މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓާއި އެކީ “ވަގުތު“ އިން ކުރިއަށް ގެންދާ އެގްޒިޓް ޕޯލްގައި ހދ. ކުޅުދުއްފުށިން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތްތައް ހޯދަން އިއުލާން ކޮށްފިއެވެ.

އިންތިހާބު ކުރިއަށްދާ ވަގުތު އެގްޒިޓް ޕޯލް ރާއްޖޭގެ އެކި ސަރަހައްދުތަކުން ރެންޑަމްކޮށް ހޮވާލެވުނު 100 ފޮއްޓެއްގައި ކުރިއަށް ގެންދާނެއެވެ. އެއީ ވޯޓް ލުމަށް އިލެކްޝަންސް ކޮމިޝަނުން މާލެ އާއި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަހައްޓާ ފޮށިތަކުގެ ތެރެއިން %20 ފޮއްޓެވެ.

ވަގުތު" އިން ކުރިއަށް ގެންދާ އެގްޒިޓް ޕޯލްގައި ބައިވެރިވުމުގެ ފުރުސަތު ހޮވާލެވުނު 100 ފޮށި ހުންނަ ރަށްރަށުގައި ތިބި މީހުންނަށް އޮންނާނެއެވެ. ކޮންމެ ވޯޓް ފޮއްޓެއްގައި އެގްޒިޓް ޕޯލް ކުރިއަށް ގެންދިއުމަށް އެކަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެގްޒިޓް ޕޯލް ނެގުމުގައި ބައިވެރިވާ މީހުންނަށް -/750 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ.

“ވަގުތު” އިން ވަނީ ހދ. ކުޅުދުއްފުށީގެ ވޯޓު ފޮށިތައް ބަހައްޓާ މަރުކަޒުތަކުގައި އެގްޒިޓް ޕޯލް ކުރިއަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތައް 7577953 ނަންބަރަށް ގުޅުމަށް އެދިފައެވެ.

އެގްޒިޓް ޕޯލް ކުރިއަށް ގެންދިއުމުގައި ބައިވެރިވާ މީހުންނަކީ އެއްވެސް ސިޔާސީ ހަރަކާތެއްގައި އަމަލީ ގޮތުން ބައިވެރިވެފައިވާ މީހުންނަށް ވެގެން ނުވާނެއެވެ.

އެގްޒިޓް ޕޯލް ކުރިއަށް ގެންދާނެ ވޯޓް ފޮށިތަކުގެ ލިސްޓް

އެގްޒިޓް ޕޯލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ 7577953 އަށެވެ.

ވަގުތު އިން ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އެގްޒިޓް ޕޯލެއް ކުރިއަށް ގެންގޮސްފައެވެ. އިންތިހާބުގެ ރަސްމީ ނަތީޖާގައި ވެސް އެއްވަނަ އާއި ދެވަނަ އަށް ދިޔައީ ވަގުތު އެގްޒިޓް ޕޯލްގައި އެއްވަނަ އާއި ދެވަނަ ދިޔަ ޑރ.މުހައްމަދު މުއިއްޒު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ.