައި އެބޭފުޅުންގެ ވިސްނުން ބަދަލުކުރުން. މިހެން ތިބޭ ރަށްރަށުގެ ރައްޔިތުންނަކީ އަޅާލެވޭ ބަޔެއް ނޫން." ރައީސް ވިދާޅުވިއެވެ.

އެއާއި ޚިލާފަށް އެމްޑީޕީ ސަރުކާރުން ވިސްނުން ތަފާތު ކަމަށާއި ތަރައްޤީގެ މަޝްރޫޢު ރާއްޖޭގެ ކުދިބޮޑު ހުރިހާ ރަށަކަށް ގެނެސްދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަގީގަތް

    ތީ ވައުދުވާ މީހެއް ވައުދު ފުއްދާ މީހެއްނޫން

    14
    • ސައްލާ

      ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިޔާއިން ބަހައްޓާފައި ރާޑަރުތަކަށް އަރާނެ އެންނު.

  2. އަލީ ބުނީ

    5 އަހަރު ވެރިކަން ނިމި ނޭވާނުލެވޭ ހިސާބައް ދިޔައިމަ ރާޑަރައް ރައްރައް އަރާަނެ އެއީ މައްސަލައެއް ކަމަކައް އަހަރުމެން ދެކިގެންނުވާނެ. ވޯޓުން ތަޅާމިފަހަރު ބާލާނަން.

    19
    • ހުސޭނުބޭ

      ރާޑަރަށްއެރީކީވެސް ނޫން. އެހެންލާފާ ލޯންޗުގައި ދަނިކޮށް ފަރަށް އެރީމާ އެރަށަށް ފޭބީ!

      10
  3. މުއިއްޒު އެއްބުރުން

    5 އަަހަރު ރައްޔިތުންގެ ފައިސާގެ ދުނިޔެ ވަށާ ވޭކޭޝަން ޖެއްސިއިރު މި ރަށްތަށް ރާޑަރަކަށް ނާރައޭ. ޖަޒީރާ ރާއްޖެއޭކިޔާ މީހުން ދަރާ ވިކޭވަރު ކޮއްލާފަ ފައިސާތައް ކެއި އިބޫ މެން. މުއިއްޒު ބުނީ ފުށިދިއްގަރު ފަޅު ހިއްކައިގެން ރާއްޖޭގެ އެންމެން މާލޭ ސަރަހައްގުދަ ގެދޮރުވެރިންނަށް ހަދާނަމޭ. މިފަހަރު ހަމަ މުއިއްޒު

    13
  4. ކަޅުމަރިޔަނބު

    ހިރިމަރަދޫ މީހުން ހިރިމަރަދޫގަ އެބައުޅޭތަ؟ މިހެން މިބުނީ ސޯލިހު ވެރިކަމަށް އަންނަންވެގެން ވައުދުވި އެރަށުމީހުން އެއަތޮޅު ހަނިމާދޫއަށް ބަދަލުކޮށްދޭނެކަމަށް.

    • ާެވޭނާ

      އެހެންވިއްޔާ ތިބޭނީ ބު.ިތަނުގަ މީ ވައުދާހިލާފުވާ ބަޔެއް