ރިޔާސީ އިންތިހާބުގައި މިއަދު ނުކުތް ނަތީޖާއަކީ ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ދިވެހި ރައްޔިތުން ދެއްވި ވޯޓެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒެވެ.

މުއިއްޒާއި ރަނިންގމޭޓް ހުސައިން މުހައްމަދު ލަތީފަށް މަރުހަބާ ވިދާޅުވެެ ނާޒިމް ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ އާއި އެމްއެންޕީ ކޯލިޝަން ބަލައިގަނެ، ދެއްވި ވޯޓަށްޓަކައި އެންމެންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އޭނާ ގަބޫލުކުރާ ގޮތުގައި، މި އިންތިހާބުގެ ނަތީޖާއަކީ ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ދިވެހި ރައްޔިތުން ދެއްވި ވޯޓެއް ކަމަށެވެ.

"އަދި ރާއްޖެއިން ގެއްލިގެން ދިޔަ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދައި، ރާއްޖޭގެ ދަރަނި ކުޑަކޮށް، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް ރައްޔިތުންނަށް އުފާފާގަތި ކަން ހޯދުމަށް ދެއްވި ވޯޓެއްކަމުގައިވެސް ގަބޫލުކުރަމެވެ.". އޭނާ ވިދާޅުވިއެވެ.

އަދި މި ނަތީޖާއެކު ދިވެހި ރައްޔިތުންގެ އުންމީދުތައް ހާސިލުވެ، ރައްޔިތުންނަށް އުފާފާގަތިކަމާއި ރައްކާތެރިކަން ލިބޭނޭކަމުގެ ފުރިހަމަ ޔަގީންކަން އެބަ ްއޮތް ކަމަށްވެސް ވިދާޅުވިއެވެ.

"އަދި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރައްވައި، ބޭރުގެ ނުފޫޒުތައް ކުޑަކުރައްވައި ރާއްޖޭގައި އަމަންއަމާންކަން ޤާއިމުކުރައްވައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރައްވާނޭ ކަމުގެ ޔަޤީންކަން އޮތް ވާހަކަވެސް ތިޔަ ލޮބުވެތި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.".

އަދި ދައުލަތް ހިންގެވުމުގައްޔާއި ރައްޔިތުންނަށް ހިދުމަތްކުރެއްވުމުގައި، އެޕާޓީ އާއި އޭނާގެ އެއްބާރުލުން އަބަދުވެސް ޑރ. މުއިއްޒަށް ލިބިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަނުގ

    ބައި އަޅާނެ މީހެއްވީ ދޯ. މާކުރިންވެސް އެނގޭ ބައި އަޅަންކަން ސަޕޯޓޭކީ. ބައި އަޅީމަ ވާގޮތް މިހާރު ފެނިފަ އެހުރީ ސާލިހަށް. ދެން އަޅާބަލަ. އޭރުން އެނގޭނެ ދެން އޮތް އިންތިހާބެއްގަ.

  2. އއއއ

    މިނިވަންކަން އޮތީކަލޭމެންނައް!!!! 5 4 3 2 1 ލައްކަ މުސާރައޭކިޔާފަ ކާތާ 18 އަހަރުވީ. އާއްމުރައްޔިތެއްގެ މުސާރައަކީ 1 2 3 ހާސްރުފިޔާ ފޮތިފިހާރަ ގާމެންޓް ފިހާރަތަކުން 4 5 6 7 8 ހާސްރުފިޔާ. ޚުންފުނިތަކުން .!!!! މިސަތޭކަ ޕަސެންޓު ކުރީޒަމާނުގަ އޮތް އަޅުންނާ ސާހިބުންގެ ސަގާފަތް !!!! އިންސާނީ ހައްގައް މިޔައްވުރެ ބޮޑައް އަރައިގަނެފަ ދުނިޔޭގެ ތާރީޚުގަވެސް ނޯންނާނެ. !!!