މަހަށް ނުކުމެ އުޅުނު ގއ. ގެމަނަފުށީ ދޯންޏެއް ބިންދައިގެން ގޮސްފިއެވެ.

ގެމަނަފުށި ކައުންސިލް މެމްބަރު ފާތިމަތު މަދީހާ "ވަގުތަށް" ވިދާޅުވީ "އޯކިޑް 707" ނަމަކަށް ކިޔާ އެ ރަށު ދޯންޏެއް މަހަށް ނުކުމެ އުޅެނިކޮށް ބިންދައިގެން ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވައެވެ.

އެމްއެންޑީއެފުން ވިދާޅުވީ އައްޑޫ ސިޓީގެ ހުޅަނގު އުތުރުން 25 ނޯޓިކަލް މޭލު ބޭރުން، "އޯކިޑް 707" މަސްދޯނި ބިންދައިގެން ދިއުމާ ގުޅިގެން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ފަށާފައިވާ ކަމަށެވެ.

މި ހާދިސާގައި ދޯނީގެ ކުރީކޮޅާއި ފަހަތުކޮޅު އެއްކޮށް ވަކިވެފައިވާ ކަމަށާއި ނަމަވެސް ދޯނީގައި ތިބި 10 ދިވެހިންނާއި 13 ބިދޭސީންގެ ހާލު ރަނގަޅުކަމަށް ވަނީ އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. އަދި އެ ސަރަހައްދުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު "ވަގުތު"އަށް ކިޔައިދިން ގޮތުގައި ދޯނި ބިންދައިގެން ދިޔައީ ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުންނެވެ. ދޯނީގެ ބޮޑު ބައެއް މިހާރު ބިންދައިގެން ގޮސްފައިވާ ކަމަށާއި ސެޓުލައިޓު ފޯނުގެ އެހީގައި ކަމާބެހޭ ފަރާތްތަކާ މުއާމަލާތުކުރެވެމުންދާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަސްލުވެސް

    13 ބިދޭސިން ދިވެހިރާއްޖޭގައި މަހައްދިއުމަށް ތިޔައުޅެނީ، ތީ ގާނޫނީގޮތުން ވެސް މަނާކަމެއް!

    7
    1
  2. ކޮރަލް

    ދޯނީގައި ތިބި 10 ދިވެހިންނާއި 13 ބިދޭސީންގެ ހާލު ރަނގަޅުކަމަށް ވަނީ އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. ދިވެހީންނަށް ވުރެ ބިދޭސީން ގިނަ އެވެ. ވަޒީފާ ނުލިބޭ މައްސަލަ އަކީ މިއީ އެވެ.

    6
    1
  3. ބަބޫ

    ކޮންހާ ބިދޭސީން ތަކެއްތަ މަހަށް ތިގެންދަނީ. 10 ދިވެހިން 13 ބޭރުމީހުން. ގެމަނަފުށީމީހުން ދިވެހިންގެ މަސްކަނޑުވެސް ބޮންދުންނާ ހަވާލުކޮށްފި. ގާނޫނީ ކުށެއް. ފިޔަވަޅުއަޅަންޖެހޭ.

    • ެމުހަަަަަައިމިން
  4. ހިމް

    މަސްދޯނީގައި 10 ދިވެހިންނާ 13 ބިދޭސީން. ގައުމުގެ ހާލަތު!

  5. ކަލުބެ

    13 ބިދޭސީން 10 ދިވެހިން ރަނގަލުތޯ

  6. އެސޮރު

    ދެން ބަންނަ ދޯންޔެއް ފަހަތައް އަދި 10 ވަރަކައް ފޫޓު ދަމާލާފަ 6 އިންޖީނު އެޅީމަ ރަނގަޅުވާނެ ، މީކީ މަލާމާތެއް ނޫން ، ފައިބަރު ދޯނި ފަހަރު ބަންނަ މީހުންގެ ފަރުވާ ކުދަކަމުން .............. ނަމަވެސް ބުނެލަން ބޭނުން އޮޔާ ވަޔައް ވުރެ ގަދަފަ އެއްޗެއް ނުވޭ.

    14
    1
  7. މިމީހާ

    10 ދިވެހީން 13 ބިދޭސީން، މި އަދަދު ފެނިމަ މަ ސިއްސައިގެނެއް ނުދިޔަ، އިބްރާހިމް ވަނީ ދިވެހި މަސްވެރިންނަށް ރަށުގައި ތިބެ ވަޒީފާ ލިބޭގޮތައް ފެނަކަ ތަރައްގީ ކޮއްފައި އެހެންވީމާ ދެން މަސްއޮޑިފަހަރުގަވެސް ގިނަވާނީ ބިދޭސީން އިގޭތޯ.

  8. ެމުހަަަަަައިމިން
  9. މުހައްމަދު

    އަދިވެސްވަޒީފާދީފައި ފެނަކައަށް މީހުންކޮޅު އޭރުން ދޯނިފަހަރުގައި ގިނަބިދޭސީން ގެންގުޅެން މަޖުބޫރުވާނީ.

  10. އނއސ

    13 ބޭރު މީހުން ލައިގެން މަސްވެރިކަން ކުރުމަކީ ގާނޫނުގައި މާނާ ކަމެއް.