ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދިން ގޯތިތައް، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ފުށި ދިއްގަރަށް ބަދަލުކުރަން އުޅޭ ކަމަށް ދެކެވެމުންދާ ވާހަކަަތައް އޭނާ ދޮގު ކުރައްވައިފިއެވެ.

ފުށި ދިއްގަރަށް ގޯތިތަކެއް ބަދަލުކުރަން އުޅޭކަމަށް މުއިއްޒު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއްވެސް އެކްސްގައި ދަނީ ދައުރުވަމުންނެވެ.

އެ އޯޑިއޯއިން އިވޭ ގޮތުގައި ގޯތިތަށް ފުށި ދިއްގަރަށް ބަދަލުކުރުމުގެ ޕްރޮޖެކްޓެއް ފަށާނެއެވެ. އަދި އެކަން ދެތިން މަހެއްގެ ތެރޭގައި ކުރެވޭނެ ކަމަށް ބުނާ އަޑުވެސް އިވެއެވެ.

މުއިއްޒުވެސް ވަނީ އޭނާގެ އޯޑިއޯއެއް ކަމަށް ބުނެ އެކްސްގައި ދައުރުވަމުންދާ ޕޯސްޓަކަށް ރައްދު ދެއްވައިފައެވެ.

"މިއީ ހަމަ ކަނޑައެޅިގެން ފޭކް އޯޑިއޯއެއް. މީގެން އެނގީ އެންޓި ކެމްޕޭން ކުރާ މީހުން ވެއްޓިފައިވާ ދަށު ދަރަޖަ" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވިގޮތުގައިބވެރިކަމަށް ވަޑައިގެންފިނަމަ ގުޅީފަޅާއި ގިރާވަރު ފަޅާއި ފުދިއްގަރު ފަޅު އަހަރެއް ތެރޭގައި ހިއްކައި ނިންމަވާނެ އެވެ.

އަދި މާލޭގެ ރައްޔިތުންނަށް ދީފައި ހުރި ގޯތިތައް ފެނުން މައްޗަށް ނަގައިދީ އެ ގެދޮރުތަކުގައި ގޯތި އެޅޭނެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ދޭން ނިންމާފައިވާ ގޯތިތަކަށް ވުރެ އިތުރު ގޯތި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހީލުމް

    ތިމީހާ ރަނގަޅެއް ނުވާނެ. ޔާމީނަށްވުރެ އެއްގިޔަރު ނުލަފާވާނެ ކަމުގެ އެއް ހެއްކަކީ މާލޭގެ ގޭންގުތަކުގެ ބޮޑުމީހާ އެހެރީ ރަނިންމޭޓަކަށް. މަވާ ސަލާމް.

    1
    9
  2. ދަވާލާ

    އެމްޑީޕީގެ އަސްލަކީ ދޮގުހެދުމާއި އޮޅުވާލުމާއި މަކަރާ ހީލަތްހެދުމާއި މީހުންގެ ބޮލުގައި ތުހުމަތު އަޅުވާ ބަދުނާމް ކުރުން ، އެމްޑީޕީ ދިވެހިންގެ ހަލާކު ، ދިވެހިންނަށް އެމްޑީޕީ ފުދިއްޖެ ފުދިއިތުރުވެސް ވެއްޖެ ދެން ހޯ ހޯ ހޯ

    8
    1
  3. ބޯދިގުޒައީމް

    3ނޮވެންބަރްގެ ބާގީންރާއްޖެއަރާ ދިވެހިންޝަހީދުކޮއްލި ވީޑިޢޯތައް ހުރިހާމީހުން ފޭސްބުކްގަ ޝިއާކުރަންވީ އެއީދިވެހިންގެބަޔަކާ ލަންކާތަމަޅައިންގުޅިގެން ވެރިކަމުގެދައިވެތިކަމުގަކުރިކަމެއް މިހާރު ރާޓީވީއިންގެނެސްދޭވީޑިއޯއަކީވެސް ލަންކާބަޔަކާ މިބުނާބާގީން ގުޅިގެން ވެރިކަމުގެދަހިވެތިކަމުގާކަރާކަމެއްވީމަ
    ޢިންތިހާބުނިމެންދެން ބާގީވީޑިއޯތަކުން ތަޅާބަލިކޮއްލަންވީ މިބައިގަނޑު

    7
    1
  4. މާރުކާ

    މަށަކީ ސައުންޑު އިންޖީނެރެއްގެ ގޮތުގާ މިއުޒުކް ދާއިރާގާ މަސައްކަތް 37 އަހަރު މަވެސް ތި އޯޑިޔޯ އަޑުއަހާލިން %1000 ފޭކު އެޑިޓެއް ހިއވރެއް ހުރިއްޔާ ސްޓޫޑިޔޯއަށް އައިސް ބައްދަލް ކޮށްލާ ތި އޯޑިޔޣެ އަސްލު އަޑު އިއްވާލާނަން ވަރަށް ފޭކު މަށަކީ އެއްވެސް މީހެއްގެ ފަހަތުން ދުވާމީހެއްނޫން އެއަށް ވުރެ ފުދިން އަޅުގަނޑު އުޅެނީ މީހަކު ފަލީހަތް ކުރަން މަކަރާހީލަތް ހަދަންވެސްނޭގޭ ބަޔަކު ހަދާފަވއޮތް އޯޑިޔޯއެއް ވަރަށް ސަލާމް

    9
    1