އިދިކޮޅު ފަރާތްތަކުން މިހާރު މަސައްކަތް ކުރަނީ އަމިއްލަ ޖީބު ބޮޑުކޮށް ގައުމު ބަނގުރޫޓުކޮށްލައިގެން ވިޔަސް ވެރިކަން ވައްޓާލަން ކަމަށް ވެރިކަން ކުރާ ޕީއެންސީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އިއްޔެ ވިދާޅުވެއްޖެއެވެ.

ނިހާދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ ބަނގުރޫޓުވެއްޖެ އޭ ކިޔައި ދޮގު ވާހަކަ ފަތުރައިގެން އިދިކޮޅުން މަސައްކަތް ކުރަނީ ރާއްޖެ ބަނގުރޫޓުކޮށްލައިގެން ވިޔަސް ވެރިކަން ވައްޓާލެވޭތޯ ކަމަށެވެ.

"އެ މަސައްކަތުން ސާފު ވަނީ ގައުމާއި ރައްޔިތުންގެ މައްޗަށް އެއްވެސް ކުލުނެއް، ލޯތްބެއް ނެތް ކަން. އުޅެނީ އަމިއްލަ ޖީބު ބޮޑު ކުރަން. ވެރިކަމުގެ ލައްޒަތާއި ޖާހަށްޓަކައި. ދެރަ،" މީގެކުރިން އެމްޑީޕީގައި މަސައްކަތް ކުރެއްވި އެކަމަކު ފަހުން ޕީއެންސީއާ ގުޅިވަޑައިގެންނެވި ނިހާދު ވިދާޅުވިއެވެ.

އެ ޓުވީޓަކާ ގުޅިގެން މީހަކު ކުރި ކޮމެންޓަކަށް ރައްދު ދެއްވައި ނިހާދު ވިދާޅުވީ ރައްޔިތުންގެ މެޖޯރިޓީން ގެނައި ވެރިކަމެއް ބަޣާވާތަކުން ވައްޓާލަން އުޅުމާ ދެކޮޅު ހަދަން ވާނެ ކަމަށެވެ.

ރާއްޖެ އަށް މާލީ ބޮޑު މައްސަލައެއް ކުރިމަތިވެ އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިވާން ނިންމާފައިވާ ކަމަަށް ބުނެ މީސް މީޑިއާގައި ވަނީ އަޑުތައް ފެތުރިފައެވެ. އެ ވާހަކަތައް ދޮގު ކުރައްވައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލަން ފިލާތިބެ ބަޔަކު މަސައްކަތް ކުރަނީ އިންތިޒާރުކުރި ގޯސް ހާލަތަށް ރާއްޖެ ވައްޓާ ނުލެވުމުން ސިޔާސީ ގޮތުން މާޔޫސްވެގެން ކަމަށެވެ.

‏ސައީދު ވިދާޅުވީ ރާއްޖެ ވަކި ޕްރޮގްރާމެއްގައި ބައިވެރިވާން ނުޖެހޭ ކަމަށެވެ.

"އިގްތިސޯދީ ހާލަތު އަންނަނީ ކުރީން ލަފާކުރި ވަރަށްވުރެންވެސް ބާރަށް ރަނގަޅުވަމުން،" ވަޒީރު ވިދާޅުވިއެވެ.

އިންޓަނޭޝަނަލް މަނެޓަރީ ފަންޑް (އައިއެމްއެފް) އިން ދާދި ފަހުން ވަނީ ރައީސް. ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ރިފޯމް އެޖެންޑާއަށް ތައުރީފްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސިލޫ

    އެމުޑީޕީން ގޮތް ހުސްވީ ދެން މެމުބަރުން ނޮހޮވޭނެކަން އިނގޭތީ

    10
    1
  2. ކަނޑުފޭރޭޗޯރް

    ޢިއްޒައްތެރި ޖާބިރު ބުނިވަގުންތައް ތަހުގީގުކޮށް ހިފާގޮޅިއައްލާބަލަ އޭރުންތިބޭނެ ގޮޅީގަ 5 އަހަރު ކުރިހިޔާނާތަައް ދޫކޮއްލުމުންތެޅިބާލަނީ ފުރަތަމަވެސް ނިމިދިޔަސަރުކާރުގެ ވެރިއާގެންދަންވީރަހުގީގައް ގައުމުމިހާލަތައްވައްޓާލި ދިވެހިން3 ނޮވެންބަރް މަތިންހަނދާންނެތުނީމަ ތިބައިގަނޑައްވެރިކަމައް އާދެވުނީ އަބަދުބޭރުގައުމުތަކާގުޅިގެންޖަރީމާހިންގާ ބައެއްތީ ޕާޓީތަޖުގެނިވަލުގަތިބެ އެމްޑީޕީ

    6
    1
  3. ހިކި ކިރު

    ދެލޯފުޅާ! އިނބަމެން ނަކީ މިހާރު ނީލަމުގައި ގަނެ ވިއްކާ މުދަލަށް ވަނީ ވެފައި. އިނބަމެން ދައްކާ ވާހަކަ ތަކަށް އިޖާބަ ދޭނެ ރައްޔިތުންނެއް ނެތް. މި ގޯތި ކުދިން ކިޔާ އިނބަ ޕާރޓީ ބަދަލު ކުރީ 5 މިލިއަން ރުފިޔާ އަށޯ!

    4
    2
  4. Anonymous

    އިދިކޮޅުން އުޅޭނީ ނީލަން ފިހާރައިގެ ގޮޅިތަކުގައި ސޭލް އަޅުވައިގެން އެކަމަކު އެގޮޅި ގަންނާނެ ސިޔާސީ ޕާޓީއެއް ނޫޅޭ !

    7
    1
  5. ހަސަނު

    ހަމަ ހަޣީގަތުގައިވެސް ނިހާދު ތިޔަވިދާޅުވީ ވަރަށްރަނގަޅަށް. ހަމަ ހިލާ މިފަހަރަކު އެމްޑީޕީ މީހުނަށް ތޔަފުރުސަތެއްނުދެވޭނެ.

  6. ށަހާ

    ނިހާދުއަށް ވަރަށް ސަލާން..
    ދެނެއް ނިހާދުވެސް ނުހޮވޭނެ..

    2
    1
  7. ޝިވާޒް

    ކޮންމެ މީހަކުވެސް ބޭނުންވަނީ މުޅި ޤައުމު ފިތުނަކޮަށްގެންވެސް ވެރިކަމާ ތޮޅެން. ހިތާމަ ހުރިކަމެއް. އާޚިރުގައި ހުރިހާ ގެއްލުމެއް ލިބެނީ ރައްޔިތުންނަށް.

  8. ސާމް

    ބަލަގަ ރާއްޖޭގެ ސަރުކާރުގެ ދަރަނި އަކީ އެއްވެސް ބަޔަކަށް އޮޅިފަ އޮތް ކަމެއްނޫން. އެއް ބިލިޔަން ޑޮލަރު އެއްފަހަރާ ދައްކަންޖެހޭ 2026ގަ. މިހާރު މިއީ 2024. މިއަދުގެ ސަރުކާރުގެ ޚަރަދުތަކާއި އެތެރޭގެ ދަރަންޏާއި ޑޮލަރުގެ ތާށިކަމާއި ޓީބިލު ވިއްކާ އަދަދަށް ބަލާއިރު 2026 ގަ ދައްކަންޖެހޭ ފައިސާއެއްކުރެވޭނެ ހަމަ އެއްގޮތެއްވެސް ނެތް. އަދިވެސް އެކަމަކު ސަރުކާރު އެ މަޝްރޫއަކުން އާމްދަނީ ނުއުފެދޭނެ މަޝްރޫތަށް ހިންގަމުންދާނަަމަ ކުރިޔަށް އޮތް 2 އަހަރުވެސް މިއަދުގެ ހާލަތު ދާނީ ދަށަށްކަން ވިސްނާލީމަ އެނގިގެންދޭ. ރާއްޖޭގެ އެންމެ ބޮޑުބޭންކުން އުޅެނީ ދޫކޮއްފައި ހުންނަ ކުރެޑިޓްކާޑު އޭގެ ފުރިހަމަ ލިމިޓަށް ބޭރުން ޓުރާންސެކްޝަން ހަދަން ދޫކުރާވަރަށް ޑޮލަރު ނެތިގެން.