ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމުގައި ދެމިއޮންނާނެ ކަމަށް އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.

މުނޫ މަހާވަރު އެގޮތަށް ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިންޑިއާ ސަފީރު ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރަށް މަރުހަބާ ދަންނަވައިފައެވެ. އިންޑިއާ ސަފީރު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ އެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އިންޑިއާ އިން ދެމި އޮންނާނެ ކަމަށެވެ.

މި މަހުގެ 17 ވަނަ ދުވަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ވުމުގެ ރަސްމިއްޔާތަށް ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށާއި އެހެން ގައުމު ތަކުގެ ވެރިންނަށް ދައުވަތު ދެއްވާފައެވެ.

އެކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ މީޑިއާތަކަށް ވިދާޅުވެފައި ވަނީ ބޮޑުވަޒީރަށް ދައުވަތު ލިބިވަޑައިގަތް ނަމަވެސް، ހުވާގެ ރަސްމިއްޔާތެއް ވަޑައިގަންނަވާނެ ބޭފުޅަކު އަދި ނުނިންމަވާ ކަމަށެވެ. އެކަމަކު ވަޑައިގަންނަވާނެ ބޭފުޅަކު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ސެޕްޓެމްބަރު މަހުގެ 30 ގައި ބޭއްވި އިންތިހާބު މުއިއްޒު ކާމިޔާބުކުރެއްވުމާ ގުޅިގެން މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒަށް މަރުހަބާ ވިދާޅުވިއެވެ. އަދި އާ ސަރުކާރާ އެކީ ވެސް ދެ ގައުމުގެ ގުޅުން ބަދަހިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު، މުއިއްޒު އެންމެ ފުރަތަމަ ކުރައްވަން ހަމަޖެހިފައިވާ އެއް ކަމަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑޖދިެނ

    ނަމަވެސް އިންޑިއާ ސިފައިން ބޭރުކުރަން ޖެހޭނެ

  2. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    އިންޑިއާ ސަފީރު މުނޫ މަހާވަރު އަކީ ވަޤުތުން ފޮނުވާލަން ޖެހޭ މީހެއް. އެއީ މީނާ ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީ އެއްގެ ޖަލްސާ އެއްގަ ބައިވެރިވެފައި ވާތީ. އެމްބެސެޑަރުން-ނަށް ސިޔާސީ ކަންކަމެއް ނުކުރެވޭނެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނު-ގައިވާ ގޮތް!

  3. ޖަވާހިރު

    ދިވެހި ރައްޔިތުން ތިޔަބުނާ ގުޅުން ބޭނުމެއްނޫން

  4. އަބްދޫ

    އެހެން ގައުމުތަކުގެ ސިފައިން ރާއްޖެއަކުނެތް. އެކަމަކު ގުޅުން ރަނގަޅު. އިންޑިޔާސިފައިންވެސް ރާއްޖޭގަ ތިބެންނުޖެހޭނެ. ގުޅުން އޮންނާނެ. ރާއްޖެއަށް އިންޑިޔާ ސިފައިންއެގުވީ ގ.ކެނެރިގެ މުހަންމަދު ނަސީދު ކިޔާ ހާއިންކު. ފުރަތަމަ 2 ހެލިކޮޕްޓަރާއެކު 40 ސިފައިން .

  5. އަބްދޫ

    ގުޅުން އިތުރަށް ވަރުގަދަ ނުކުރިޔަސް ހެޔޮ . އެހެން ގައުމުތައްވެސް ތބި ހިސާބުގަ ތިބީމަ ނިމުނީ . މިލިޓްރީ ހުރިހާފަރާތްތައް މިގައުމުން ބޭރު ކުރަންޖެހޭނެ.