މީސްމީޑިއާ މީޑިއާ އިންފުލުއެންޒާ ފާތިމަތު ޒަޔަން، (ކައިޒީން) އެމްޑީޕީއަށް ސޮއިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބުގައި ތާއިދު ކުރަން ނިންމައިފިއެވެ.

ކައިޒީން މިއަދު އެމްޑީޕީއާ ގުޅުމަށްފަހު އޭނާގެ ފޯމު ވަނީ ރައީސް ސޯލިހަށް އަރުވާފައެވެ.

ނިވާކަން ކުޑަ ފޮޓޯތަކާއި ވީޑިއޯތައް އާއްމު ކުރާތީ ގިނަ ބައެއް ފާޑުކިޔުން ވެސް ދޭތެރެދޭތެރެއިން އާއްމު ކުރާ ކައިޒީން ފާހަގަ ކުރެވެނީ މޮޑެލް ކުރާ އެހެން ދިވެހިންނާއި އަޅައި ބަލާއިރު އާދަޔާއި ހިލާފު ބޮޑު މުއްސަނދި ކަމެއްގައި އުޅޭ މީހެއްގެ ގޮތުގައެވެ.

އޭނާގެ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިފައި ވެއެވެ. މީގެ ކުރިން ދުބާއީ އާއި އިންޑިއާގެ ތާޖުމަހަލް ފަދަ ތަންތަނުގައި ކައިޒީން އުފަންދުވަސް ފާހަގަކޮށް ވީޑިއޯތައް އާއްމު ކޮށްފައި ވެއެވެ. އެންމެ ފަހުން އޭނާގެ އުފަން ދުވަސް ފާހަގަ ކުރަން މިއަހަރުގެ އޭޕްރީލް 01 ވަނަ ދުވަހު މާލޭގައި ހަވާ ވެސް އެރުވިއެވެ.

ކައިޒީން އޭނާގެ ބައްޕަ އާއި ދެކޮޅަށް ބޯޓެއްގެ މައްސަލައިގައި އުފުލާފައިވާ ދައުވާއެއް މިހާރު ވެސް ސިވިލް ކޯޓުގައި ކުރިއަށް އެބަދެއެވެ. މިއީ ކައިޒީންގެ ފައިސާއިން ގަތް ބޯޓެއް އޭނާގެ ހުއްދަ ނެތި ބައްޕަގެ ނަމުގައި ރަޖިސްޓްރީކުރި ކަމަށް ބުނެ ސިވިލްކޯޓުގައި ދައުވާ ކޮށްފައިވާ މައްސަލައެކެވެ.

ކައިޒީންގެ އިތުރުން ބައެއް ފިލްމީތަރިން ވެސް ގެންދަނީ ރައީސް ސޯލިހް އަށާއި އަދި އެހެން ކެންޑިޑޭޓުންނަށް ވެސް ތާއިދުކޮށް، ސިޔާސީ ހަރަކާތްތަކުގައި މިދުވަސްވަރު ބައިވެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ދސ

    ހަވާ އަރުވަނީ ކައިޒިން އެމްޑީޕީއަށް ސޮއިކުރުމުގެ އުފަލުގައެވެ. ބަޔަކު ނުދާނެތީވެ ހެޑިން އޮޅުވާލީއެވެ. މިވެރިން ކިތައްމެ ސިއްރުން ކުރާ ކަންކަންވެސް އެފަރާތުން ކަޝްފުކޮށް ދެއްވާތީ ހަމްދާއި ޝުކުރު އަބަދާއި އަބަދުމެ ޚާލިގުވަންތަ އެއްކައުވަންތަ ގަދަކީރިތިވަންތަ ﷲ ގެ ޙަޟުރަތައް ދަންނަވަމެވެ. ދުއާއަކީ ނިކަމެތި ބައްޔަކުން މިވެރިން ބަލިކުރައްވައި ދިވެހިންނަށާއި ދިވެހިންގެ ދީން ކަމުގައިވާ އިސްލާމްދީނަށް ފަލާހާއި ކާމިޔާބާއި ނަސްރާއި ނަސީބު މިންވަރު ކުރެއްވުމެވެ.

    • ަ ހަސަނާ

      އާމީން އާމީން

      • އަހަރެން

        ތިކަހަލަ ޓިކްޓޮކް ކުޅޭ މިހަކު ލައްވާ ލިޔެފަދީފަ އޮންނަ ސްކްރިޕް ކިޔާލިޔަކަސް މުއީޒެއް ނުގުޑާނެ
        ސްޓެލްކޯ އާ ފެނަކަ ބޭނުން ކޮއްގެން އިންތިހާއައް ކޮރަޕްޝަން ހިންގަނީ އަދި ނުވިތާކައް ޖުޑިޝަރީއައް އަތް ބާނައިގެން ސަރުކާރައް ސަޕޯޓް ކުރާ ބަޔަކު ވެއްޖެޔާ ދޫކޮއްލާ މިފަދަ އެތައް ޖަރީމާއެއް ހިންގަމުންދާ އިރުވެސް ވޯޓް ހަލާލު ވަންޏާ ހީވާ ގޮތުން އިލިޔާސް ޝޭހަކައްވީ އިޒްރެއިލުން ކިޔަވަގެން ހެން ހީވަނީވބޮޑައް
        ް

        • Anonymous

          You އިލިޔާސް ކާރީ ކަލޭ އިށީނދެ ބަލަ،ދެ ފާތުރުތުރު އަޅައަޅާ އިންނާނީ.

  2. ބޮޑުބެ

    ތީ ޗިޕުސް

    • ނަޓުވަރު

      ދުއާދެއްވި ވެރިމީހާ އެއުޅެނީ ތަނެއްގަހުރި ބިޑިކާ އަކާއެއްކޮށް އިމުރާނު ކޮބާ މިފަހަރު ﷲ ގަންދީ ހުވާކޮށްބަލަ އިމުރާނު ޗޯރު ލިވާތުކުރި މީހުންނަށް އަދަބުދިނޭ ކިޔާފަ.

    • Anonymous
  3. ހަންދޮ

    ކަނޑުވިއްކި ލާރި ފައިސާއް ގުޑަ ކައިޒީން ނޮޓް އަ ސަޕްރައިސް

    • ނަޓުވަރު

      ދުއާދެއްވި ވެރިމީހާ އެއުޅެނީ ތަނެއްގަހުރި ބިޑިކާ އަކާއެއްކޮށް އިމުރާނު ކޮބާ މިފަހަރު ﷲ ގަންދީ ހުވާކޮށްބަލަ އިމުރާނު ޗޯރު ލިވާތުކުރި މީހުންނަށް އަދަބުދިނޭ ކިޔާފަ.

  4. އަހަރެން..

    ކިތައް ވަނަ ފަހަރަށް ޗިސިއި ކުރީ ޗަކޮޔާ

    • މަހާނަ

      ައެއްބުރުން ތިޔަަޗޯރު ހޮވުނީ އެއްމިލިއަން ފޮލޯވަރުންގެ ތާއީދު އެލިބުނީ އަވަހަށް ރަށްރަށުން މީހުން ގެނެސް ރައީސްކަމަށް ސޮއިކުރޭ.

  5. ނައުރާ

    ތިޔައީ ކާކު ދެން؟ ބޮޑުވަޅު ދޮށު ސައިބޯނި ސިޔާމް ޕާޓީ މައުރޫފް ވަރަށް ހިތްޕުޅާވެން ކޮފީ ގެނާ މަންޖެ ތީ

  6. އލމގރ

    ބިރުގަތީ ތަ

    • މަރޮށި

      ާލާދީނީ ތަކެތި ގުޅޭނީ ލާދީނީތަކެއްޗާ ލިވާތުކުރާމީހުންނާ ގުޅޭނީ ލިވާތުކުރާމީހުން ބުރުގާ ނާޅާމީހުންނާ ގުޅޭނީ ބުރުގާނާޅާ މީހުން

  7. މުއިއްޒު މިފަހަރު

    މި ގައުމުގަ އުޅޭ ގޮތެއް ފޮތެއް ނެތް މީހުން ނޫނީ އިބޫއަށް ތާއީދު ނުކުރޭ. މިއަދު ޑްރަގާއި މީހުން މެރުމާއި ކިޑްނެޕިންގް ކޭސްތަކުގަ ހިމެނޭ 25 މީހުން ދޫކޮއްލަިއފި. އެކަހަލަ މީހުން ތާއީދުކުރާނީ އިބޫއަށް.
    ގައުމަށް ހެޔޮ އެދޭ މީހުން ވޯޓު ދޭނީ މުއިއްޒުއަށް

    • އަހްމަދު

      ސިޔާމު މިފަހަރު ބާލާނީ ކޯއްޗެއްކަމެއްވެސްނޭގެ ހަމަގައިމުވެސް ދެން މާމުޔެއްނުފައިބާނެތާ އެހެންކޮންމެސްއެއްޗެއް ފައިބާނެކަންޔަގީން

  8. އަމައްޔާއި

    އަނހަ ތިއޮތީ ވެދަމާފަ. ޝެއިޚް އިލްޔާސްގެ ބުނާގޮތުންނަމަ، ހަމަ އިބޫ ހިތްހެޔޮކަމުން އައުރަ ނިވާނުކޮށްތިބޭ ކަސްބީންނާވެސް އަތާ އަތްޖަހާ ސަލާމްކުރާނެ!

    • ހައްބެ

      މިހާރު މައުރޫފު ދޫކޮށްލީތަ؟

  9. ހުސޭނުބޭ

    ދެން އެހެންމީހަކު ސޮއިކުރާނެކަމެއްނެތެއްނު! ތި އޮތީ ހޮވިފައި. ކުރިން މައްސަލަޖެހުނު ނައިފަރު ބޯޓުގެ ބަދަލުގައި އާގުބޯޓެއް ލިބޭނެކަން ޔަޤީން. އެއީ ތިމަންޖެ ފަހަތުން ކުމެހިބުރާހެން އެނބުރޭ ބައަކު ތިބޭނެ! އެމީހުން ދެން ސޯލިބެއަށް ތާޢީދުކުރާނެ! ވީމާ އެކޮއި ނިކަން އަގުބޮޑުވާނެ!

    • ާަަާދީމާ

      ތިޔަކަހަލަ ކުޅިބަޔާ ގުޅޭނީ ތިޔަކަހަލަ މީހުން

  10. މަހާނަ

    ައެއްބުރުން ތިޔަަޗޯރު ހޮވުނީ އެއްމިލިއަން ފޮލޯވަރުންގެ ތާއީދު އެލިބުނީ އަވަހަށް ރަށްރަށުން މީހުން ގެނެސް ރައީސްކަމަށް ސޮއިކުރޭ.

  11. ހުކޫ

    މީނަ މިދެން ކާކު ހަހަހަހހަ ނޫހުގަ ޖަހާޥަރުގެ ކަމެ

    • ާަަާދީމާ

      ތިޔަކަހަލަ ކުޅިބަޔާ ގުޅޭނީ ތިޔަކަހަލަ މީހުން

  12. ސަބް ޒީރޯ

    ތިދެންކާކު. ގައިގެ ވަނާތައް ފާޅު ކޮއްގެން މަގުބޫލު ކަންހޯދުމަކީ ވ ޗީޕް ކަމެއް.. އޮޑީ ގެ މައްސަލައިގަ ބަފާ ގޮވައިގެން ކޯޓަށް ދިޔަމީހާ ތީ، އެކަހަލަ 100 އޮޑީ ވިއްކާލިއަސް ބައްޕަ ގެ އަގު ވަޒަނެއް ނުކުރެވޭނެ ކަން ނޭގެ މީހެއް

  13. ާަަާދީމާ

    ތިޔަކަހަލަ ކުޅިބަޔާ ގުޅޭނީ ތިޔަކަހަލަ މީހުން

  14. ޞޭނުން

    ކައި އާ އެކު ޑޭޓަކަށް ދެވެނިކޮށް ވޯޓް ދެވިދާނެ

  15. ކަޒޫ

    އެމްޑީޕީ ހަމަ ލާދީނީއެވެ. ލަނޑަޔާވާނީ ލަނޑަޔާއި

  16. އއ

    ތީދެން " ހުކުރު ޙައްޖެއް " ލިބުން ފަދަ ކަމެކެއްނު، ތިޔަލިބުނީ.

  17. އަލިބޭގެ އަމީނާ

    ތިކަހަލަ ގޮތެއްފޮތެއްނެތި ދީނާ ދުރުކޮށްއުޅޭ މީހުން ޕާޓީއަށް ވަނުމަކީ އުފާކުރުމުގެ ބަދަލުގައި ހިތާމަކުރަން ޖެހޭނެ ކަމެކެވެ. ރަނގަޅު ކުރަންވީ ފުރަތަމަ އިސްލާމީ ޢަޤީދާއާައި އަޚްލާޤެވެ. ޑރ އިޔާޒުމެންނަށް ކަމުނުދަނީ މައުމޫން އަންހެނުން ބުރުގާ ނާޅާ އުޅުނީމައެވެ. ފަޒުނާއާ ކައިޒީނާ ޢާއިޝަތު ޢަލީ އާއި މިކަހަލަ މީހުން ބުރުގާ ނޭޅިޔަސް އިމްރާނަށާއި އިޔާޒުމެންނަށް ކަމުދައެވެ. މިއީ ދީނީ ޢިލްމުވެރިންގެ ނަމުގައި ބަޔަކަށް ޙަސަދަ ފިލުވާލަން އެޅޭ ބައެކެވެ. ﷲ އިރާދަފުޅާއެކު ތުނބުޅިވެސް ހުރި އަދި އަނބިކަނބަލުން ބުރުގާވެސް އަޅައިގެން ހުރި ދެ ޝައިޚުންގެ 2 ދަރިންނަށް މިޤައުމުގެ ވެރިކަމާ މެޑަމްކަން ދެއްވާށިއެވެ.

  18. ޗަކަ މަރީނާ

    މިހާރު މައުރޫފް ދޫކިންލީތަ ނޫނީ އެއަށްވުރެ ބޮޑު ހުށަހެޅުމެއް ލިބުނީތަ

  19. ބަގްސް ބަނީ

    ގާސިމު އުޅެނީ ޔޫޓިއުބް ސަމާ ނަގާ ކޮޅަށް ޖަހައިގެން.... ހެހެހެ
    ގާސިމު ފަހަތުގަ އެނބުރެނީ މިކަހަލަ ދެއުޅި އެއް ނުވާ މީހުން ހުސް... ދެން ނިކުމެ ރައްޔިތުން ކައިރި ވޯޓު ދޭށޯ... ނުދޭނަން.. ނުލިބޭނެ.

  20. ރާމިކް

    އިންސާނާގެ ނަފުސުގެ ޙުރުމަތާއި އަގު ހިފެހެއްޓުމެއްނެތި ހޯދާ މުއްސަނދި ކަމަކީ ބަރަކާތެއް ނެތް އެއްވެސް އަގެއް ހުރި އެއްޗެއް ނޫން. ދިވެހިންނަކީ އިސްލާމުން ކަމަށްވާއިރު ތިޔަފަދަ މީހުންނަށް ރަނގަޅު މީހުންގެ ޝައުޤުވެރިކަމެއް ރުހުންތެރިކަމެއް ނުހުންނާނެ. ވީމާ؛ ތިފަދަ މީހުންގެ ފަރާތުން މޮޅެއް ލިބޭނެހެން ހިއެއްނުވޭ. ރަނގަޅު މީހުންނަށް ފެނުމަށް ބޭނުންވާނީ ރަނގަޅު ނަމޫނާ.

  21. ރައިން

    މީނާ ފައިސާވެރިއަކަށް ވެގެން އުޅެނީ ކޮންގަތަކުން ފައިސާ ހޯދައިގެންކަން އެނގޭނެ ގޮތުގެ ކުރު ތަފްޞީލެއް ދޭނެ މީހަކު ނެތްތޯ؟ މިސާލަކަށް: '' މެސީ '' ފައިސާވެރިވީ ފުޓްބޯޅަ ކުޅެގެން. އަދި މިހާރުވެސް ފައިސާ ލިބެނީ ފުޓްބޯޅަ ކުޅެގެން. މިގޮތަށް.

  22. މުޙައްމަދު

    ބައްޕަ ގޮވައިގެން ބޯޓް ހޯދަން ކޯޓަށް ދިޔަ މީހާ މާދަމާ ފެންނާނެ އިބޫ ގޮވައިގެން ވެރިކަމުގެ ބާރރު ނުލިބިގެން ކޯޓަށް ދާ މަންޒަރު.