މިއީ އަމާންކަމާއި އޮމާންކަމާއެކު ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރު ނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ރައްދު ދެއްވައިފިއެވެ.

ޖުމްހޫރީ ދުވަހާ ގުޅިގެން ރައީސް ސޯލިހު ދެއްވި ހިތާބުގައި ވިދާޅުވެފައިވަނީ ފާއިތުވެގެން ދިޔައީ އޮމާންކަމާއެކު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބެއް ކަމަށެވެ. އަދި މީގެ ކުރީގައި ވޯޓުން ކާމިޔާބު ނުވެއްޖެނަމަ ދަނީ ކޯޓަށް ކަމަށާއި، މިފަހަރު އެކަހަލަ އެއްވެސް ކަމެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

"ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވިފަހުން، އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު. މީގެ ކުރިން މިކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ ކޯޓުން، ނުވަތަ މަގުމަތިން،" ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުތަކާއި، ވެރިކަން ބަދަލުވެގެންދިއުން މިގޮތުގައި ހިނގަމުން ދާތަން ދިވެހި ރައްޔިތުން ދެކޭ ހިތްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ގައުމުގައި އެކަން އަށަގެންނެވުމަކީ، ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަތަކަށް ރައްދު ދެއްވަމުން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ އަމާންކަމާއި އޮމާންކަމާއެކު ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރު ނޫން ކަމަށެވެ. އަދި 1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާ އެކުގައި ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫން ވަނީ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރައްވާފައެވެ. ގިނަ ޕާޓީތައް އެކުލެވޭހެން ބޭއްވި ފުރަތަމަ އިންތިހާބަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެވެ. އެ ފަހަރު ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަން ނިމި އާ ސަރުކާރަށް ބަދަލުވުމުގެ މަރުހަލާ އަށް މައުމޫން ވަރަށް ފަހި ފުރުސަތު ތަނަވަސް ކޮށްދެއްވާ ޑިމޮކްރެސީގެ ރީތި މިސާލެއް ދެއްކެވިއެވެ. އެގޮތުން އިންތިހާބުގެ ނަތީޖާ ލިބުމާއެކު ރައީސް ނަޝީދަށް ގުޅުއްވައި މަރުހަބާ ދެންނެވުމަށްފަހު އެމަނިކުފާނަށް ރައީސް އޮފީހަށް ދައުވަތުދެއްވާ ދެ ރައީސުން ވަނީ ބައްދަލު ކުރައްވައިފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާންކުރުމާއެކު ރައީސް ސޯލިހް ވެސް ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޥާލުސޮރު

    މީ އެންމެ އުނދަގުލާ ޖެއްސުންކުރުމާ ގޮތްދޫނުކުރުމާ އެކު ވެރިކަން ބަދަލުވާ ފަހަރު

    45
    7
    • ޒައިކް33

      ވޯޓު ސައްޙަ ނުވެގެން ދެދޮރު ދޭތެރޭގަ މުޒާހަރާކޮށް ނަތީޖާ ބާތިލްކުރަން ސުޕުރީމު ކޯޓަށް ދިޔައީމަތޯ؟؟ އީސީ ފުވާދޫ ދޫ ދޫ ގޮވާ ގޮވާ އިލެކުސަނުގެ މެންބަރުން ބިރުވެރިކަަމަށް ވައްޓާލީތޯ؟؟ މަޖިލީހުގެ މުގާބޭ ޖަހާ ސަކަރާތަށް ދޭ ރައްދަކީ އަދި ވަކި ކަމެއް..

      6
      1
  2. އަބްދޫ

    މައުމޫނު 2008 ގަ ހެއްދެވީ ވަރަށް ބޮޑު ގޯހެއް ގައުމަށް ވަރަށް ބޮޑު ހިޔާނާތެއް ވެލެއްވީ ގާނޫނުއަސާސީގަ ބުނަނީ ދެދައުރު ވެރިކަނަކޮށްފި މީހަކަށް 3 ވަނަ ދައުރަކަށް ކުރިމަތި ނުލެވޭނެ އެކަމަކު މަނިކުފާނު ކުރިމަތިލައިގެން ގައުމަށް ވެލެއްވީ ބޮޑުހިޔާނާތެއް.ދެން މަނިކުފާނު ހެއްދެވި އަނެއްގޯހަކީ ވެލާނާގެއިން މީހަކު ނީލަމުނަނގާފަ ހުރި ބައެއްގެތެރެގަ ހުރި އާސާރީ 3 ތަޅާއި 2 ތަޅުދަނޑި ގެއްލިގެން ފުލުހަށް އެމީހާ ހުށަހެޅުމުން ތަހުގީގުފަށައިގެން ބެއިލިއިރު އެތަކަެތި ނެގީ ގ.ކެނެރީގެ މިހަންމަދުނަސީދު ކަންއެގިގެން ފުލުހުން އެގެފާސްކޮށް އެތަކެތި ހޯދާ ނަސީދު ސަރީއަތަށް ފޮނުވާ ވައްކނަސާބިތުވެ ހުކުމް ތަންފިޒުކޮށްފަވަނިކޮށް ގާނޫނުއަސާސީ ގެ 109 ވނަ މާއްދާއާއި ހިލާފަށް ސަރުތު ފުރިހަމަނުވާ ވަގުނަސީދު ވެރިކަމަށް ނެރެ ގައުމު ވަގަކާއި ހަވާލުކުރުމުގެ ސަބަބުން ގައުމު ފަނާވެ ދަރަނީގެ ހާއްޔަކަށްވެ އަތޮޅުތަކާއި ރަށްރަށުގަ ހުރި ރައްޔިތުންގެ ފައިސާ ވެސް މ ނަގާ ބޭނުންކޮށް ގައު ބަގުރޫޓް ކޮށް ލީ މިހުރިހާ ޒިންމ އުފުލަންޖެހޭނީ ވެސް ތިބޭފުޅާ.

    22
    23
  3. ސަރުދާރު

    މިއަދުމިތާނގައި ކޮންމެ އެއްޗެއް ލިޔެވިދާނެ، ގާނޫނު އަސާސީގައި އޭރު ނޯންނާނެ ތިޔަހެން، އަނެއް ކަމަކީ، ނަޝީދު ވެލާނާގެ ތެރޭގައި އުކާލަން އެއްކޮށްލާފައި ހުރި ކުނިތަކަކުން، ނެގީކަމަށް ވަނީ ކަރުދާސްތަކެއް، މިކަން އޭރު ޑިފެންސުން، އުމަރުޒާހިރަށް ލިޔުނު ސިޓީގެ ޖަވާބުގައި އުމަރު ޒާހިރު ލިޔެފައި ސިޓީން އެނގޭނެ.

  4. ތަކުރު

    އަދިވެސް މީނާ ބަލަނީ ފައިބަމުންވެސް ދޮގެއް ހެދޭތޯ. ހަމަ އަސްލުވެސް އިބޫއަކީ ތަންދޮރުދަންނަ މީހެއް ނޫންކަން އެބަ އިނގޭ. 2008 ގެފަހުން ވެރިން ސަރުކާރުތަކާ،ހަވާލުވީގޮތް، ރޯމާދުވާލު އެންމެންނަށް އެނގޭ ލޯކިރިމަތީ ހިގާ ދިޔަ ކަންތައްތަކެއްމީ. މަހިތައްއަރާ މިކަކަލަ ވާކަހަތައް ލިޔެފަ ދޭއިރު.އޭގަލިޔެފަ އޮތީ ކޮންކަހަލަ ވާހަކައެއްތޯވެސް ކިޔާލާ ނަހަދަނީ ބާއޭ . ހަމަލިޔެލާފަ ދިނީމަ ކޮންމެ އެއްޗެއް މީނާ ކިޔާފާނެ. ލިޔުނު މީހާވެސް މިކަހަކަ ލަނޑު ދޭކަށް ނުވާނެދޯ. !!!!

    7
    2
  5. ޢަބްދޫ

    މީހަކު ނީލަމުން ނަގާފަޢޮތް ޢާސާރީ 3 ތަޅާ ދެތަޅުދަނޑި ވަގަށް ނަގައިގެން ނަސީދު އަރުވާލީ ގާނޫނު އަސާސީގާ މިހާރުވެސް އެބައޮތް ވަގަކު ވެރިކަމަށް ނޭރުވޭނޭކަމަށް.މިހާރުވެސް ވައްކަމުގެ ހުކުމް ދެމި އެބައޮތް.

    5
    1
  6. ެައަބްދޫ

    ގާނޫނުއަސާސީގެ 109 ން ސަރުތު ހަމަނުވާމީހަކަށް ނަސީދު ވާތީ 64 ވަނަ މާއްދާ ބުނާގޮތުން ނަސީދަކީ ރައީސްކަން ކުރި މީހެއްނޫން.