(އައްޑޫ ސިޓީ) ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް އިންނެވި މަތިންދާ ބޯޓު އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި އިރު، އޭނާ އަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު އެއާޕޯޓު ބޭރުގައި ނުކުމެ ތިއްބެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ޒުވާން ފިރިހެނުންނެވެ.

ގާސިމަށް ރަސްމީ ގޮތުން މަރުހަބާ ދަންނަވާ ގޮތަށް އޮތީ ހިތަދޫގައެވެ. އެކަމަކު، ގާސިމް ވީއައިޕީ ލޯންޖުން ނުކުމެވަޑައިގެން، ކާރަށް އަރާ ވަޑައިގެން ޖަލްސާ ބާއްވަން އޮތް ސަރަހައްދަށް ވަޑައިގެންނެވި ވަގުތުގައި އެއާޕޯޓު ކައިރީގައި ތިބި މީހުން ފެނުމާ އެކު، މަޑު ކުރެއްވިއެވެ. އަދި ސަފަކަށް އެތުރިގެން ތިބި މީހުންނާ ސަލާމް ކުރެއްވުމަށް ގާސިމް ވަނީ ވަގުތުކޮޅެއް ހޭދަކުރައްވައިފައެވެ.

އޭރު އެއާޕޯޓު ކައިރީގައި ތިބި މީހުން "އެއްބުރުން، ގާސިމް"، "ކެންޑިޑޭޓު ނަންބަރު 5"، ފަދަ ޝުއޫރުތައް ފާޅުކޮށްފައިވެއެވެ. އޭގެ ތެރެއިން ގިނަ މީހުން ތިބީ ޖުމްހޫރީ ޕާޓީގެ ކުލަ ރަތް ކުލައިގެ ޓީޝާޓުގައެވެ. އަދި ބައެއް މީހުން ޖުމްހޫރީ ޕާޓީގެ ދިދަ އާއި ކެންޑިޑޭޓު ނަންބަރު 5 ހިފައިގެންނެވެ.

ގާސިމް އައްޑޫއަށް ވަޑައިގަތުމުން އެ ސިޓީއަށް އޭނާެއަށް ހޫނު މަރުހަބާއެއް - ފޮޓޯ: ޖޭޕީ

އެ ސަރަހައްދުގައި ތިބި މީހުންނާ ސަލާމް ކުރެއްވުމަށް ފަހު، ގާސިމް ކާރުގައި ވަޑައިގަތީ ޖަލްސާ ބާއްވަން އޮތް ހިތަދޫއަށެވެ. އޭރު ގާސިމަށް މަރުހަބާ ދަންނަވަން ގިނަ އަދަދެއްގެ ބަޔަކު ސަފު ހަދާލާފައިވެއެވެ. އެމީހުންނާ ސަލާމް ކުރެއްވުމަށް ވިއްސަކަށް މިނެޓު ގާސިމް ވަނީ ހޭދަކުރައްވައިފައެވެ.

"އަސްލު ދިވެހިންގެ ހިތްތަކުގެ ކެންޑިޑޭޓަކީ ގާސިމް. ގާސިމްގެ ލީޑަރެއް މިފަހަރު ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާ. ދިވެހިންގެ އެދުންތައް ހާސިލްކޮށް ދެވޭނެ ލީޑަރަކީ ގާސިމް. އައްޑޫ ސިޓީ އަށް އަދިކިރިޔާ ތަޖުރިބާ ހުރި، އަދި ވިޝަން ހުރި ލީޑަރެއް މިއައީ،" ސަފުގައި ހުރި މީހަކު ބުންޏެވެ.

ގާސިމް އައްޑޫއަށް ވަޑައިގަތުމުން އެ ސިޓީއަށް އޭނާެއަށް ހޫނު މަރުހަބާއެއް - ފޮޓޯ: ޖޭޕީ

ސަފުގައި ހުރި މެދު އުމުރުގެ ފިރިހެނަކު ބުނީ ދިވެހިން ބޭނުންވާ ތަރައްގީ ގެނެސްދެވޭނީ ގާސިމަށް ކަމަށެވެ. ގާސިމަކީ ނަތީޖާ ނެރެ ދެއްވާފައި ހުރި ދިވެހިންގެ އިތުބާރު ލިބިފައިވާ ކެންޑިޑޭޓެއް ކަމަށް ވިދާޅުވިއެވެ.

"ދިވެހިން ހަގީގަތުގައި ބޭނުން ވަނީ ނަތީޖާ ނެރެ ދެއްވާފައި ހުރި ބޭފުޅެއް. އަނެއްކާ ގާސިމްގެ ތަސައްވަރު ނުލާހިކު އަޅުގަނޑުމެންނަށް ކަމުދޭ. އެންމެންނަށް ބޯހިޔާވަހިކަން ހިލޭ ދޭނެ ކަމަށް އެ ބުނަނީ. އެސްއެމްއީ ލޯންތައް މާފް ކުރާނަމޭ އެ ބުނަނީ. މިއީ ދިވެހިން ބޭނުންވާ ލީޑަރަކީ،" އެމީހާ ކިޔައި ދިނެވެ.

ސަފުގައި ހުރި އެހެން މީހަކު ބުނި ގޮތުގައި އޭނާގެ ވޯޓު ގާސިމަށް ވަނީ ކަށަވަރުވެފައެވެ. އެއީ އޭނާ ފާހަގަ ކުރާ ގޮތުން ނަމަ، ގާސިމްގެ ސިޔާސަތުތައް މާ ބޮޑަށް ވެސް ކަމު ދިޔައީމައެވެ.

ގާސިމް އައްޑޫއަށް ވަޑައިގަތުމުން އެ ސިޓީއަށް އޭނާެއަށް ހޫނު މަރުހަބާއެއް - ފޮޓޯ: ޖޭޕީ

"އެހެން އެއްވެސް ކެންޑިޑޭޓަކު ނުދައްކާ ވާހަކަތަކެއް އެ ދައްކާލަނީ. މަތީ ތައުލީމް ހާސިލް ކުރަން ލޯން ނެގި ދަރިވަރުންގެ ލޯންތައް ކަނޑާލަން ނިންމުމަކީ އޯގާތެރިކަމުގެ މިސާލެއް،" އެމީހާ ބުންޏެވެ.

"އަނެއްކާ ގާސިމް ކައިރިއަށް ކޮންމެ މީހަކު އަޔަސް، އެއީ ބޭސްފަރުވާ ވިޔަސް އެންމެ އެހީތެރިވެ ދެއްވާ، މިއީ ނޫންތޯ ދިވެހިންގެ އިހްސާސްތައް ދަންނަ ވެރިއަކީ،"

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށަށް ގާސިމް މިހާރު ވަނީ ވަރަށް ގިނަ އަތޮޅުތަކަށް ވަޑައިގެންފައެވެ. ޖޭޕީން ބުނާ ގޮތުން ނަމަ، އައްޑޫ ސިޓީއެކޭ އެއްގޮތަށް އެހެން ރަށްތަކުން ވެސް ގާސިމަށް އޮތް ތާއީދު ވަރަށް ބޮޑަށް ވަނީ ފެނިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ފައިބާފައިބާ

    ހަލަބޮލި ވަނީ އެމްޑީޕީ ވެރިކަމުގައި އޮތުމުންނޭ އެމްޑީޕީ ވެރިކަމުން ފައިބަންވީއޭ ދެން ޓެކްސް ބޮޑުކުރާ ރައްޔިތުން ފެލާ ސަރުކާރު ކޮތަޅު ޓެކުހޭ ސަރުކާރު ފައިބާ ފައިބާ ފައިބާ ފައިބާ

    22
    4
  2. ލުޓޭރުންގެ ސަރުކާރު

    އެހެންވީމަ ކަރުންނަގާއެތި ނޭގުނަސް ވަރިހަމަތާ އައްޑޫގެ ތައުލީމީދަރިން ގައުމުގެ ވެރިޔަކުހޮވާއިރު ތައުލީމަކަށް ތަޖުރިބާއަކަށް ބަލާނެކަމެނެތް ޖީބަށް ގިނައިންލާދޭމީހެއް ބަލާނީ އަނެއް ކަމަކީ ފިކުރު ތަބާވުން..ގައުމުގެ އިސްތިގުލާލު މިނިވަންކަން އިސްލާމްދީން ތަރައްގީ މިވާހަކަދައްކާނީ ވެރިކަމަށް ސޮހޮލެއް އަރުވާފަ ދެން ފަސްއަހަރުވަންދެންތިބޭނީ ކަންމަތި ކަންމަތީގަ ޗުކުޗުކުލައްވަން..އެހެންތިބެފަ ވޯޓާޖެހުމުން އަނެއްކާވެސް ޖީބަށްލައިދޭމީހެއް ބަލާނީ...ރައްޔިތުން އިސްލާހުނުވެ ވެރިން އިސްލާހެއްނުވާނެ...

    20
    1
  3. ހަގީގަތް

    ގާސިމަކީ ކިތަންމެ ރީތިކޮއް ވާހަކަ ދެއްކިޔަސް ކަންކުރަނީ މުޅިން އިދިކޮޅައް މިސާލަކައް އެންމެ ކުޑަ މުސާރަ ދެނީ ވެސް އަދި ރުޅި އައީމަ ހުތުރު ބަސް ބޭނުން ކުރުން ކަލަ ގޮވުން އަދި ކޮވިޑްގަ އެންމެ ކުޑަ އުޖޫރަ ދިނުން މަހަކަށް 1500 ރުފިޔާ

    17
    3
  4. ޖުހާ

    ޗޮކުން ދާނީ. ތީ ލާރިއަށް އަންނަ މާބުރާކޮކާތައް. އައްޑޫ އަކީ ވަރަށް ގަމާރު މީހުން ގިނަ ތަނެއް. ސިމެންތިން މަގުހަދާދިނަސް ނުދިނަސް ވޯޓުދޭނީ ރަންރީނދުލަށް. ރަނގަޅު ރުއްތަކުގެ ބަދަލުގަ ހައްދާނީ ފެންފޯއް ރުއް. ވަރަށް ވާހަކަ ރީތިވާނެ

    15
    5
  5. Anonymous

    ދެވަގުންގެ ހެކި ބަހަށް ގައުމެއްގެ ތަރައްގީގެ ބާނީ ޖަލުގަ. ވަގުންގެ ބާނީ އަހުމަދު އަދީބު މިނިވަންކަމާއެކީ ސިންގަޕޫރުގަ. ރިޝްވާން ޔާމީނު ގެ މަރަށް އިންސާފުހޯދާދޭނަމޭ ކިޔާ އޮޅުވާލައިގެން ވެރިކަމަށް އައިސް ހޯދާދެވުނު އިންސާފެއް އެބައޮތްތޯ؟

    15
    2
  6. ޒިންދާބާދު

    ގާސިމް އިބޫގެ ފަހަތަށް އަރަން ޖެހޭނެ އެއްގޮތެއް ވެސް ނޯންނާނެއޭ ގާސިމް މިހާރު އެކުރާ ގޮތަށް ކެމްޕެއިން ކޮށްފިނަމަ ގާސިމަށް ޔަގީނޭ އިންތިޚާބުގެ ދެވަނަ ބުރު ކަށަވަރުވާނެ ކަން މިއަދާއި ހަމައަަށް ނަތީޖާ ދައްކަނީ 1. މުއިއްޒު 40 ހާސް 2. އިބޫ 39 ހާސް 3. ގާސިމް 38500 4. އިލްޔާސް 5 ހާސް 5. ނާޒިމް 4 ހާސް 6. އުމަރު 2 ހާސް 7. ފާރިޝް 100 8. ޒަމީލު 1 ވޯޓް. މީ މިއަދުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިބޫ ދަނީ ދަށަށް ގާސިމް ކުރިއަރާ ވަރަށް ބާރަށް އައްޑޫން ނަގާނެ ބޮޑު އަދަދެއް ގާސިމް ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު ގާސިމް ޒިންދާބާދު

  7. މޮހަދާ

    މީނާޔަށް ތާއީދުކުރާނީ މޮޔައިން...

    10
    2
  8. ނަގުލު ފިއްތި

    ހުސެއިން ސާލިޚް ކޮންމި ފަހަރަކި ޤާސިމް އަށް ތި ކުލަހުަފެން ދަށްކާ

  9. ހުސޭނުބޭ

    ޤަސިމާ ބުނާކަށް ވޯޓުގެ ނަތީޖާ ފެނިފައި ހޭނުނެތޭގޮތެއް ހަދައިގެން ހުންނާތީ.

  10. މޮޔަބޭ

    އައްޑޫގެ އުފަން މީހަކު ކުރިމަތިލާފައި ވަނިކޮށް މިމީހުން މިޖައްސަނީ ކޮންވައްތަތރެއް ، އައްޑޫ އަށް ބޭނުންވާ ތަރައްގީ އައްޑޫ މީހަކަށް ނޫނީ ގެނެސް ނުދެވޭނެކަން ޔަގީން ކޮއްބަލަ