ކުރިއަށް މި އޮތީ ރައްޔިތުން އުއްމީދު ކުރާ ގޮތަކަށް ގައުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ދުވަސްތަކެއް ކަަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށްފަހު މިރޭ މީރުމާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ އަމަލުތައް ހުންނަވާނީ ކުރިންވެސް ފާހަގަކުރެއްވި ގޮތަށް ކަމަށާއި، އެމަނިކުފާނުގެ ކުރިމަތީގައި އެންމެންވެސް ހަމަހަމަވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު އަބަދުވެސް ދަންނަވަމުން އައި ގޮތަށް، އަޅުގަނޑުގެ އަމަލުތައް ހުންނާނީ. ކޮންމެ ދިވަހި ރައްޔިތަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތެއް. ކޮންމެ ޕާޓީއެއްގައި ހުއްޓަސް، އަޅުގަނޑުގެ ކުރިމަތީގައި އެއީ ދިވެހި ލޮބުވެތި ރައްޔިތެއް. އެއްވަރަކަށް ހައްގު ލިބިގެން ވަނީ. އެއްވަރަކަށް ހުރިހާ ކަމެއްގައިވެސް ހަމަހަމަ ލިބިދޭ.".

އެހެންކަމުން އެދެނީ އެގޮތުގައި ކުރިއަށްށްދާން ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއްވެސް ފަރާތަކުން ގައުމަށް ހަމަޖެހުން ނުލިބޭ ފަދަ އެއްވެސް ކަމެއް ކުރުމަށް އެއްވެސް ވަރެއްގެ ހިތްވަރެއް ނެދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އަދި އުޅުމާއި ގުޅުމަކީ ރިވެތި އަހްލާގުގެ ތެރެއިން ކުރިއަށްދާ ކަމަކަށް ވާން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭން އަޅުގަނޑު އެދެން، މި ހަމަޖެހުން ގެއްލުވާލުމަށް، އުޅޭނެ އެކި ފަރާތްތައް އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުން އުފައްދާ އަޅުގަނޑުމެންގެ ތެރެގައި މަސްހަލަތު ގެއްލުވާލާ ގައުމުގެ ކުރިމަގު ބަނަ ކުރުމަށް.".

މި ގައުމަށް ހަމަޖެހުން ގެނެސްދެއްވާނެ ކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، ގައުމުގެ މިނިވަންކަން ހިމާޔަތް ކުރެވޭނެ ކަމަށާއި، ގައުމުގެ އިގްތިސޯދު ނަގާ ކޮޅަށް ޖެހޭނެ ކަމަށެވެ.

އެމަނިފާނު ވަނީ މި އިންތިހާބާއި ގުޅިގެން ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

"މިއަދުގެ މި ނަތީޖާއިން ލިބިގެން ދިޔައީ، އަޅުގަނޑުމެންގެ ގައުމުގެ މުސްތަގުބަލު ބިނާ ކުރުމަށްޓަކައި ވަރަށް ބޮޑު، ހިތްވަރެއް، އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަން ޔަގީން ކުރުމަށްޓަކައި ލިބުނު ވަރަށް ބޮޑު ހިތްވަރެއް، ދިވެހިި ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންގެ ގައުމުގެ މުސްތަގުބަލް އުޖާލާ ކުރުމަށްޓާކައި ބޭނުންވެފައި މިންވަރު ފެނިގެން މި ދިޔައީ". މުއިއްޒު ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީތައް ހިމެނޭ ގޮތަށް އެންމެންނަށް ޝުކުރު ދަންނަވަމުން މުއިއްޒު ވިދާޅުވީ، މިއީ އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތު ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. zindhaabaadh

    ޕީޕީއެމް އެމްއެންޕީ އެމްޑީއޭ ޒިންދާބާދު ޕީޕީއެމް އެމްއެންޕީ އެމްޑީއޭ ޒިންދާބާދު ޕީޕީއެމް އެމްއެންޕީ އެމްޑީއޭ ޒިންދާބާދު ޕީޕީއެމް އެމްއެންޕީ އެމްޑީއޭ ޒިންދާބާދު ޕީޕީއެމް އެމްއެންޕީ އެމްޑީއޭ ޒިންދާބާދު ޕީޕީއެމް އެމްއެންޕީ އެމްޑީއޭ ޒިންދާބާދު ޕީޕީއެމް އެމްއެންޕީ އެމްޑީއޭ ޒިންދާބާދު ޕީޕީއެމް އެމްއެންޕީ އެމްޑީއޭ ޒިންދާބާދު ޕީޕީއެމް އެމްއެންޕީ އެމްޑީއޭ ޒިންދާބާދު ޕީޕީއެމް އެމްއެންޕީ އެމްޑީއޭ ޒިންދާބާދު ޕީޕީއެމް އެމްއެންޕީ އެމްޑީއޭ ޒިންދާބާދު ޕީޕީއެމް އެމްއެންޕީ އެމްޑީއޭ ޒިންދާބާދު ޕީޕީއެމް އެމްއެންޕީ އެމްޑީއޭ ޒިންދާބާދު ޕީޕީއެމް އެމްއެންޕީ އެމްޑީއޭ ޒިންދާބާދު

  2. ހަނދާންކުރާތި

    ރައްޔިތުން އެދޭގޮތަށް ކަންކުރާނަމަ ޓޫރިޒަމް މިނިސްޓަރުކަން އެއްގޮތަކަށްވެސް ތެޔޮރަމީޒަށް ދީގެންނުވާނެއޭ އެއީ މަމެން ނުދަންނަ މީހެއް ނޫނޭ ނޫނު މާފަރު އެއަރޕޯރޓް ސަންސިޔާމަށް ދީފައި އެފަކީރު އިންވެސްޓަރުން ގެނެސް އެތައް ޚަރަދެއް ކުރިފަހުން އެއްވެސް އެންގުމަކާއި ނުލައި އޭނާ ބޮޑު ކަޓްޖައްސައިގެން އެތަން އަރަތްބަކަށް ދިނީ ހަގީގަތުގައި މާފަރު އެއަރޕޯޜޓް އެމެން ތަރައްގީ އެއްވެސް ނުކުރޭ މިހާރުވެސް އެމެން ކުރާކަނަކީ ސަރުކާރަށް ކަޓްދީގެން ކަންކަންކުރުން ހަނދާން ކުރާތި ތެޔޮރަމީޒު ފަދަ ބޮޑެތި ވަގުންނަށް މިނިސްޓަރު ކަންދީގެން ނުވާނެ ދެންނާ އޭނާ އަށް ރައީސް އޮފީހުގެ މިނިސްޓަރު ކަންދީ ޔާންޓޭ އާއި އޭނާ ގާތް ވެގެން ކުރި ކަމަކީ ޔާންޓޭގެ ވެރިކަމުގެ ބަރަކާތް ކަނޑުވާލާ ވައްކަންކުރީ ޕީޕީއެމް އަށް ފަންޑު ހޯދަން އޮތް މަގެއް ނޫން ޓޫރިޒަމް މިނިސްޓްރީ އަކީ އެކަން ދަންނާތި ދަންނާތި ދަންނާތި ޔާންޓޭ ވެރިކަމުފައި ތެޔޮރަމީޒު ކުރި ވައްކަން މަމެން ރަނގަޅަށް ދަންނަމޭ އެޅާ އެއީ ބޮޑުވަގެކޭ ބޮޑުވަގެކޭ އެޅާ އަށް އެއްވެސް މިނިސްޓްރީ އެއް ދީގެން ނުވާނެ ހަނދާންކުރާރި އެނޫންނަމަ ނޮޅާ ރޮލާ ކާނަން ސަރުކާރު ހަނދާންކުރާތި ވަރަށް ސީރިއަސް ވާހަކަ މިބުނީ...

  3. Anonymous

    ދިވެހި ލޮބުވެތި ރައްޔިތުން މަދީނާގެ މުހާޖިރުން ނާއި އަންސާރުން ދެއްކެވި ރީތި ނަމޫނާ ދެއްކުމަށް ގޮވާލަން، އެކުވެރި މުސްލިމް މުވާތިނުބަޔަކަށް ވުމަށް ނަސޭހަތް ތެރިކަން، އިސްލާމް ދީނާއި ވަތަން ދެކެ ލޯބިވާ ވަޔަކަށް ވާންވީ !

  4. ބަލާތި

    ސަރުކާރެއް ހިންގުމުގައި ވަރަށް މުހިއްމު ވާނެ ނަގާ ކެބިނެޓެއް އެކެބިނެޓް ވާން ޖެހޭނީ ހުޅުވިފައިވާ ސިކުނޑި އަކުން ވިސްނާ ބަޔަކަށް އެގޮތުން ބަލާއިރު މާލޭ ރަސްފަންނުގައި ކުރަން އޮތް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް އެއްބަސްވުމުގައި ސޮއި ކޮށްފައިވަނި ކޮށް އަސްލަމް އެބާތިލް ކުރީ އުނގުން ވިސްނާ ހަސަދަވެރިކަން ކުރިއަށް ނެެރެގެން އެކަން ކުރިނަމަ ރައީސް އިބޫ އަށް ފައިފާވާނީ މިފަދަ ކަންކަން މިސަރުކާރުން ނުކޮށް ކޮލިޓީ އަދި ކަޓް ނުނަގާ ކެބިނެޓެއް ނަގަން ޖެހޭނީ ޕާރޓީ އަށް ވުރެން ބޮޑަށް ގައުމާއި މެދު ވިސްނާ ކެބިނެޓެއް ނަގަން ޖެހޭނީ އެއީ އެންމެ މުހިއްުމު ކަމަކީ...

  5. ދދދދ

    މާރްޙަބާ އިންތިހާބީ ރައީސް ޑރ. މުއީޒްއަށް!! އަޅުގަނޑުމެން ބޭނުންވާގޮތަށް އިސްލާމްދީނާ ޙިލާފުނުވާގޮތަށް ޝަރުއީ ހަމަތަކުގެ މަތިން ޤައުމު ތަރައްގީ ކުރުމަށް މަސަައްކަތް ކޮއްދޭނެކަމުގެ އުންމީދު ކުރަން.