ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރުންމަތީ ދެމި އޮންނާނެ ކަމަށް އަދާލަތު ޕާޓީން ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީން ރޭ ކުރި ޓްވީޓެއްގައި ވިދާޅުވީ، އެ ޕާޓީގެ މަޝްވަރާ މަޖިލީހުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރުންމަތީ އެ ޕާޓީން ސާބިތުކަމާއެކީ ދެމި އޮންނާނެ ކަމަށެވެ.

"މާތް ﷲ ގެ އިރާދަފުޅާއެކު މި އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެމްޑީޕީއާއި ރައީސް ސޯލިހަށް ތާއީދުކުރައްވާ އެންމެހާ ފަރާތްތަކާއެކުގައި މި ޕާޓީން ކުރާނަން.". އަދާލަތު ޕާޓީން ވިދާޅުވެފައި ވެއެވެ.

އަދާލަތު ޕާޓީން މިހެން ވިދާޅުވެފައިވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނުނު އެމްޑީއޭ އިން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ އެމްޑީޕީއާ އެކުގައި އެ ޕާޓީން ހެދި ކޯލިޝަން ރޫޅާލައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ފާސްކޮށްފައެވެ. އެގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުން އަޣުލަބިއްޔަތުންނެވެ. އެކަމާ ދެކޮޅު ހެއްދެވީ އެންމެ ދެ މެމްބަރުންނެވެ. އެމްޑީއޭގެ ކައުންސިލަށް އެކަން ހުށަހެޅުއްވީ ކައުންސިލް މެމްބަރު މުހައްމަދު އައްބާސްއެވެ. އެކަމަށް ތާއީދު ކުރެއްވީ އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފެވެ.

ކައުންސިލް ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވީ، ފުރަތަމަ ބުރުގައި ވެގެން ދިޔަ ގޮތުން ދެވަނަ ބުރުގައި ރައީސް ސޯލިހަށް ކާމިޔާބު ނުވާނެ ކަމަށް %97 ކައުންސިލް މެމްބަރުން ގަބޫލު ކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނަނަނަ

    އަދާލަތަށް ދެން ކޮން ޗޮއިސް އެއް އޮތީ. އިމްރާން ޔުއާ ޑެޒް އާރ ނަމްބާރޑް. ލައްކަ ދުވަހު އަނގަ އަރުވައި ކައިގެން އުޅެވިއްޖެ.

  2. މުޙައްމަދުބެ

    ތިވެސް އެގޭނީ ޕާޓީ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއްނަގާލީމަ .. އިމްރާން ބަގުޑި ބައްދައިގެން ކޯލިޝަން ހިފެހެއްޓޭތޯ ބަލާ!

  3. Anonymous

    ޢަދާލަތުގެ މަދުބަޔެއް ތިއުޅެނީ ޝޭހު ޢިމްރާނާއި އެކު، ގިނަ މެމްބަރުން ތިބީ ޑރ މުޢީޒަށް ތާޢީދު ކިރަން ނިންމައިގެން !

    11
  4. މުހަނު

    ބަލަގަ އިމްރާނޫ ނަޝީދު އެއާޕޯޓު ވިއްކީމަ ގޯސް. އިބުރާހީމޮު ގައުމުވިއްކުން އޯކެ!؟؟؟؟

    13
  5. ތައޫފްޕޕ

    މުއީޒް ވެރިކަމަށް ގެންނަން ތާއީދު ކުރާ އިލްމްވެރިންނޭ. މީސްތަކުން ތިޔަ ވިސްނާދެނީ ނުބަޔަކުން ހެވެއް ނުކުންނާނެކަމަށެވެ ! ކަމަކަށް ވާސިލް ވުމަށްޓަކައި ހާސިލްކުރުމަށް ޓަކައި ފަށަނީވެސް ނުބަޔަކުން ހަޜާމް ކަމަކުންނަމަ ދެން ތިޔަ އުއްމީދު ކުރާ ހެޔޮ އަދި އިސްލާމްދީނަށް ނަސްރު ލިބިދާނެހެއްޔެވެ! ލޮބުވެތި އިލްމުވެރިންނޭއެވެ ތިޔަ އެއްމެހައި ބޭކަލުން ބަޔާން ކޮއްދެއްވީ ލަވަޔާ މިއުޒިކް ޙަރާމް ކަމުގައެވެ ޝައިތޯނާގެ ދުއްމާރި ކަމުގައެވެ ދެޖިންސު މަސްހުނިވެ އަތާ އަތް ޖޯޑް ކޮއް ނޫޅުމަށެވެ ދެން ތިޔަ އުޅުއްވަނީ ވެރިކަމަށް ގެނެސް ފަހުން އިސްލާހު ކުރުމަށްތޯއެވެ. ތިޔަ ބުނަނީ ކޮންމެ މީހަކުވެެސް ދުނިޔެގައި ކަމެއް ޙާސިލް ކުރުމަށް ޓަކައި ކޮންމެ ކަމެއްވެސް ކުރުން ހަމަ އޯކޭއޭ އޭތޯއެވެ.

  6. ބަދަވި

    ތިޔައީ މިހާރު ދެން އޮނިގަނޑެއްނު އިޔާޒުއާ އިމްރާން މީދެން އަދާލަތު ޕާޓީ ނަމުގަ އުޅޭ ދެމީހުން

    11
  7. ކުޑޭ

    އިމްރާނުއާއި ޗޯރު ޖަލަށްލާންޖެހޭ މިމީހުންގެ ސަބަބުން ގައުމު ލޫތުގެފާނުގެ ގައުމުގެ މީހުންނަށް ޖެހުނު މުސީބާތުން ކިރިޔާ ސަލާމަތްމިވީ ﷲގެ ވާގިފުޅާއިއެކު ގައުމުމިއަދު އަނިޔާވެރިންގެ ވަކިތަކުން ސަލާމަތްވެއްޖެކަން އިހުސާސްކުރެވޭ އިންޝާﷲ ގައުމުބަންޑުން ޖަހާނުލާކަމީ ﷲ ސުބުހާނަހޫ ވަތައާލާއަށް ޝުކުރުކުރުން ހަށްގުވެގެންވާކަމެއް އެކަލާންގެއީ ހުރިހާކަމެއް ބަށްލަވާވޮޑިގެންވާ އިލާހު.

    10
  8. ތައޫފްޕޕ

    މުއީޒް ވެރިކަމަށް ގެންނަން ތާއީދު ކުރާ އިލްމްވެރިންނޭ. މީސްތަކުން ނަށް ތިޔަ ވިސްނާދެނީ ނުބަޔަކުން ހެވެއް ނުކުންނާނެކަމަށެވެ ! ކަމަކަށް ވާސިލް ވުމަށްޓަކައި ހާސިލްކުރުމަށް ޓަކައި ފަށަނީވެސް ނުބަޔަކުން ހަޜާމް ކަމަކުންނަމަ ދެން ތިޔަ އުއްމީދު ކުރާ ހެޔޮ އަދި އިސްލާމްދީނަށް ނަސްރު ލިބިދާނެހެއްޔެވެ! ލޮބުވެތި އިލްމުވެރިންނޭއެވެ ތިޔަ އެއްމެހައި ބޭކަލުން ބަޔާން ކޮއްދެއްވީ ލަވަޔާ މިއުޒިކް ޙަރާމް ކަމުގައެވެ ޝައިތޯނާގެ ދުއްމާރި ކަމުގައެވެ ދެޖިންސު މަސްހުނިވެ އަތާ އަތް ޖޯޑް ކޮއް ނޫޅުމަށެވެ ދެން ތިޔަ އުޅުއްވަނީ ވެރިކަމަށް ގެނެސް ފަހުން އިސްލާހު ކުރުމަށްތޯއެވެ. ތިޔަ ބުނަނީ ކޮންމެ މީހަކުވެެސް ދުނިޔެގައި ކަމެއް ޙާސިލް ކުރުމަށް ޓަކައި ކޮންމެ ކަމެއްވެސް ކުރުން ހަމަ އޯކޭއޭ އޭތޯއެވެ.

    1
    4
  9. ޝަހީދު

    ދެން މީގައި އެހެންގޮތެއް އެބައޮތްތަ؟ ޖިންނިއަކަށްވުރެ ނުބައިވެގެންވޭ އިންސިޔަކު އަވަލަވައިފިއްޔާމު ، ޔާމީންއަށް ކުރިއަނިޔާއާއި ގައުމިއްޔަތަށް ކުރި އަނިޔާގެ ބަދަލު ދީނާއި ގައުދެކެ ލޯބިވާ މީހުންހިފާނެ އެއީ މުޑުދާރު މީހުންގެ ކިބައިން އަބަދަށް ގައުމު ސަލާމަތްކުރުން އިބްތަތަކަށްވެސް..