ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާއަށް) ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ޝަރީފަށް ހަމަލާ ދީފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ތެރެއިން އޭނާ މެންހެޓަން ބިޒްނަސް ހޮޓަލުގެ ތެރޭގައި ހުއްޓާއެވެ.

އެހަމަލާގައި އޭނާގެ މޫނަށް ވަނީ ޒަހަމްތަކެއް ލިބިފައެވެ.

އެނގިފައިވާ ގޮތުގައު މިމައްސަލައާއި ގުޅިގެން މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. ނަމަވެސް މިމައްސަލަ އާއި ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެފައެވެ.

އިންތިހާބު އޮތް ދުވަހު މަވޯޓާއަށް ހަމަލާދީފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނިހާދަށް ވެސް ބަޔަކު ވަނީ ހަމަލާ ދީފައެވެ.

ގްރޫޕަކުން މަޖިލީސް ދެ މެންބަރަކަށް ހަމަލާދިން ކަަމަށް ބުނާ މައްސަލައެއް ފެންމަތިވިއިރު، ޖިިނާއީ ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކުގެ ހަރަކާތްތައް މާލެ ތެރޭގައި މިއަދު އިތުރުވެފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރަދޫމީހާ

    ތި ކިޔާ މަވޯޓާ ޔަށް ވޯޓް ދީ ހޮވާބަޔަކަށް ވެސް ސާބަސް އުމުރު ހުސްކުރަނީ އެގޮޑީ ގަ އެހެން ހުރެގެން މަރަދޫ މީހުން މަރުވެފަތަ އެތިބެނީ

    5
    1