(ތ. ގުރައިދޫ) ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި މިރަށުގައި ބިނާކުރަން ވަޢުދުވި އެއާޕޯޓް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި އަޅުއްވައި ދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފިއެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް އިދިކޮޅުގެ ކެންޑިޑޭޓް ޑރ.މުއިިއްޒު ތ އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި މިއަދު މިރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ވޭތުވެގެން ދިޔަ އަހަރު ގުރައިދޫގެ ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ވަޢުދުވި އެތައް ކަމެއް ކޮށްދެއްވާފައި ނުވުމުން ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ޑރ. މުއިއްޒު ގުރައިދޫއަށް ވަޑައިގަންނަވާތީ ރައްޔިތުން ބަނދަރު މަތީ - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

"އަޅުގަނޑު ވެރިކަމަށް އައިސް އެންމެ ފުރަތަމަ ވެސް ގެންނާނީ ރައީސް ޔާމީންގެ ޒަޢާމަތުގައި ގުރައިދޫ އަށް ގެނެސްދީފައިވާ ތަރައްޤީ. ވޭތުވެގެން ދިޔަ ފަސް އަހަރު އެއްވެސް ކަމެއް މި ސަރުކާރަށް ކޮށްދެއްވިފައި ނުވޭ." މުއިއްޒު މިރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

މި އަތޮޅުގެ މިރަށަށް އެންމެ މުހިންމީ އެއާޕޯޓެއް ކަމަށް ވިދާޅުވެ މުއިއްޒު ވަނީ އެއާޕޯޓެއް އެޅުމަށް ހިއްކަން ޖެހޭ ބިން ހިއްކުމުގެ މަޝްރޫޢު ވެސް ފައްޓަވާ ދެއްވާނެކަމަށް ވައުދުވެފައެވެ.

ޑރ. މުއިއްޒު ގުރައިދޫއަށް ވަޑައިގަތުން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

"މިރަށުގެ އެއާޕޯޓް އެޅުމަށް ހިއްކަން ޖެހޭ ބިން ހިއްކުމުގެ މަޝްރޫޢު ވެސް ފައްޓަވާނަން.". މުއިއްޒު ވިދާޅުވިއެވެ.

މިރަށަށް ގެނެސްދޭންޖެހޭ ތަރައްޤީ ގެނެސްދޭ އިރު ދެން އެންމެ އިސްކަމެެއް ދޭނީ މިރަށުގެ މަގުތައް ހެދުންކަމަށް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ. މިރަށުގެ މަގުތަކުގައި ތާރު އަޅުއްވައި ދެއްވާނެކަމަށް ރައީސް ޞާލިހް ވިދާޅުވި ނަމަވެސް އެ ވައުދުވެސް ފުއްދާދެއްވާފައި ނުވާކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުއިއްޒު އެއްބުރުން

    ޅައިރު ނުކިޔަވާ ބަނގުރާ ވިއްކަން އުޅެނިކޮށް ތ ގުރައިދޫއަށް އަރުވާލި މީހެއް އިބޫއަކީ. އެކަމުގެ ހަސަދަ ފިލުވާލަނީ ކަންނޭނގެ.
    މިކަންވެސް ވަނީ މުއިއްޒުއަށް

    8
    1
  2. ހަންޑިކުޑަ

    ކޮންމެ ރަށެއްގާ އެއަރޕޯރޓެއް އެލީމާ ޤައުމު ތަރައްޤީވީބާ! ކޮންކަހަލަ ވިސްނުމެއްބާ މިވެރިން ގެންގުލެނީ!

    1
    2