ގުޅިފައިވާ ޕާޓީ ތަކުގެ ކެމްޕޭންގައި އިސްކޮށް އުޅޭ މީހުން ހައްޔަރުކުރަނީ ޕީޕީއެމުން ރާވާފައިވާ ގޮތުގެ މަތިން ކަމަށާއި އެ މީހުން ހައްޔަރުކުރުމުގައި އެއްވެސް ހަމައެއް އިންސާފެއް ނެތް ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި މިއަދު ބައްދަލު ކުރައްވައި މާރިޔާ ވިދާޅުވީ ގއ. ކޮލަމާފުށިން ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ 18 މީހަކު ހައްޔަރުކުރީ ހުވަދޫ އަތޮޅުގައި ރައީސް އަބްދުﷲ ޔާމީން ބޮޑު ތަނުން ބަލިވުމުން ކަމަށެވެ.

މާރިޔާ ވިދާޅުވީ ކޮލަމާފުށިން ބަޔަކު ހައްޔަރުކުރުމާއެކު އެރަށުގައި ސިވިލް ސާވިސްގައި މަސައްކަތް ކުރާ މީހުން ސިޔާސީ ހަރަކާތަށް ނިކުމެފައިވާ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮލަމާފުށިންނާއި އެހެން ތަންތަނުން މީހުން ހައްޔަރުކުރި ވަރަކަށް ރައީސް ޔާމީނަށް ލިބިފައި އޮތް މަދު ވޯޓުކޮޅުވެސް ގެއްލިގެންދާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

" ލިސްޓެއް ބަލައިގެން އައިސް ކޯޓު އޯޑަރެއް ހިފައިގެންނޭ ކިޔާފައި މީހުންތައް ބަންދުކުރަމުން އެދަނީ. އެއްވެސް ހާލަތެއްގައި އިތުރު އެއްވެސް ތަހުގީގެއް ހިންގާ ނުވަތަ އެކަމުގައި ހަމަހަމަކަމާ އެކީގައި އެއްވެސް ކަހަލަ ކަންފުޅެއްވެސް ދައްކާ ނުލައްވާ،" ސަރުކާރަށް ފާޑު ވިދާޅުވެ މާރިޔާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ސަރުކާރުގެ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވެވޭނެ ގޮތް ހެދީ ބިރުދައްކާ، ނުހައްގުން އެތައް ބައެއް ގެވަޒީފާ ގެއްލުވާލުމަށްފަހު އެތައް އާއިލާއެއް ބިކަކޮށްލައިގެން ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

"ކޮލަމާފުށިން ފެންނަނީ ނަމޫނާއެއް. ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ސިވިލް ސާވިސް މުވައްޒަފުންނަށް ވެސް ލިބިގެންވާ ހައްގެއް. ގާނޫނުތަކާއި ކޯޓުތަކުގެ ނިންމުންތަކަށް ބެލުމުން އެކަން އެނގިގެންދޭ" މާރިއާ ވިދާޅުވި އެވެ.

" ގަދަބާރު ދައްކައިގެން ކެމްޕޭންކޮށް މޮޅުވާ ވާހަކަ ސަރުކާރަށް ތާއީދުކުރާ ބޭފުޅުން ދެއްކެވި ނަަމަވެސް ގުޅިފައިވާ ޕާޓީ ތަކުން ކެމްޕޭން ކުރާނީ އެގޮތަކަށް ނޫން. ބަދަލުގައި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގައިގެން ގުޅިފައިވާ ޕާޓީ ތަކުން މަސައްކަތް ކުރާނީ ހިކުމަތްތެރިކަމާ އެކު" މާރިޔާ ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދު ކަރުބުރި ކޮށްލަން ޕީޕީއެމްގެ އެއްވުމެއްގައި ގޮވާލި މައްސަލަވެސް ތަހުގީގު ކުރަމުން ނުދާ ކަމަށް ވިދާޅުވެ މާރިޔާ ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ހުޅުމާލެއަށް ވަޑައިގެންނެވި ދުވަހު ނޫސްވެރިންގެ ކެމަރާތަކުގެ ކުރިމަތީގައި އިބޫއަށް ބަޔަކު ހަމަލާ ދޭން އުޅުމުން އެމައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް އެމައްސަލާގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ދިވެހި ރައްޔިތުންގެ ފައިސާ ރައީސް ޔާމީންގެ ސިޔާސީ ބޭނުމަށް ހަރަދުކޮށްލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ހަވާ އަރުވަން އެކަނި ހަރަދުކޮށްލާ ފައިސާ އަކީ 150 މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދެވޭނެ ފައިސާ ކަމަށާއި އަދި އެއީ ދެ ރަށުގެ ނަރުދަމާ ނިޒާމު ގާއިމުކުރެވޭނެ ފައިސާ ކަމަށެވެ.

" އެފައިސާ އިން އެކަނިވެސް 80 ސްކޮލާޝިޕް ހަމަޖައްސައިދެވޭނެ. ރައީސް ޔާމީނަށް އަބަދު ބާރުގައި ނުހުންނެވޭނެ. ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓުލާ ނިމުމާއެކު ރައީސް ޔާމީން ރީތިކޮށް މަންޒަރުން ފޮހެވިގެންދާނެ " މާރިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މާރިޔޯ

  7 ފެބްރުއަރީގަ އަންދާލީ ކިތައް ފުލެޓް ކިތައް ބަނދަރު ކިތައް ރަށުގެ ނަރުދަމާ ކިތައް އެއަރޕޯޓް ކިތައް ބުރިޖު އަޅާނެ ފައިސާތޯ. އަނގަނުތަޅާ މަޑުން ހުރޭ

 2. ާއަފްލާ

  މާރިޔާ އެވެ ނަޝީދުގެ ވެރިކަމުގަ ގދ.ނަޑެއްލާގަ ދެގުރޫޕެއްގެ ދހެމެދު ގަ ހިނގި މާރާ މާރީ އަކާ ގުޅިގެން އޭރުގެ މަޑަވެލި ދާއިރާގެ މެމްބަރު ދާއްޔާ ނާޒިމް އޭނަގެ ބާރު ބޭނުން ކޮހގެން ރަށުގެ ވަކިބަޔަކު އޭރުގެ ސަރުކާރާ ދެކޮޅު ބަޔަކު ހިފާ ހައްޔަރުކޮށްގެން ތިނަދުއަށް ގެނދިޔަ މިމީހުން ހައްޔަރު ކުރަން ދިޔަ ޕޮލިހުންގެ ލޯންޗް ތެރެއަށް ރާ ގޮނޑި އުކާހެން ފުލުހުން އެކުދިން އޭގެ ތެރެއާށަ ލީ މިހާރު ކޮން ަަގައެއް ތިތަޅަނީ

 3. އަޒްމިރަލްޑާ

  ވީޑިއޯތަކުން ގުންޑާތައް އަރައިގަންނަތަނަ ފެންނައިރުވެސް ތި ބުނަނީ ރޭވުމޭ ހަޔާތްކޮބާ.

 4. މަރިޔަމް

  ކަލޭމެންނަކީ އަބަދުވެސް ތިކަހަލަ ޕުރެޕަގަންޑާ ފަތުރާ ބާގަނޑެއް ތިކަހަލަ ވާހަކަ ގަބޫލުކުރަނީ މިހާރު ވަރައްމަދުބައެޢް

 5. ޓަވަރު

  ތެދެއް! އެކަން ރޭވީ މާރިޔާމެން......

 6. ކިންގފިޝަރ

  ސިޔާސީމީހުންނަކީ މަނިފޮދެއްފަދަ މިސާލު ދައްކާ އެއްޗެއް. އެތައް މިލިއަން ފަންޏަކުން އިންސާނަކަށް ވަނީ އެންމެ ފަންޏެއް.