އެންމެ ގިނަ ދިވެހިން ޒިޔާރަތް ކުރާ ރާއްޖޭގެ ވެބްސައިޓްގެ މަގާމު ދަމަހައްޓަމުން އަންނަ "ވަގުތު" އިން ވެބްސައިޓްތަކުގެ ރޭންކިންގައި އަނެއްކާވެސް އިތުރު ކުރިއެރުމެއް ހޯދައިފިއެވެ.

މީގެ ކުރިން ވަގުތު އެންމެ ގިނަ ދިވެހިން ވަންނަ ރާއްޖޭގެ ވެބްސައިޓްގެ ގޮތުގައި އޮތީ ބޭރުގެ ވެބްސައިޓްތައް ހިމަނޭ ލިސްޓްގެ ހަތްވަނައިގައެވެ. ނަމަވެސް މިމަހުގެ 07 ވަނަ ދުވަހު އާއްމުކުރި ރޭންކިންގައި ވަގުތު ވަނީ ބޭރުގެ ވެބްސައިޓްތައް ހިމެނޭ ލިސްޓުން ފަސް ވަނަ އަށް ކުރިއަށް ޖެހިލާފައެވެ.

އެންމެ ގިނަ މީހުން ވަންނަ ރާއްޖޭގެ ވެބްސައިޓްގެ މަގާމު "ވަގުތު" އިން ދެމެހެއްޓިއިރު މަސްދުވަސް ތެރޭގައި ވަގުތު އަށް ޒިޔާރަތްކުރި މީހުންގެ އަދަދު 2.8 މިލިއަނަށް އަރައެވެ.

ވަގުތު އަށް ފަހު ދެން އެންމެ ގިނަ ދިވެހިން ވަންނަ ވެބްސައިޓަކީ މިހާރު ނޫހެވެ. އެނޫހަށް 2.4 މިލިއަން މީހުން މަސް ދުވަސް ތެރޭ ޒިޔާރަތް ކޮށްފައި ވާއިރު ވެބްސައިޓް އޮތީ ރޭންކިންގެ ހަތްވަނައިގައެވެ.

ރާއްޖޭގެ އެހެން ވެބްސައިޓްތަކަށް ބަލާއިރު ސަން އޮންލައިން ހަތް ލައްކަ ނުވަދިހަ އަށް ހާސް ވިޒިޓާސް އާއިއެކު އޮތީ 14 ވަނައިގައެވެ. ދިޔަރެސް 22 ވަނައިގައި އޮތްއިރު އެވެބްސައިޓަށް 1.3 މިލިއަން މީހުން ވަދެފައި ވެއެވެ. ދައުރު ނޫސް 24 ވަނައިގައި އޮތްއިރު އެވެބްސައިޓަށް ތިން ލައްކަ މީހުން ވަދެފައި ވެއެވެ. އަވަސް އޮންލައިން އޮތީ 25 ވަނައިގައެވެ. އެވެބްސައިޓަށް ވަދެފައި ވަނީ ހަތަރު ލައްކަ ތިރީސް ހާސް މީހުންނެވެ. އަދަދު ނޫސް އޮތީ 30 ވަނައިގައެވެ. އެވެބްސައިޓަށް މަސް ދުވަހުން ވަދެފައި ވަނީ އަށް ލައްކަ މީހުންނެވެ. ސީއެންއެމް އަށް 51 ވަނަ ލިބެނީ އެވެބްސައިޓަށް ދެލައްކަ ފަސްތޮޅަސް ހާސް މީހުން ވަދެފައި ވާތީއެވެ. ވަން އޮންލައިން 52 ވަނައިގައި އޮތްއިރު އެވެބްސައިޓަށް ވަދެފައި ވަނީ ދެލައްކަ ސާޅީސް ހާސް މީހުންނެވެ.

ރާއްޖެ އެމްވީ އަށް 68 ވަނަ ލިބިފައި ވާއިރު އެވެބްސައިޓަށް ވަދެފައި ވަނީ 688000 މީހުންނެވެ.

ވޮއިސް އޮންލައިން އޮތީ 111 ވަނައިގައެވެ. އެވެބްސައިޓަށް ވަދެފައި ވަނީ 392000 މީހުންނެވެ. ދަޕްރެސް އޮތީ 112 ވަނައިގައެވެ. އެވެބްސައިޓަށް ވަދެފައި ވަނީ 270000 މީހުންނެވެ. ޚަބަރު އޮންލައިން އޮތީ 126 ވަނައިގައެވެ. އެވެބްސައިޓަށް ވަދެފައި ވަނީ 181000 މީހުންނެވެ. މިނޫސް އޮތީ 811 ވަނައިގައެވެ. އެވެބްސައިޓަށް ވަދެފައި ވަނީ 43000 މީހުންނެވެ. ވީނިއުސް އޮތީ 976 ވަނައިގައެވެ. އެވެބްސައިޓަށް ވަދެފައި ވަނީ 71000 މީހުންނެވެ.

މިވެބްސައިޓް ރޭންކިން އަކީ އެމެރިކާގެ ސިމިލާވެބް އިން އާއްމުކުރި ރޭންކިން އެކެވެ. ވެބްސައިޓްތައް ރޭންކް ކުރުމުގައި އެވެބްސައިޓަށް ވަންނަ މީހުންގެ އަދަދުގެ އިތުރުން ވެބްސައިޓަށް ވަންނަ މީހުން އެވެބްސައިޓެއްގައި ހޭދަކުރާ ވަގުތައް ވެސް ބަލައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހި ފަރުދެއް

    ސާބަހޭ ވަގުތު ނޫސްވެރިންނަށް.

    18
    3
  2. ވިކިލީކްސް

    ވަގުތަށް އަހަރެން ވަންނަން ދުވާލަކު މަދުވެގެން ތިރީސް ފަހަރު. ސަބަބަކީ އަލްޖަޒީރާ ފަދައިން ވަގުތުން ލައިވް ގެނެސްދޭތީ

    6
    1