ޣައްޒާއާއި އިސްރާއީލް ދެމުދެގައި މިހާރު ކުރަމުން އަންނަ ހަމަލާ ބަދަލު ކުރުންތަކުގައި އިސްރާއީލް އިން ޒަހަމްވި މީހުންގެ އަދަދު 100 އަށް އަރައިފިއެވެ.

ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޣައްޒާއާއި އިސްރާއީލް ދެމެދު ހަމަލާތައް ބަދަލު ކުރަން ފެށިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި ހަމަލާ ބަދަލު ކުރުންތަކުގައި އިސްރާއީލުގެ ބައެއް ސިފައިން ވެސް ވަނީ ރަހީނު ކޮށްފައެވެ. އަދި ޣައްޒާއިން ވަނީ އިސްރާއީލަށް 20 ވަރަކަށް މިނެޓް ތެރޭގައި 5000 ރޮކެޓް ހަމަލާ ވެސް ދީފައެވެ.

މިހަމަލާ ދީފައިވަނީ އެގައުމުގެ މެދުގެ އިތުރުން އުތުރުގެ ބައެއް ހިސާބުތަކަށެވެ. ޣައްޒާއިން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދިން ނަމަވެސް މި ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ.

ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާތަކުގައި މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފައެވެ. އަދި 100 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މިހަލާއާއި ގުޅިގެން އިސްރާއީލުގެ ޑިފެންސްއިން ބުނެފައިވަނީ އެކަމުގެ ބަދަލު ހިފުމުގެ ކަންކަން ރާވަމުން އަންނަ ކަމަށެވެ. މި ހަމަލާތުގެ ޒިންމާ ހަމާސް ގްރޫޕުން ވަނީ ނަގާފައެވެ. އިސްރާއީލުން ބުނެފައިވާ ގޮތުގައި އެ ގައުމަށް ހަމަލާ ދިނުމަކީ ހަމާސް ގްރޫޕަށް އެޅުނު ޅަ ފިޔަވަޅެއް ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ށިފާޒު

    الحمدلله

  2. ލޯބިވާ ވަޠަން

    ﷲ އަކްބަރު.

  3. ދޮންއަބުދުއްރަހްމާން

    އިސްރާއިލު ދުނިޔެއިން ފުހެލަން ދުނިޔޭގެ ހުރިހާ ގައުމަކުން ފަލަސްތޫނަށް އެހީތެރިވަން ޖެހޭ..

  4. ބީސީއެން

    އަޅުގަންޑުމެން ދަންނަ ނަމަކީ އިޒްރޭލް. އެދެނީ މުސްލިމުންނައް ފަތަހަ. ތިކަމުގައިވެސް ޔަހޫދީ ބޮދެތި ގައުމުތައް ބައިވެރިވެ މުސްލިމު ގައުމު ނިމިދާއިރުވެސް މުސްލިމު ބާރުތަކުން ބުނާނީ ހަބީބީއޭ