ޅ. ނައިފަރުން ގެއްލިގެން ހޯދަމުންދާ ކުޑަ އަންހެން ކުއްޖާ އަދިވެސް ނުފެނެ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ނައިފަރު / ސީނިޔާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (13އ) ގެއްލިގެން ދަނީ ހޯދަމުންނެވެ.

އަދި އޭނާ ހޯދަން އެހީއަށް ފުލުހުން ވެސް ވަނީ އެދިފައެވެ.

ނައިފަރު ކައުންސިލްގެ ބޭފުޅަކު ވަގުތަށް ވިދާޅުވީ އަދިވެސް އެ ކުއްޖާ ނުފެންނަ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއެެވެ.

ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރ 28 ވަނަ ދުވަހު ހަވީރު ނައިފަރުން ކަމާ އޭރު ލައިގެންހުރީ މުށިކުލައިގެ ޓޮޕަކާއި މަޑުނޫކުލައިގެ ޖީންސެއް ކަމާއި އަރައިގެން ހުރީ ކަޅުކުލައިގެ ފައިވާނަކަށް ކަމަށް އާއިލާއިން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވަނީ ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައެވެ.

މި ފަހަކަށް އައިސް ރާއްޖެއިން މީހުން ގެއްލިގެން ހޯދުން ވަނީ އިތުރުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު